Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
153 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

ޒާންގެ 3 ވަނަ ސްޓެމްސެލް ޓްރީޓްމެންޓަށް ތައްޔާރުވަނީ، އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވާ!
Report

ޒާންގެ 3 ވަނަ ސްޓެމްސެލް ޓްރީޓްމެންޓަށް ތައްޔާރުވަނީ، އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވާ!

އުމުރުން 12 އަހަރުގެ ޒާން ޒަބީރުއަކީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ (އޭއެސްޑީ) ތަހަންމަލް ކުރަމުންދާ ކުއްޖެކެވެ. މިއީ ކުއްޖާގެ ހެދިބޮޑުވުމުގައި ހުންނަ ނުކުޅެދުންތެރިކަމެކެވެ. މިއީ ނިއުރޮލޮޖިކަލް ޑިސްއޯޑާއެއް ކަމަށްވާތީ ކުއްޖާގެ ސިކުނޑިއަށް އަސަރުކުރެއެވެ. ވުމާއެކު ކުއްޖާގެ ވާހަކަ ދެއްކުމުގެ ބާރަށާއި އެހެން މީހުންނާއި އޮންނަ ގުޅުމުގެ ބާރަށް ހުރަސްއެޅެއެވެ. ޒާންގެ މަންމަ އައިމިނަތު އިހުސާނާ ބުނީ، ޒާން ކުޑައިރު ވެސް އެހެން ކުދިންނާއި ތަފާތުތަކެއް ފާހަގަ ކުރެވުނު ކަމަށާއި ނަމަވެސް އޭރު އެއީ އޯޓިޒަމް...

މާފަރު އެއާޕޯޓުގައި އެކްސްކަވޭޓަރެއް ފުރޮޅާލައިގެން އަނިޔާވި މީހަކު ނިޔާވެއްޖެ
Raajje

މާފަރު އެއާޕޯޓުގައި އެކްސްކަވޭޓަރެއް ފުރޮޅާލައިގެން އަނިޔާވި މީހަކު ނިޔާވެއްޖެ

ނ. މާފަރު އެއާޕޯޓުގައި އެކްސްކަވޭޓަރެއް ފުރޮޅާލައިގެން އަނިޔާވި މީހަކު ނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި އެކްސްކަވޭޓަރަކީ އެ އެއާޕޯޓު ގެ މަސައްކަތަށް ބޭނުންކުރަމުންދިޔަ އެއްޗެއް ކަމަށެވެ. އެކްސްކަވޭޓަރު ފުރޮޅާލައިގެން އަނިޔާ ލިބުނުު މީހާ މާފަރު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް މިއަދު ހެނދުނު 9:27 ހާއިރު، ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެއެވެ. އަދި ނިޔާވެފައިވަނީ އެކްސްކަވޭޓަރު ދުއްވި ޑްރިވަރު ކަމަށް ވެސް ވިދާޅުވިއެވެ....

މަކުނުދޫ ގައި ރޭސިންގ ޓްރެކެއް އެޅުމަށް މަޝްވަރާކޮށްފި
Thiladhunmathi News

މަކުނުދޫ ގައި ރޭސިންގ ޓްރެކެއް އެޅުމަށް މަޝްވަރާކޮށްފި

ހދ. މަކުނުދޫ ގައި ރޭސިންގ ޓްރެކެއް އެޅުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ބާއްވާފައިވަނީ މަކުނުދޫ ކައުންސިލާއި، ޕްލޭނިންގ މިނިސްޓްރީ އަދި ރޭސިންގ އެސޯސިއޭޝަން އޮފް ދި މޯލްޑިވްސް (ރާމް) ގުޅިގެންނެވެ. މިކަމުގެ މައުލޫމާތު ”ތިލަދުން” އަށް ހިއްސާ ކުރައްވަމުން މަކުނުދޫ ކައުންސިލުގެ ރައީސް އައުޒަމް އާދަމް ވިދާޅުވީ އެއީ ވަރަށް އުއްމީދީ މަޝްވަރާއެއް ކަމަށާއި މި ކުޅިވަރު ރާއްޖޭގެ އެކި ސަރަހައްދުގައި ދިރުވައި، އާލާކުރުމަށް ހުޅުވިގެންދިޔަ ދޮރެއް ކަމަށެވެ. އަދި ޒުވާނުންނަށް މި ކުޅިވަރުގައި ކުރިއ...

ރައްޔިތުންގެ ގައިގާ ހަންމުށި އަޅައިގެން ހޯދާ ވޯޓެއް ގަބޫލެއް ނުކުރެވޭނެ: ޔާސިރު
Thiladhunmathi News

ރައްޔިތުންގެ ގައިގާ ހަންމުށި އަޅައިގެން ހޯދާ ވޯޓެއް ގަބޫލެއް ނުކުރެވޭނެ: ޔާސިރު

ރައްޔިތުންގެ ފައިސާ އިން އުފައްދާ ބާރުން ރައްޔިތުންގެ ގައިގާ ހަންމުށި އަޅައިގެން ހޯދާ ވޯޓަކީ ގަބޫލު ކުރެވޭނެ ވޯޓެއް ނޫން ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މަސްވެރިންނަށް ވީ ވައުދު ނުފުއްދި އެކަމާއި ކަންބޮޑުވެގެން ހުށަހަޅާފައިވާ ގަރާރަށް ބަހުސްކުރައްވަމުންނެވެ. ޔާސިރު ވިދާޅުވީ އެ ގަރާރަށް ތާއީދު ކުރައްވާ ކަމަށާއި ދިވެހިންގެ ލޭނާރު ކަމުގައިވިޔަސް ތާރީޚުގައި ފެނިގެން ގޮސްފައ...

އެމްއާރްއެމް އުވާލަން ނިންމައިފި
Raajje

އެމްއާރްއެމް އުވާލަން ނިންމައިފި

ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވާތީ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އެ ކޮމިޝަނުން މިގޮތަށް ނިންމީ ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވުމުން، ދެ ވަނަ ނޯޓިސްއެއް ވެސް ދިނުމަށް ފަހުއެވެ. ކުރީގެ މައުމޫން އަބްދުލްގައްޔޫމްގެ އިސްލާހީ ހަރަކާތަށް އުފެއްދެވި އެ ޕާޓީއަށް މެމްބަރުން ހަމަކުރުމަށް ދެވަނަ ފަހަރަށް ނޯޓިސް ދީފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައެވެ. އަދި އެ ނޯޓިސްގެ މުއްދަތު ހ...

ދެމަހުން ނިންމަން ވައިކަރަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމަށް ހަވާލުކޮށްފި
Thiladhunmathi News

ދެމަހުން ނިންމަން ވައިކަރަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމަށް ހަވާލުކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމަށް ހަވާލުކޮށްފި އެވެ. އާރު.ކޭ.އެލް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 2،394،343.99 (ދެމިލިއަން ތިންލައްކަ ނުވަދިހަ ހަތަރުހާސް ތިންސަތޭކަ ސާޅީސް ތިންރުފިޔާ ނުވަދިހަ ނުވަލާރި) އަށެވެ. މިމަސައްކަތް ނިންމަންޖެހޭ މުއްދަތެއްގެ ގޮތުގައި އޮތީ 60 ދުވަސްކަމަށް ޔޫތު މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. މިކަމުގެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރ އަޙުމަދު މުހައްމަދު އެވ...

ނަޝީދު އަވަހާރަކޮށްލަން ބޮން ހަރުކުރިކަން ރައީސަށް ކުރިން އެނގިވަޑައިގަންނަވާ: މެންބަރު ހަސަން
Parliament

ނަޝީދު އަވަހާރަކޮށްލަން ބޮން ހަރުކުރިކަން ރައީސަށް ކުރިން އެނގިވަޑައިގަންނަވާ: މެންބަރު ހަސަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮން ހަރުކުރިކަން ރައީސް އިބްރާޙީމް ސާލިހަށް ކުރިން އެނގިވަޑައިގަންނަވާ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ނަޝީދަށް އަމާޒުކޮށް ގ. ކެނެރީގޭ ކައިރީގައި ބޮން ގޮއްވާލުމުގެ ކުރިން އެ މައުލޫމާތު ރައީސް ސާލިހަށް ލިބިވަޑައިގެންނެވި ކަމަށެވެ. 2021 ވަނަ އަހަރުގެ މެއި ހަ ވަނަ ދުވަހު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ [...

މާރާމާރީ ހިންގައި މުދަލަށް ގެއްލުން ދިން މައްސަލައިގާ ހޯދަމުންދިޔަ މީހާ ހައްޔަރުކޮށްފި
Raajje

މާރާމާރީ ހިންގައި މުދަލަށް ގެއްލުން ދިން މައްސަލައިގާ ހޯދަމުންދިޔަ މީހާ ހައްޔަރުކޮށްފި

ތޫނު އެއްޗަކުން ބިރުދައްކައި، މާރާމާރީ ހިންގައި މުދަލަށް ގެއްލުން ދިން މައްސަލައިގާ ހޯދަމުންދިޔަ މީހާ ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ގެއަކަށްވަދެ މީހަކަށް ތޫނުއެއްޗަކުން ބިރުދައްކައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގައި، މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ހޯދަމުންދިޔަ ރ. މަޑުއްވަރީ / ދެތަނޑިމާގެ، އިބްރާހިމް ސަމީން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހޯދުމަށް ފުލުހުން އާންމުކޮށް ޢިއުލާން ކުރެއްވީ އިއްޔެއެވެ. އުމުރުން 34 އަހަރުގެ ސަމ...

ތައުލީމު ހާސިލުކުރަން ލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޑރ. އިބްރާހީމް ހަސަން އިލްތިމާސެއް
Raajje

ތައުލީމު ހާސިލުކުރަން ލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޑރ. އިބްރާހީމް ހަސަން އިލްތިމާސެއް

ތައުލީމު ހާސިލުކުރަން ލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މަތީ ތައުލީމާއި ބެހޭ ވަޒީރު ޑރ. އިބްރާހީމް ހަސަން އިލްތިމާސް ކުރައްވައިފިއެވެ. އޭނާ މިފަދައިން އިލްތިމާސް ކުރެއްވީ ރައީސްގެ ހާއްސަ ސްކޮލާޝިޕާއި އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ސްކޮލާޝިޕް ލިބުނު ދަރިވަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރު ވަނީ ކޮންމެ ގައުމަކަށް ދިޔަނަމަވެސް، ކޮންމެ ކުއްޖަކު ވެސް ތިމާއަކީ މުސްލިމެއްކަމާއި، ދިވެއްސެއްކަން ހަނދާނުގައި ބެހެއްޓުމަށް ވެސް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި މުސްލިމ...

އަލް ނަސްރު މޮޅުކޮށްދިނުމަށްފަހު ރޮނާލްޑޯ ސަޖިދަ ޖެހުމުން ގިނަބައެއްގެ ތަޢުރީފު
Sports

އަލް ނަސްރު މޮޅުކޮށްދިނުމަށްފަހު ރޮނާލްޑޯ ސަޖިދަ ޖެހުމުން ގިނަބައެއްގެ ތަޢުރީފު

ސައުދީ ޕްރޮފެޝަނަލް ލީގުގައި އަލް ނަޞްރު މޮޅުކޮށްދިނުމަށްފަހު ރޮނާލްޑޯ ސަޖިދަ ޖެހުމުން ގިނަބައެއްގެ ތައުރީފް އޮހެން ފަށައިފިއެވެ. ރޮނާލްޑޯ ސަޖިދަ ޖަހާފައިވަނީ އެ ލީގުގައި އަލް ޝަބާބް އާއި އަލް ނަޞްރު ރޭ ކުޅުނު މެޗުގައި، އަލް ނަޞްރު މޮޅުވި ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރުމުގެ ގޮތުންނެވެ. މި މެޗު، 2-2 ލަނޑުން ދެޓީމު ވެސް އެއްވަރުވެފައިވާތީ ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބީ އެއީ ފަހުގެ ނަތިޖާ ކަމަށެވެ. ނަމަވެސް އަލް ނަޞްރުކޮޅަށް ނަތީޖާ އަނބުރާލީ މެޗުގެ 59 […]

މަކުނުދޫ އެއާޕޯޓު މަޝްރޫއު ހަވާލުކުރާނެ ބަޔަކު ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ކަނޑައަޅަނީ
Thiladhunmathi News

މަކުނުދޫ އެއާޕޯޓު މަޝްރޫއު ހަވާލުކުރާނެ ބަޔަކު ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ކަނޑައަޅަނީ

ހދ. މަކުނުދޫގައި ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވާ އެއާޕޯޓު މަޝްރޫއު ހަވާލުކުރާނެ ބަޔަކު ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ކަނޑައަޅުއްވާނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިގެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ފެށާނެ ތާރީޚަކާއި ކުރެއްވި...

މާރާމާރީ ހިންގައި މުދަލަށް ގެއްލުން ދީފައިވާ މައްސަލައެއްގައި މީހަކު ހޯދަނީ
Raajje

މާރާމާރީ ހިންގައި މުދަލަށް ގެއްލުން ދީފައިވާ މައްސަލައެއްގައި މީހަކު ހޯދަނީ

މުދަލަށް ގެއްލުން ދީފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގުމަށްފަހު، އެ އެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތ...

އީވާގެ އިތުބާރުގެ މައްސަލަ ލިބިއްޖެ، ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ: މަޖިލިސް
Raajje

އީވާގެ އިތުބާރުގެ މައްސަލަ ލިބިއްޖެ، ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެެވެ. އެ އިދާރާ އިން ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ އެ މައްސަލަ ލިބިފައިވާ ކަމަށާއި އެ މައްސަލަ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައ...

ނޮޅިވަރަންފަރުގައި ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ކައުންސިލުގެ ޝުކުރު
Thiladhunmathi News

ނޮޅިވަރަންފަރުގައި ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ކައުންސިލުގެ ޝުކުރު

ހދ. ނޮޅިވަރަންފަރުގައި ސަރުކާރުން ހިންގާ މަޝްރޫއުތަކަށް އެރަށު ކައުންސިލުން ޝުކުރު އަދާކޮށްފިއެވެ. އެ ކައުންސިލުން ޝުކުރު އަދާކުރައްވާފައި މިވަނީ ނައިބު ރައީސް ފައިސަލް ނަސީމް، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ. ރައީސް އޮފީހުގައި ބޭއްވި މިބައްދަލު ކުރެއްވުމުގައި، އެރަށު ކައުންސިލުން ވަނީ މިސަރުކާރުން އެރަށުގައި ވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގައި ނިމިފައިވާކަން ފާހަގަކޮށްފައެވެ. އަދި މިހާރުވެސް ބައެއް މަޝްރޫއުތައް ހިނގަމުންދާކަން ވެ...

ކުޅުދުއްފުށީގައި ފާޚާނާއެއްގެ ތެރެއަށް ވެއްޓުނު މީހަކު ނިޔާވެއްޖެ
Thiladhunmathi News

ކުޅުދުއްފުށީގައި ފާޚާނާއެއްގެ ތެރެއަށް ވެއްޓުނު މީހަކު ނިޔާވެއްޖެ

ކުޅުދުއްފުށި ސިޓީގައި ފާޚާނާއެއްގެ ތެރެއަށް ވެއްޓުނު މީހަކު ނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެސިޓީގައި މީހަކު ފާޚާނާއަށް ވަދެ، ނުނިކުމެ ގިނައިރުވެގެން ބެލިއިރު، އެމީހާ އޮތީ ފާޚާނާ ތެރެއަށް ވެއްޓިފައި ކަމަށެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު މިއަދު 10:30 ހާއިރު، ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން އިތުރަށް ވިދާޅުވީ ނިޔާވެ...