ރާއްޖޭގައި އޭވިއޭޝަން ނެޓްވޯކިން އިވެންޓެއް ބާއްވަން ނިންމައިފިއެވެ.
މިއީ ހައިރައިޒް އާއި ޕައިލެޓުން ތަމްރީން ކުރާ އެކަޑަމީއެއް ކަމަށްވާ، ފިލިޕީންސްގެ ރޯޔަލް އޭވިއޭޝަން އެކަޑަމީ ގުޅިގެން ބާއްވާ އިވެންޓެކެވެ.
ހައިރައިޒުން ބުނީ މި އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޭޕްރީލް މަހުގެ 29 ވާ ހޮނިހިރު ދުވަހު ހަވީރު 4 ޖަހާއިރު ކަމަށެވެ. އަދި އިވެންޓު އޮންނާނި ގައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ކަމަށެވެ.
މި އިވެންޓުގައި ރޯޔަލް އޭވިއޭޝަން އެކަޑަމީގެ ހެޑް އޮފް ޓްރެއިނިންގް ކެޕްޓަން މަދޫ ޕުލިޔަން ކަލަތް، ކުއަލިޓި ކޮންޓްރޯލް އެންޑް އެޝުއަރެންސްގެ ހެޑް ކެތީ ކަބަލަޓުންގަން އަދި ހެޑްއޮފް މާކެޓިންގް އެން ސޭލްސް ކެޕްޓަން ޖޮޔަންސް އަންބުމާނީ ވާހަކަ ދައްކަވާނެ ކަމަށް ވެސް ހައިރައިޒުން ބުނެއެވެ.
ރޯޔަލް އޭވިއޭޝަން އެކަޑަމީގައި 80 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން ކިޔަވަމުންދާއިރު، 2023 ވަނަ އަހަރުގެ ދިރާސީ އަހަރަށް އެކި އިންޓޭކްތަކަށް 50 އަށް ވުރެ ގިނަ ދަރިވަރުން މިހާރު ވަނީ އެޑްމިޝަން ހޯދާ އެންރޯލުވެފައެވެ.
ރޯޔަލް އޭވިއޭޝަން އެކަޑަމީއަކީ ޕީޕީއެލް، ސީޕީއެލް، މަލްޓި އިންޖީން، އޭޓީޕީއެލް ތިއަރީ އަދި ގްރަރުންޑް (ޕްރޯޒަން އޭޓީޕީއެލް)، ފްލައިޓް އެންޑް ގްރައުންޑް އިންސްޓްރަކްޓަރ ކޯހުން ފެށިގެން ދަރިވަރުންނަށް ލައިސަންސް ހޯދުމުގެ ފުރުސަތު ފަހިކޮށްދޭ އެކަޑެމިއެކެވެ.
ފިލިޕީންސްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދަ ދީފައިވާ، ޕައިލެޓުން ތަމްރީނު ހޯދުމަށް އެންމެ މަޤްބޫލުކަން ހޯދަމުން އަންނަ ޓްރެއިނިންގް އެކަޑަމީގައި ދަރިވަރުން ތަމްރީނުތަކަށް ބޭނުން ކުރުމަށް ވިއްސަށް ވުރެ ގިނަ އެއާކްރާފްޓް ޕްލީޓެއް އޮވެއެވެ.
ރޯޔަލް އޭވިއޭޝަން އެކަޑަމީން ވަނީ ރާއްޖެ، އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، ފިޖީ، ޖަޕާން، ވިއެޓްނާމް، އޮސްޓްރޭލިއާ، ފްރާންސް، ސައުދީ އަރަބިއްޔާ، ޔޫއޭއީ، އޮމާން، ޕަޕުއާ ނިއުގިނީ، މެލޭޝިއާ ،އީރާން، ދެކުނު ކޮރެއާ، ފިލިޕީންސް އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކުން 500 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައެވެ.
މިއިވެންޓުގައި ބައިވެރިވެވަޑައިގަތުމަށް ޝައުގުވެރިވާ ކޮންމެ ބޭފުޅަކަށްވެސް އެފުރުސަތު ހުޅުވާލާފައިވާއިރު އޮންލައިންކޮށް ރެޖިސްޓަރ ވާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށް ހައިރައިޒް އިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!