ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަދު ކުރާނީ މައްޗަންގޮޅީގައި: ސްޓެލްކޯ

ސްޓެލްކޯގެ މުވައްޒަފުންތަކެއް މަސައްކަތުގައި، ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯގެ މުވައްޒަފުންތަކެއް މަސައްކަތުގައި، ފޮޓޯ: ސްޓެލްކޯ

މާލޭގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަދު ވެސް ކުރާނެ ކަމަށާއި އެހެންވެ، މާލޭގެ ބައެއް ސަރަހައްދުން ކަރަންޓު ކެނޑުން އެކަަށީގެންވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަދު ކުރާނީ މައްޗަންގޮޅީގެގ ބައެއް ސަރަހައްދުގައި ކަމަށެވެ.

އެގޮތުން މައްޗަންގޯޅީގެ، ނިކަގަސް މަގާއި، ގުމްރީ ގޯޅިން މިއަދު މެންދުރު 2 ން ފެށިގެން ހަވީރު 4 ޖެހުމާއި ހަމައަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމުގައި ސްޓެލްކޯ އިން ބުނެއެވެ.

ކަރަންޓު ކެނޑުމާއި ގުޅިގެން އެ ވަގުތުތަކުގައި ދިމާވެދާނެ ދަތިތަަކަށް އެކުންފުނިން މައާފަށް އެދޭއިރު، މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ ފުރިހަމަ އެއްބާރުލުން ފާހަގަކޮށް ވަނީ ރައްޔިތުންނަށް ޝުކުރު ވެސް އަދާކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި