Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
153 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

ޗާގޯސް މައްސަލަ: ރައީސް ފޮނުއްވި ސިޓީ ހާމަ ކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
Raajje

ޗާގޯސް މައްސަލަ: ރައީސް ފޮނުއްވި ސިޓީ ހާމަ ކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ޗާގޯސް މައްސަލައިގާ ރައީސް އިބްރާހިމް މުހައްމަދު ސާލިހު، މޮރިޝަސްގެ ސަރުކާރަށް ފޮނުއްވި ސިޓީ ހާމަ ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މެމްބަރު އާދަމް ޝަރީފް މި މައްސަލަ ހުށަހެޅުއްވުން އެ ގަރާރު ބަލައިގަންނަން ފެންނަކަމަށް 18 މެމްބަރުން ވޯޓ...

ފުޅާ ދާއިރާއެއްގައި ހަށި ވިއްކި ބަޔަކު ހައްޔަރުކޮށްފި
Raajje

ފުޅާ ދާއިރާއެއްގައި ހަށި ވިއްކި ބަޔަކު ހައްޔަރުކޮށްފި

މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ފުޅާ ދާއިރާއެއްގައި ހަށި ވިއްކި ބަޔަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރުމަށް އިންސާނުންގެ ވަގު ވިޔަފާރި ކުރަމުންދިޔަ ބަޔަކާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މާލޭގައި މި އޮޕަރޭޝަން ހިންގީ ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓާއި އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން ކަމަށާއި މި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް 13 މީހުން ހ...

ޗާގޯސް މައްސަލާގައި އިޓްލޮސްގެ ނިންމުމަކީ ރާއްޖެއަށް ލިބުނު ކާމިޔާބެއް ނޫން: އެމްއާރުއެމް
Raajje

ޗާގޯސް މައްސަލާގައި އިޓްލޮސްގެ ނިންމުމަކީ ރާއްޖެއަށް ލިބުނު ކާމިޔާބެއް ނޫން: އެމްއާރުއެމް

ރާއްޖެއާއި ޗާގޯސް އާރކިޕެލާގޯގެ އިޤްތިޞާދީ ސަރަޙައްދުން ފުށުއަރާކަމަށްބުނާބައި ޑީލިމިޓް ކުރުމަށް އެދި މޮރިޝަސް އިން ހުށަހެޅި މައްސަލަ ނިމުނު ގޮތަކީ ރާއްޖެއަށް ލިބުނު ކާމިޔާބީއެއް ކަމުގައި ނުދެކޭ ސަރުކާރު ހިންގާ އިއްތިހާދުގެ އެއް ބައިވެރިޔާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ބުނެފިއެވެ. އެ ޕާޓީން މިހެން ބުނީ އެ މައްސަލަ ނިމުނުގޮތާއިމެދު އެމް.އާރް.އެމް ގެ އެގްޒެކެޓިވް ކޮމިޓީގައި ކުރެވުނު މަޝްވަރާއަށްފަހު ނިންމި ނިންމުން ހާމަކުރުމަށް ނެރުނު ބަޔާނުގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ މި...

ތަފާތު ކުރުމެއްނެތި އަދުލު އިންސާފުގެ ހައްގު ލިބިދޭންވާނެ: ނައިބު ރައީސް
Raajje

ތަފާތު ކުރުމެއްނެތި އަދުލު އިންސާފުގެ ހައްގު ލިބިދޭންވާނެ: ނައިބު ރައީސް

އިންސާނަކަށް އެންމެ ބޭނުންވާ އެއްކަމަކީ ޢަދުލު އިންސާފު ކަމަށާއި އެއީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއްކަމުގައި ވުމުން އެއީ މީހެއްގެ ހަމުގެ ކުލަޔަކަށް، ނިސްބަތްވާ ރަށަކަށް ނުވަތަ ޤައުމިއްޔަތަކަށް ބަލައި ތަފާތު ކުރެވޭނެ ކަމެއް ނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކްރިމިނަލް ޖަސްޓިސް ސެކްޓަރ ހައިލެވެލް ކޮންފަރެންސް ފެށުމަށް ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެއްދުވަހަށް ކުރިޔަށް ގެންދާ މިކޮންފަރެންސް ކުރިޔަށް...

މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި
Raajje

މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި

މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ގެއްލިގެން ހޯދަމުން ދަނީ ދ. ކުޑަހުވަދޫ، ދިލްކަޝްވިލާ، އުމުރުން 30 އަހަރުގެ ޢަލީ ޢާތިފް ސާފީ ކަމަށެވެ. އޭނާގެ ޚަބަރެއް އާއިލާއަށް އެންމެ ފަހުންވީ މިމަހުގެ 12 ވަނަ ދުވަހު ކަމަށާއި އޭނާ ގެއްލިގެން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް އާއިލާއިން ރިޕޯޓު ކުރީ މި މޭ މަހުގެ 15 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުނެއެވެ. އޭނާގެ ޚަބަރެއް މި މޭ މަހުގެ […]

ޒިރާއީ ބޭނުންތަކަށް ދިރޭޖަނަވާރު އެތެރެކުރެވޭނީ އެތަކެތި ގެންގުޅެވޭނެ ފާމެއް ހުރެގެން: މިނިސްޓްރީ
Raajje

ޒިރާއީ ބޭނުންތަކަށް ދިރޭޖަނަވާރު އެތެރެކުރެވޭނީ އެތަކެތި ގެންގުޅެވޭނެ ފާމެއް ހުރެގެން: މިނިސްޓްރީ

ޒިރާއީ ބޭނުންތަކަށް ދިރޭޖަނަވާރު (ޕޯލްޓްރީ ދޫންޏާއި ލައިވް ސްޓޮކް) ރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދޫކުރާނީ އެފަދަ ތަކެތި ގެންގުޅެވޭނެ ފާމެއް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ބުނެފިއެވެ. އެ މިނިސްޓްރީން ކުރި އިއުލާނެއްގައި މިހެން ބުނެފައިި މިވަނީ މާލޭގެ ގެއެއްގެ ތެރޭގައި އޮސްޓްރިޗް ނުވަތަ ގިނިކާ މާދޫންޏެއް ގެންގުޅޭ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެ އިއުލާނުގައި ބުނެފައިވަނީ މިހާރަކަށް އައިސް ޕޯލްޓްރީ ފ...

އާޒިމް އަށް އެމްޑީޕީ އެއްވެސް މަގާމަކަށް ދެން ކުރިމަތިލެވޭނީ 5 އަހަރު ފަހުން
Raajje

އާޒިމް އަށް އެމްޑީޕީ އެއްވެސް މަގާމަކަށް ދެން ކުރިމަތިލެވޭނީ 5 އަހަރު ފަހުން

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓްރީ ގްރޫޕުގެ ކުރީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް އެ ޕާޓީގެ އެއްވެސް މަގާމަކަށް ދެން ކުރިމަތިލެވޭނީ 5 އަހަރު ފަހުން އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީން އިއްޔެ ނިންމައިފިއެވެ. އާޒިމްގެ މައްސަލަ ބެލުމަށްފަހު އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، އަލީ އާޒިމަށް އެމްޑީޕީއަށް އަލުން ވަދެވޭނީ އެޕާޓީއަށް ވަންނަން އެދޭ 100 މީހުންގެ ސައްހަ ފޯމާއެކު […]

ހަނިމާދޫން ފުރައިގެން ސީދާ ދުބާއީ އާއި ބެންކޮކަށް ދާ ދުވަސް އޮތީ ދާދި ގާތުގައި: އިޔާދު
Thiladhunmathi News

ހަނިމާދޫން ފުރައިގެން ސީދާ ދުބާއީ އާއި ބެންކޮކަށް ދާ ދުވަސް އޮތީ ދާދި ގާތުގައި: އިޔާދު

ހދ. ހަނިމާދޫން ފުރައިގެން ސީދާ ދުބާއީ، މުންބާއީ، ބެންކޮކަށް ދާ ދުވަސް އޮތީ ދާދި ގާތުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިޔާދު ހަމީދު ވިދާޅުވެއްޖެއެވެ. ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ދައްކުވައިދޭ ވީޑިއޯ އާއެކު އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް ކަމަށެވެ. ބޮޑުތިލަދުންމަތީ ރައްޔިތުން ހަނިމާދޫއިން ފުރައިގެން ސީދާ ދުބާއީ، މުންބާއީ، ބެންކޮކަށް ދާ ދުވަސް އޮތީ ދާދި ގާތުގައި ކަމަށާއި ދުނިޔޭގެ...

ސްޓޯރީޓެލަރސް ކޮންފަރެންސްގައި އެހީތެރިވާ ކުންފުނިތަކާއެކު އެމްއެމްޕީއާރްސީ އިން ސޮއިކޮށްފި
Raajje

ސްޓޯރީޓެލަރސް ކޮންފަރެންސްގައި އެހީތެރިވާ ކުންފުނިތަކާއެކު އެމްއެމްޕީއާރްސީ އިން ސޮއިކޮށްފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން ‘ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023′ އަށް އެހީތެރިވެދެއްވާނެ ކުންފުނިތަކާއެކު ސޮއިކޮށްފިއެވެ. އެގޮތުން ހޯސްޓް ޕްރޮޕަޓީއެއްގެ ގޮތުގައި ކްރޮސްރޯޑްސް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، ސީޕްލޭން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) އެވެ. އަދި ޑޮމެސްޓިކް އެއަރލައިން ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވިއަން، ސީ ޓްރާންސްޕޯޓް ޓްރެވަލް ޕާޓްނަރެއްގެ ގ...

ނަސްރުގެ 90 ވަނަ މެރަތަން އަށް ފުރަނީ، ޚާއްސަ ކުރަނީ ސެކްޝަންގެ ވެރިޔާއަށް!
Raajje

ނަސްރުގެ 90 ވަނަ މެރަތަން އަށް ފުރަނީ، ޚާއްސަ ކުރަނީ ސެކްޝަންގެ ވެރިޔާއަށް!

ރާއްޖޭގައި މިހައިތަނަށް އެންމެގިނަ ފުލް މެރަތަން ދުވި ދުވުންތެރިޔާ ނަސްރުﷲ އަހްމަދު (ނަސްރު ކޯޗު) ގެ 90 ވަނަ މެރަތަން އަށް ފުރަން ތައްޔާރުވެއްޖެއެވެ. މިކަމާއި ގުޅިގެން ‘ތިލަދުން’ އަށް ނަސްރު ބުނީ މިފަހަރުގެ ދުވުން ޚާއްސަކުރަނީ އެމްއެންޑީއެފްގައި އޭނާ ވަޒީފާ އަދާކުރާ ސެކްޝަންގެ ވެރިޔާއަށް ކަމަށެވެ. އަދި އޭނާއަށް މިހާ ހިސާބަށް މި އާދެވުނީ ސެކްޝަން ވެރިޔާގެ ވަރަށްބޮޑު އެހީތެރިކަމާއެކީގައި ކަމަށެވެ. “އަސްލު މިހާ ހިސާބަށް އައި އިރު، 90 މެރަތަން އަށް އައި އިރު، […]

ފޯކައިދޫގައި ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން ޤުރްއާނާއި އިނގިރޭސި ކްލާސްތަކެއް
Raajje

ފޯކައިދޫގައި ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން ޤުރްއާނާއި އިނގިރޭސި ކްލާސްތަކެއް

ށ. ފޯކައިދޫގައި ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން ޤުރްއާން އަދި އިނގިރޭސި ކްލާސްތަކެއް ބާއްވަން ނިންމައިފިއެވެ. އެ ކައުންސިލުގެ މެމްބަރު ސަދާ ޝަހީމް ‘ތިލަދުން’ އަށް ވިދާޅުވީ މި ކްލާސްތައް ބޭއްވުމަށް ނިންމާފައިވަނީ އޯގަސްޓު މަހު ކަމަށެވެ. ނަމަވެސް ކްލާސްތައް ބާއްވާނެ ވަކި ތާރީޚެއް އަދިނުނިންމާ ކަމަށެވެ. ބައިވެރިވުން މުޅިން ހިލޭ އޮތް މި ކްލާސްތަކުގައި ކިޔަވައިދެއްވާނީ ރަށުގައި ތިބި، އެކަމުގެ ފަންނީ ބޭފުޅުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި ކްލާސްތައް ފަށާނީ ކޮންމެ ކްލާހެއްގައި […]

މޮޅަދޫ "ގްރީން އެނާޖީ" އަށް ދިއުމަށް މިސްކިތުގައި ސޯލާ ހަރުކޮށް ޓެސްޓު ކޮށްފި
Thiladhunmathi News

މޮޅަދޫ "ގްރީން އެނާޖީ" އަށް ދިއުމަށް މިސްކިތުގައި ސޯލާ ހަރުކޮށް ޓެސްޓު ކޮށްފި

ހއ. މޮޅަދޫ “ގްރީން އެނާޖީ” އަށް ދިއުމަށް އެރަށު ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން މިސްކިތުގައި ސޯލާ ހަރުކޮށް ނިމިއްޖެއެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު ‘ތިލަދުން’ އަށް ދެއްވަމުން އެރަށު ކައުންސިލުން ބުނީ މިސްކިތުގައި ސޯލާ ހަރުކޮށް، ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއް ކަމަށްވާތީ، އެންމެ އެކަށީގެންވާ ގޮތުގައި ސޯލާ އިން ކަރަންޓު އުފެއްދޭގޮތް ނުވިޔަސް، މިއީ ދުރުމުސަތްގުބަލަށް ބަލާއިރު، ރައްޔިތުންގެ ޖީބަށް ލުޔެއް ލިބޭނެ ކަމެއްކަން...

ހަރުދަނާ ސިއްހީ ޚިދުމަތެއް ފޯރުކޮށްދެވޭނީ ހުރިހައި މުވައްސަސާ ގުޅިގެން: ނަސީމް
Raajje

ހަރުދަނާ ސިއްހީ ޚިދުމަތެއް ފޯރުކޮށްދެވޭނީ ހުރިހައި މުވައްސަސާ ގުޅިގެން: ނަސީމް

ފުރިހަމަ ސިއްހީ ޚިދުމަތެއް ފޯރުކޮށްދެވޭނީ ހުރިހައި މުވައްސަސާ ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށް ސިއްހަތާއި ބެހޭ ވަޒީރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ކުވައިތު ފަންޑުގެ ދަށުން ރާއްޖޭގައި ބައެއް ރަށްރަށުގައި ތަރައްޤީކުރައްވާ ހޮސްޕިޓަލްތަކެއްގެ މަސައްކަތް ބަޔަކާއި ހަވާލުކުރެއްވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ވަޒީރު ވަނީ ފުރިހަމަ ސިއްޙީ ޚިދުމަތެއް ފޯރުކޮށް ދިނުމަކީ ހަމައެކަނި ހެލްތު މިނިސްޓްރީ އާއި އެމިނިސްޓްރީގެ ދަށުން ހިންގަވާ އިދާ...

ހަނިމާދޫ ގައި ކޮމިއުނިޓީ ސްކައުޓް ތައާރަފް ކުރަނީ
Thiladhunmathi News

ހަނިމާދޫ ގައި ކޮމިއުނިޓީ ސްކައުޓް ތައާރަފް ކުރަނީ

ހދ. ހަނިމާދޫ ގައި ކޮމިއުނިޓީ ސްކައުޓް ތައާރަފް ކުރަން ނިންމައިފިއެވެ. އެރަށު ކެތިއަރާ ޖަމިއްޔާއިން ނެރެފައިވާ އިއުލާނެއްގައި ބުނީ މި މަސައްކަތް ކުރަމުންދަނީ އެ ޖަމިއްްޔާ އާއި ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކަމަށެވެ. އެގޮތުން ފުރަތަމަ މި ގްރޫޕު ހެދުމަށްޓަކައި ބޭނުންވާ ރޯވަރ ސްކައުޓަށް ބޭޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި މި ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާއި 26 އަހަރާއި ދެމެދުގެ ޒުވާނުންނަށް ކަމަށް ވެސް […]

''އަމާޒަކީ ޤައުމީ ޒިންމާތައް އުފުލަން ތައްޔާރަށް ތިބި ޒުވާނުންތަކެއް އުފެއްދުން''
Raajje

''އަމާޒަކީ ޤައުމީ ޒިންމާތައް އުފުލަން ތައްޔާރަށް ތިބި ޒުވާނުންތަކެއް އުފެއްދުން''

ރާއްޖޭގެ އާބާދީގެ 37 އިންސައްތައަށްވުރެ މަތީ ނިސްބަތަކީ ޒުވާނުން ކަމަށާއި އެއީ ގައުމުގެ ތަރައްގީގެ ހުންގާނުގައި ހިފަން ތިބި މީހުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕް ހަވާލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ. ދަރުބާރުގޭގައި ބޭއްވި މި ޖަލްސާގައި ރައީސް ވިދާޅުވީ ތައުލީމީ ދާއިރާއިން ފަހިކޮށްދޭ ފުރުސަތުތަކުގެ އަމާޒަކީ ގައުމަށް ބޭނުންތެރި، ގައުމީ ޒިންމާތައް އުފ...