ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ ގާޟީގެ މަގާމަށް ބޭފުޅުން އަައްޔަން ކުރައްވައިފިއެވެ.
ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ސިވިލް ކޯޓުގެ އިސްޤާޟީ ގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އެކޯޓުގެ ޤާޟީ ގެ މަގާމުގައި ހުންނެވި ޅ. ހިންނަވަރު، މާތިލަ، އަލްއުސްތާޛު އާދަމް މުޙައްމަދު ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އިސްޤާޟީ ގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ގއ. މާމެންދޫ، ފެހިގެ، އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދު ކަމަށް ވެސް ޖޭއެސްސީ އިން ބުނެއެވެ. އަހްމަދު ނިމާލް މިހައިތަނަށް ހުންނެވީ ކްރިމިނަލް ކޯޓުގެ ޤާޟީ ގެ މަގާމުގައެވެ.
މި ދެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އަރުވާފައިވަނީ ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮމިޝަންގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސައިންއެވެ.
ސިވިލް ކޯޓަށް ޤާޟީއަކު އައްޔަންކުރައްވާފައި މިވަނީ ކުރިން އެކޯޓުގެ އިސް ޤާޟީކަމުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ޢަލީ ރިޓަޔަރ ކުރެއްވުމުންނެވެ. އަދި ކްރިމިނަލް ކޯޓަށް ޤާޟީއަކު އައްޔަނުމިކުރެއްވީ އެކޯޓުގެ އިސް ޤާޟީކަމުގެ މަޤާމުގައި ކުރިން ހުންނެވި އަޙްމަދު ޝަކީލް ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމާއި ގުޅިގެން، މަޤާމު ހުސްވުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!