Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
153 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

މަޖިލީހުގެ ނައިބުކަމުގެ މަގާމުން އީވާ ވަކިކުރަން ހުށަހަޅައިފި
Raajje

މަޖިލީހުގެ ނައިބުކަމުގެ މަގާމުން އީވާ ވަކިކުރަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވަކިކުރައްވަން މަޖިލީހަށް ހުށަހަޅައިފިއެވެ. އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައި މިވަނި 50 މެމްބަރުންގެ ސޮޔާއި އެކުގައެވެ. ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގައި ބުނާގޮތުގައި މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށައެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއްބަޔަށްވުރެ މަދު ނޫން ޢަދަދެއްގެ މެންބަރުން ސޮޔާއެކުގައެވެ. އެއީ މިހާ...

އައްބާސް އާދިލް ރިޒާ ހޯދަން އިއުލާން ކޮށްފި
Raajje

އައްބާސް އާދިލް ރިޒާ ހޯދަން އިއުލާން ކޮށްފި

އައްބާސް އާދިލް ރިޒާ ހޯދަން ދިވެހި ފުލުހުންގެ ޚިދުމަތުން އިއުލާން ކޮށްފިއެވެ. އެ އިދާރާއިން ވިދާޅުވީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން އެ ކޯޓަށް ހާޟިރުކުރަން ބޭނުންވެ، ނަމަވެސް ހާޟިރުކުރެވިފައި ނުވާތީ، އައްބާސް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންނަށް ކުރި އަމުރަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ކްރިމިނަލް ކޯޓުން ފުލުހުންނަށް ކޮށްފައިވާ އަމުރުގައި ވަނީ މިއަދު މެންދުރުފަހު 2:30 ގެ ކުރިން އެ ކޯޓަށް އައްބާސް ހާޒިރުކުރުމަށެވެ. އޭނާ އ...

މިއަހަރުގެ ތިލައުތުރު އެވޯޑު 6 ދާއިރާއަކުން 12 ފަރާތަކަށް!
Thiladhunmathi News

މިއަހަރުގެ ތިލައުތުރު އެވޯޑު 6 ދާއިރާއަކުން 12 ފަރާތަކަށް!

މިއަހަރުގެ ތިލައުތުރު އެވޯޑު 6 ދާއިރާއަކުން 12 ފަރާތަކަށް ދީފިއެވެ. މއީ ހއ. އަތޮޅު ދުވަސް ފާހަގަކުރުމުގެ ގޮތުން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ދެމުން އަންނަ އެވޯޑެކެވެ. މިއަހަރު މި އެވޯޑު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މި ތަފާތު ދާއިރާތަކުން ދިގު މުއްދަތަކަށް ފާހަގަކުރެވޭފަދަ ޝަރަފްވެރި ޚިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި އެނޫނަސް ތަފާތުއެކި ދާއިރާތަކުން އަގުހުރި ޚިދުމަތްތަކެއް އަތޮޅަށް ކޮށްދެއްވާފ...

ދިއްދޫ އަށްސޭރި ބިމުގައިހުރި ޒަމާންވީ ނިކަ ގަހުން ބައެއް ވެއްޓިއްޖެ
Thiladhunmathi News

ދިއްދޫ އަށްސޭރި ބިމުގައިހުރި ޒަމާންވީ ނިކަ ގަހުން ބައެއް ވެއްޓިއްޖެ

ހއ. ދިއްދޫ އަށްސޭރި ބިމުގައިހުރި ނިކަ ގަހުން އޮފިގަނޑެއް އަނެއްކާ ވެސް ވެއްޓިއްޖެއެވެ. ގާތްގަޑަކަށް 300 ނުވަތަ 400 އަހަރުވެފައިވާ މި ގަހަކީ އެރަށު ސްކޫލު ބިމެއްގައި ހުރި ގަހެކެވެ. އަދި މި ގަހުން އޮފިގަނޑެއް އަނެއްކާ ވެސް ވެއްޓިފައި މިވަނީ އިއްޔެގެ ވަގުތެއްގައެވެ. މިކަމުގެ މައުލޫމާތު ދެއްވަމުން ހއ. އަތޮޅު ކައުންސިލްގެ ރައީސް މުސާ ޝަފީގު ‘ތިލަދުން’ އަށް ވިދާޅުވީ މިއީ އެގަހުން އޮފިގަނޑެއް ވެއްޓުނު ދެވަނަ ފަހަރު ކަމަށާއި ގަހަކީ ވަރަށް ޒަމާން ވެފައިވާ […]

ޒަރީރަށް ހަމަލާދިންކަމުގެ ތުހުމަތުގައި ހޯދަމުންދިޔަ މީހާ އަމިއްލައަށް ފުލުހަށް ހާޟިރުވެއްޖެ
Raajje

ޒަރީރަށް ހަމަލާދިންކަމުގެ ތުހުމަތުގައި ހޯދަމުންދިޔަ މީހާ އަމިއްލައަށް ފުލުހަށް ހާޟިރުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ޒަރީރަށް ހަމަލާދިންކަމުގެ ތުހުމަތުގައި ހޯދަމުންދިޔަ ކ. މާލެ / މއ. ނައިޓްވިލާ، އިބްރާހިމް އަބްދުﷲ (ގައްބަރޭ) އަމިއްލައަށް ފުލުހުންނަށް ހާޟިރުވެއްޖެއެވެ. އޭނާ ހޯދަމުން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވެފައިވާ ކަމަށާއި އޭނާ މިހާރުހުރީ ފުލުހުންގެ ބަންދުގައި ކަމަށެވެ. އަދި އޭނާގެ ބަންދ...

ބްރިގޭޑިއާ ޖެނެރަލް އަބްދުލް މަތީން ރިޓެއާ ކުރައްވައިފި
Raajje

ބްރިގޭޑިއާ ޖެނެރަލް އަބްދުލް މަތީން ރިޓެއާ ކުރައްވައިފި

35 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވުމަށްފަހު ބްރިގޭޑިއަރ ޖެނެރަލް އަބްދުލް މަތީން އަހްމަދު، ސިފައިންގެ ޚިދުމަތުން ރިޓެއާ ކުރައްވައިފިއެވެ. އޭނާ ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމާއި ގުޅިގެން ރޭ ވަނީ ބަންޑާރަކޮށީގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވަނީ ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސިޓީފުޅާއި މެޑަލް ބޯޑު، ހަވާލުކޮށްދެއްވާފައ...

ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރަން އަދި ތަނެއް ނުލިބޭ: އިމްރާން
Raajje

ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރަން އަދި ތަނެއް ނުލިބޭ: އިމްރާން

ހދ. ކުމުންދޫގައި ޕޮލިސް ސްޓޭޝަން ގާއިމުކުރެވޭނެ ދުވަހެއް ނޭނގޭ ކަމަށާއި އިމާރާތެއް ހޯދުމަށް ތިން ފަހަރު އިއުލާން ކުރުމުން ވެސް އިޖާބައެއް ލިބިފައި ނުވާ ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖލީީހުގެ މިއަދުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޢީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ޝައިޚް އިމްރާން ވިދާޅުވީ އެރަށުގައި ޕޮލިސް ސްޓޭޝަނެއް ގާއިމުކުރުމުގެ މަސައްކަތަކީ މިދިޔަ އަހަރުން ފެށިގެން ކުރަމުން އަންނަ މަސައްކ...

ފްލެޓު ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ނަގާތީ ކުއްލި މައްސަލައެއް
Parliament

ފްލެޓު ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ނަގާތީ ކުއްލި މައްސަލައެއް

ފްލެޓު ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ނަގާތީ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި މައްސަލަ މަޖިީހަށް ހުށަހަޅުއްވާފައިވަނީ ތިމަރަފުށި ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ޕީޖީ ލީޑަރު ، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޟު އެވެ. އެ މައްސަލައިގާ ރިޔާޟު ވިދާޅުވެފައިވަނީ ރައްޔިތުންގެ އެތައް ބައެއްގެ އަތުން ބޮޑެތި އަދަދުުން ފައިސާ ނަގާ، ބޯހިޔާވަހިކަމުގެ ގޮތުން ވިއްކާ ފްލެޓު އިމާރާތްކޮށް ހަވާލުކުރުން ލަސްވަމުންދާ މައްސަލައަކީ ރައްޔ...

މަކުނުދޫގައި ފަހަން ދަސްކޮށްދޭ ކޯހެއް ފަށައިފި
Thiladhunmathi News

މަކުނުދޫގައި ފަހަން ދަސްކޮށްދޭ ކޯހެއް ފަށައިފި

މަކުނުދޫ ކަނބަލުންނަށް ހާއްސަކޮށްގެން ފަހަން ދަސްކޮށްދޭ ކޯހެއް ފަށައިފިއެވެ. މިއީ އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ ނުވަތަ ވިމެން ޑިވެލޮޕްމެންޓް ކޮމެޓީން (ޑަބްލިއުޑީސީ) އިން ހިންގާ ކޯހެކެވެ. މި ކޯހާއި ބެހޭގޮތުން ޑަބްލިއުޑީސީގެ ރައީސާ ސާތިއާ މުހައްމަދު ރަޝީދު ‘ތިލަދުން’ އަށް ވިދާޅުވީ މި ކޯސް ފެށީ މި މޭ މަހުގެ 20 ވަނަ ދުވަހު ކަމަށާއި މިއީ ދެ ހަފުތާއަށް ކުރިއަށް ގެންދާ ކޯހެއް ކަމަށެވެ. އަދި ޖުމްލަ 14 ފަރާތަކުން ބައިވެރިވެފައިވާ […]

ދިއްދޫ ޖޫނިއާ ކޮލެޖާއި އަލިފުށީ ޓިވެޓް ސެންޓަރުގެ ބައެއް ވަޒީފާތަކަށް ހުޅުވާލައިފި
Raajje

ދިއްދޫ ޖޫނިއާ ކޮލެޖާއި އަލިފުށީ ޓިވެޓް ސެންޓަރުގެ ބައެއް ވަޒީފާތަކަށް ހުޅުވާލައިފި

ހއ. ދިއްދޫގައި ތަރައްޤީކުރަމުންދާ ޖޫނިއަރ ކޮލެޖާއި ރ. އަލިފުށީގައި ތަރައްޤީކުރަމުންދާ ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް ސެންޓަރުގެ ބައެއް މަޤާމުތަކަށް ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ބުނީ މި ދެ ތަނުގެ ޕޯސްޓް ކޮންސްޓްރަކްޝަން ސްޓޭޖުން އޮޕަރޭޝަނަލް ސްޓޭޖަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އިންސްޓިޓިއުޓް އެކަށީގެންވާ ފެންވަރަކަށް ހިންގުމަށް ދެ މެނޭޖަރުން ނެގުމަށް އިޢުލާނު ކޮށްފައިވާ ކަމަށެވެ. އަދި މި އިއުލާން ކުރީ މިދިޔަ ހަފްތާގައި ކަމ...

ހއ. އަތޮޅު ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުގެ ޚިދުމަތް ފަށައިފި
Thiladhunmathi News

ހއ. އަތޮޅު ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުގެ ޚިދުމަތް ފަށައިފި

ހއ. އަތޮޅުގެ ވެރިރަށް ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުގެ ޚިދުމަތް ފަށައިފިއެވެ. މި ޚިދުމަތް ފަށާފައިވަނީ މި މޭ މަހުގެ 20 ވަނަ ދުވަހުއެވެ. މި ޚިދުމަތް ފައްޓަވައި ދެއްވީ އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި ދިއްދޫ ދާއިރާގެ މެންބަރު އަބުދުﷲ ވަހީދެވެ. މިކަމާއި ގުޅިގެން އެ ހޮސްޕިޓަލުގެ މެނޭޖަރު އާދަމް ނަސީރު ‘ތިލަދުން’ އަށް ވިދާޅުވީ، ހއ. އަތޮޅު ހޮސްޕިޓަލްގައި މިފެށި ޚިދުމަތާއެކު ކޮންސަލްޓޭޝަންގެ ހުރިހައި ކަމެއް މިހާރު ކުރެވޭނެ ކަމަށާއި އައިނު […]

ފަތުރުވެރިކަމާއި ތައުލީމީ ދާއިރާއިން ގުޅުން ބަދަލުކުރުމަށް ޗައިނާ އާއެކު މަޝްވަރާ ކޮށްފި
Raajje

ފަތުރުވެރިކަމާއި ތައުލީމީ ދާއިރާއިން ގުޅުން ބަދަލުކުރުމަށް ޗައިނާ އާއެކު މަޝްވަރާ ކޮށްފި

ފަތުރުވެރިކަމާއި ތައުލީމީ ދާއިރާއިން ގުޅުން ބަދަލުކުރުމަށް ޗައިނާ އާއެކު މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާ ކުރެއްވީ ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވަންގް ޔުބޯ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރޭގައެވެ. ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްްވައި، ދެޤައުމުގެ މެދުގައި މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާ...

ނަޝީދު މިއަދު ދިއްދޫއަށް
Raajje

ނަޝީދު މިއަދު ދިއްދޫއަށް

ތިލައުތުރު އެވޯޑް ދިނުމުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހއ. ދިއްދޫއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ މުޙައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވީ މިއީ އެ އަތޮޅު ކައުންސިލުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި މިއަދު މެންދުރުފަހުގެ ވަގުތެއްގައި ފުރާވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ނަޝ...

ނަޝީދު އިސްވެ އުފައްދަވާ ޕާޓީ އުފެއްދުމުގެ ހުއްދައަށް މިއަދު ހުށަހަޅަނީ
Raajje

ނަޝީދު އިސްވެ އުފައްދަވާ ޕާޓީ އުފެއްދުމުގެ ހުއްދައަށް މިއަދު ހުށަހަޅަނީ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ބައިބައިވެ، ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން އުފައްދާ އައު ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅާނެ ކަމަށް ފިކުރެއްގެ ދިރުމުން ބުނެފިއެވެ. ފިކުރެއްގެ ދިރުމުން ބުނީ ޕާޓީ އުފެއްދުމުގެ ހުއްދައަށް ރަސްމީކޮށް، މިއަދު އީސީއަށް ހުށަހެޅުމަށްފަހު، ޕާޓީ އުފެއްދުމަށް ކުރަންޖެހޭ މަސައްކަތް ރަސްމީކޮށް ފަށާނެ ކަމަށެވެ. އަދި އައު ޕާޓީ ވެގެންދާނީ ރާއްޖޭގައި އުފެދޭ އެންމެބޮޑު އެއް ޕާޓީއަށް ކަމަށެވެ. އައު […]

ޕީޕީއެމް ވުޖޫދުން ފޮހެލުމަކީ ކުރެވޭ ވަރުގެ ކަމެއް ނޫން: ސަލީމް
Raajje

ޕީޕީއެމް ވުޖޫދުން ފޮހެލުމަކީ ކުރެވޭ ވަރުގެ ކަމެއް ނޫން: ސަލީމް

ޕީޕީއެމް ވުޖޫދުން ފޮހެލުމަކީ ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި މިވަނީ  ޕީޕީއެމްގެ މިސްރާބު ހުރީ އަނދިރި ދިމާއަކަށް ކަމަށާއި އެ ގޮތުގައި ކުރިއަށްދާނަމަ ޕާޓީ ވުޖޫދުން ފޮހެވުމުގެ ފުރުސަތު ވެސް ބޮޑުކަމަށް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވުމުން އެއަށް ރައްދުދެއްވައެވެ. ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ […]