ކޭއާރުއެޗުގެ އައު އައިސީޔޫ ޒަމާނީ ވަސީލަތްތަކާއެކު ހުޅުވައިފި
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ އައު އައިސީޔޫ ޒަމާނީ ވަސީލަތްތަކާއެކު ހުޅުވައިފިއެވެ. މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އައިސީޔޫގެ ޚިދުމަތް ފައްޓަވައިދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު ޢަލީ ޝިއާމްއެވެ. މި ރަސްމިއްޔާތުގައި އެ ހޮސްޕިޓަލުގެ އައިސީސީޔޫ ޕްރޮޓޮކޯލް ވެސް ވަނީ އިފްތިތާހު ކުރައްވާފައެވެ. މިކަމާއި ގުޅިގެން ކޭއާރްއެޗްގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު މޫސާ ‘ތިލަދުން’ އަށް ވިދާޅުވީ އަލަށް ތަރައްގީުކުރި އައިސީޔޫ ހުންނާނީ އެ ހޮސްޕިޓަލުގައި މިފަހުން ގާއިމުކުރި ތި...