މާލެ އަތޮޅު ހުރާގައި ފޯރިޔާއެކު ކުޅެވެމުން އަންނަ އެމް.އޭ.ކަޕް ވޮލީ މުބާރާތުގައި ރޭ ބައްދަލުކުރީ ޓީމް ތަންޑަރ ބޯލްޓާއި އާއި ޓީމް މަންފާ އެވެ.
ފުރަތަމަ ސެޓް ވަރަށް ފަސޭހަ ކަމާއެކު 15/25 އިން ޓީމް ތަންޑަރ ބޯލްޓް ގެން ގޮސްފައި ވަނިކޮށް ފަހަތުން އަރާ ތިން ސެޓް އެއް ސެޓުން ރޭގެ މެޗު ކާމިޔާބު ކުރީ ޓީމް މަންފާއެވެ.
ސެޓުތައް ގެންގޮސްފައިވަނީ 17/25 ،20/25 ،21/25 ،25/15 އިންނެވެ.
މެޗު ފަށައިގެން ޓީމް ތަންޑަރ ބޯލްޓުން ފުރަތަމަ ސެޓް ގެންގޮސްފައިވަނިކޮށް ފޯރިގަދަ ވާދަވެރި މި މެޗުގެ ދެވަނަ ސެޓުގައި ތަޖުރުބާކާރު ކުޅުންތެރިޔާ އަޙުމަދު ފާޒިލް އަނިޔާގެ ސަބަބުން ރޭގެ މެޗާ ވަކިވާން ޖެހުނެވެ. ދަނޑިވަޅުގެ ބޭނުން ހިފާ ޓީމް މަންފާއިން ފަހު ތިން ސެޓް ކާމިޔާބުކޮށް ސެމީ ފައިނަލަށް ދަތުރުކުރިއެވެ.
ދެން މަންފާ ބައްދަލު ކުރަންޖެހޭނީ މިރޭ ތުރީ ޑީ އަދި ބުލެކް އީގަލްގެ މެޗުން ބަލިވާ ބަޔަކާއެވެ.

ރޭގެމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްރީލަންކާގެ ތަޖުރިބާކާރު ކުޅުންތެރިޔާ ޓީމް މަންފާގެ ޖާރޒީ ނަންބަރ 4 މަހޭޝް އެވެ.
މިރޭވެސް މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ މެޗެއް އޮންނާނެއެވެ. ބައްދަލު ކުރާނީ ލަންކާގެ ގައުމީ ޓީމްގެ ތަޖުރިބާކާރު ކޯޗް ޗަންނަ ޖައެސޭކަރ އަދި ގައުމީޓީމުގެ ވަރުގަދަ ދެކުޅުންތެރިން ކަމުގައިވާ އިސުރު، ދީޕްތީ ކުޅެމުން އަންނަ ތުލުސްދޫގެ ޓީމް ބުލެކް އީގަލަސް އާއި ރާއްޖޭގެ ގައުމީ ޓީމުގެ ތިން ކުޅުންތެރިން ހަސަން ނިލާމް (ޕާޓޭ) ހުސެން ވިޝާމް (ބުޅިކެ) އަދި ހުސެން ޔޫސުފް (ޓޯއީ) ހިމެނޭ ހުރާގެ ޓީމް ތުރީ ޑީ އެވެ.
މިމެޗުން މޮޅުވާ ބަޔަކު ސީދާ ފައިނަލަށް ދާނެއެވެ. މިމެޗް ފެށޭނީ މިރޭގެ 21:30 ގައެވެ.
މިމެޗު އެމް.އޭ.ކަޕް ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!