މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ގެއްލިގެން ހޯދަމުން ދަނީ ދ. ކުޑަހުވަދޫ، ދިލްކަޝްވިލާ، އުމުރުން 30 އަހަރުގެ ޢަލީ ޢާތިފް ސާފީ ކަމަށެވެ.
އޭނާގެ ޚަބަރެއް އާއިލާއަށް އެންމެ ފަހުންވީ މިމަހުގެ 12 ވަނަ ދުވަހު ކަމަށާއި އޭނާ ގެއްލިގެން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް އާއިލާއިން ރިޕޯޓު ކުރީ މި މޭ މަހުގެ 15 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުނެއެވެ.
އޭނާގެ ޚަބަރެއް މި މޭ މަހުގެ 12 ވަނަ ދުވަހު، އާއިލާއަށް ވިއިރު، އޭނާ ހުރީ މާލޭގައި ކަމަށް ވެސް އާއިލާ އާ ހަވާލާދީ ފުލުހުން ބުނެއެވެ.
ޢަލީ ޢާތިފް ސާފީ ގެއްލިގެން ރިޕޯޓްކުރުމުން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހައި ބަހާތަކަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށްދީފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުނެއެވެ.
އެެހންނަމަވެސް މިހައިތަނަށް ކުރި މަސައްކަތުން ޢާތިފް ހޯދިފައި ނުވާތީ، އޭނާ އާއި އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792052 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ޢަލީ ޢާތިފް ސާފީ ގެއްލިގެން ހޯދާކަން ފުލުހުން މިއަދު ޢިއުލާން ކުރެއްވުމަށްފަހު އޭނާ ފެނިފައިވާކަމަށް 13:40 ގައި ފުލުހުން ވަނީ ހާމަކުރައްވާފައެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ހާމަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!