މޯލްޑިވިއަންގެ ދަތުރުތައް އަަންނަ ޖޫން މަހު، އަނެއްކާވެސް ދަރަވަންދޫ އަށް ފަށަން ނިންމާފައިވާ ކަމަށް ބުނެފިއެވެ.
މޯލްޑިވިއަން އިން ބުނީ ޖޫން 15 އިން ފެށިގެން ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށާއި ކޮންމެ ދުވަހަކު ވެސް ދަތުރު ޝެޑިއުލްކުރާނެ ކަމަށެވެ.
މީގެ އިތުރުން އަލުން ދަތުރުތައް ފަށާއިރު، ދަތުރުތައް ކުރާނީ ޚާއްސަ ފެއާއެއްގައި ކަމަށް ވެސް މޯލްޑިވިއަން އިން ބުނެއެވެ.
މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައް މީގެކުރިންވެސް ދަރަވަންދޫއަށް ވަނީ ކޮށްފައެވެ. ނަމަވެސް އެ ދަތުރުތައް ހުއްޓާލީ މަންޓާ އެއަރގެ ދަތުރުތައް 2019 ވަނަ އަހަރު ފެށުމާއި ގުޅިގެންނެވެ.
މޯލްޑިވިއަން އިން ވަނީ އެ އެއަރލައިންގެ ޑޮމެސްޓިކް ދަތުރުތަކަށް ކުރިއަށް ގެންދިއުމަށް އޭޓީއާރް މަރުކާގެ ތިން ބޯޓެއް ވެސް ބޭނުން ކުރަމުންނެވެ. އޭޓީއާރްގެ ބޯޓުތަކާ އެކު ގައުމީ އެއާލައިންގެ ފްލީޓް 14 އަށް އިތުރުވާނެ އެވެ.
ގައުމީ އެއަރލައިން އިން އަންނަނީ ރާއްޖޭގެ 16 މަންޒިލަކަށް ދަތުރު ކުރަމުންނެވެ. މޯލްޑިވިއަން އިން ވަނީ ކުރިއާލައި ޓިކެޓް ނެގުމުން 15-5 ޕަސެންޓާއި ދެމެދުގެ ޑިސްކައުންޓެއް ދޭން ވެސް ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!