Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
153 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

މާލޭ ސިޓީ ކައުންސިލްގެ ކުޑަކުދިންގެ ހަވީރެއް މިއަދު
Raajje

މާލޭ ސިޓީ ކައުންސިލްގެ ކުޑަކުދިންގެ ހަވީރެއް މިއަދު

މާލޭ ސިޓީ ކައުންސިލުން ކުޑަކުދިންގެ ހަވީރެއް މިއަދު ބާއްވަން ނިންމައިފިއެވެ. މިއަހަރުގެ އަޟުހާ އީދު ފާހަގަކުރުމަށް ބާއްވާ މި ހަވީރު އޮންނާނީ ހަވީރު 4 ން އިރުއޮއްސި 6 އަށް ސަލްޓަންޕާކުގައެވެ. އެ ކައުންސިލުން ވިދާޅުވީ ކުޑަކުދިންގެ ހަވީރުގައި ކުރެހުމާއި ކުލަޖެއްސުމާއި، މިނޫން ވެސް ފަންނުވެރި ކަމާއިގުޅޭ ޙަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ. މާލެސިޓީ ކައުންސިލާއި ފެސްޓިވޯ އިންސްޓިޓިއުޓް ގުޅިގެން ކުރިއަށްގެންދާ މި ހަވީރުގެ މަގުސަދަކީ އާރޓް އެންޑް ކްރާފްޓްގެ ދާއިރާއަށް ކުޑަކުދިން އަހުލުވެރި ކުރުވުމާއިއެކ...

އާއިލީ މައްސަލަތަކާއި ގުޅުންހުރި 40 މައްސަލައެއް މޭ މަހު ޖެންޑާ މިނިސްޓްރީއަށް!
Raajje

އާއިލީ މައްސަލަތަކާއި ގުޅުންހުރި 40 މައްސަލައެއް މޭ މަހު ޖެންޑާ މިނިސްޓްރީއަށް!

އާއިލީ މައްސަލަތަކާއި ގުޅުންހުރި 40 މައްސަލައެއް މޭ މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައިފިއެވެ. ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކުގެ 14 މައްސަލައާއި ހަޟާނާތުގެ 11 މައްސަލައާއި ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 9 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ 6 މައްސަލަ ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއ...

''އިސްލާމް ދީނުގައި އީދު ފާހަގަކުރުމަކީ ޝަހުވަތްތަކުގެ ފަހަތުން ދިއުމެއް ނޫން''
Report

''އިސްލާމް ދީނުގައި އީދު ފާހަގަކުރުމަކީ ޝަހުވަތްތަކުގެ ފަހަތުން ދިއުމެއް ނޫން''

އިސްލާމް ދީނުގައި އީދު ފާހަގަކުރުމަކީ ޝަހުވަތްތަކުގެ ފަހަތުން ދިއުމެއް ނޫން ކަމަށާއި އެއީ ﷲގެ ހައްދުތަކާއި ހުރުމަތްތައް ގިރާކުރުމަށް ހުޅުވައިލެވޭ ދޮރެއް ނޫން ކަމަށް މިއަދުގެ އީދު ޚުތުބާގައި ހަނދާންކޮށްދީފިއެވެ. އިސްލާމް ދީނުގައި އީދުތަކަކީ ﷲގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމާއި ވިދިގެން އަންނަ ދުވަސްތަކެއް ކަމަށާއި އަޟުހާ އީދު ގުޅިފައިވަނީ ހައްޖުގެ އަޅުކަމާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެއީ ޒަމާންތަކަކާއެކު ތާއަބަދަށް ދެމިގެންދަނިވި މަތުވެރި ޒިކުރާތަކަކާ ގުޅިފައިވާ އީދެއް ކަމަށެވެ. ޚުތުބާގައި ބ...

އެންމެން ގުޅިގެން ދިރިއުޅުމުގެ ހިތްހަމަޖެހުން ހޯދުމަށް ރައީސް އެދިވަޑައިގެންފި
Raajje

އެންމެން ގުޅިގެން ދިރިއުޅުމުގެ ހިތްހަމަޖެހުން ހޯދުމަށް ރައީސް އެދިވަޑައިގެންފި

ރުޅިވެރިކަމާއި އަނިޔާވެރިކަމުން ދުރުހެލިވެ، އެންމެން ގުޅިގެން ދިރިއުޅުމުގެ ހިތްހަމަޖެހުން ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ. ބަރަކާތްތެރި އަޟްހާ އީދުގެ މުނާސަބާގައި ފޮނުއްވި ތަހުނިޔާގެ ޚިތާބުގައި އެމަނިކުފާނު ވަނީ އީދުގައި އުފާ ފާޅުކުރާއިރު، މައިންބަފައިންނާ ބައްދަލުކޮށް، އިޙްތިރާމާއި އޯގާތެރިކަމާއެކު ޢީދުގެ ތަހުނިޔާ ކިޔައި ގުޅުން ބަދަހިކުރުމަށް އެދިވަޑައިގެންފައެވެ. އަދި އަނބިދަރިންނަށް ހަދިޔާ ދީ ލޯތްބާއި ކުލުނާއެކު އީދުގެ އުފާ ފާޅުކުރުމަށް ވެސް އެދިވަޑައިގެންފަަ...

"އެކި ވަސީލަތްތައް މެދުވެރިކޮށް އިސްލާމީ ސަފުތައް ރޫޅާލަން ކުރާ މަސައްކަތާ މެދު ސަމާލުވާން ޖެހޭ"
Raajje

"އެކި ވަސީލަތްތައް މެދުވެރިކޮށް އިސްލާމީ ސަފުތައް ރޫޅާލަން ކުރާ މަސައްކަތާ މެދު ސަމާލުވާން ޖެހޭ"

އެކި ވަސީލަތްތައް މެދުވެރިކޮށް އިސްލާމީ ސަފުތައް ރޫޅާލަން ކުރާ މަސައްކަތާ މެދު ސަމާލުވުމަށް ހައްޖު ޚުތުބާގައި ގޮވައިލައިފިއެވެ. އަރަފާތު ބިމުން މިއަދުފެނިގެންދާ އެއްބައިވަންތަކަމާއި އެކުލުންތެރިކަމަކީ މުސްލިމު އުއްމަތުގެ އެއްބައިވަންތަކަން ރަމްޒު ކޮށްދޭ އަލިގަދަ ހެއްކެއްކަން ހުތުބާގައި ފާހަގަކުރައްވާފައިވާއިރު، ހައްޖުވެރިން، ހައްޖުގެ ރުކުންތައް އަދާކުރަމުންދާ އިރު، އެއްބައިވަންތަކަމާ އެކުގައި ހުރިހާ ކަމެއް ކުރުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައެވެ. މީގެ އިތުރުން އުންމަތުގެ އެއްބައިވަންތަކަމަށް މަސ...

މާލެ ސިޓީ ކައުންސިލްގެ ސްމާޓް ސްޓްރީޓް ލައިޓުތަކުން ތަކުބީރު އިއްވަން ފަށައިފި
Raajje

މާލެ ސިޓީ ކައުންސިލްގެ ސްމާޓް ސްޓްރީޓް ލައިޓުތަކުން ތަކުބީރު އިއްވަން ފަށައިފި

މާލެ ސިޓީ ކައުންސިލްގެ ސްމާޓް ސްޓްރީޓް ލައިޓުތަކުން ތަކުބީރު އިއްވަން ފަށައިފިއެވެ. އެ ކައުންސިލުން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިއަދު މެންދުރުފަހުން ފެށިގެން މާލެ ސިޓީ ކައުންސިލްގެ ސްމާޓް ސްޓްރީޓް ލައިޓުތަކުން ތަކުބީރު އިއްވަން ފަށާފައިވާ ކަމަށެވެ. ސްމާޓް ސްޓްރީޓް ލައިޓުތަކުން ތަކުބީރު އިއްވުމަށް ނިންމާފައިވަނީ މިއަދު ހަވީރު 4:15 ން އިރުއޮއްސި 6 އަށް އަދި ރޭގަނޑު 8:15 ން 10 ޖަހަންދެނެވެ. މާދަމާ ހެނދުނު 6 ން 7:25 އަށް އަދި 8:15 ން […]

ޖެންޑާ މިނިސްޓްރީއަށް މޭ މަހު 306 މައްސަލަ ރިޕޯޓުކޮށްފައިވޭ
Raajje

ޖެންޑާ މިނިސްޓްރީއަށް މޭ މަހު 306 މައްސަލަ ރިޕޯޓުކޮށްފައިވޭ

މިއަހަރުގެ މޭ މަހު 306 މައްސަލަ ޖެންޑާ މިނިސްޓްރީއަށް ރިޕޯޓު ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފިއެވެ. ކޮންމެ މަހަކު ވެސް ނެރޭ ތަފާސް ހިސާބުން ދައްކާގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 132 މައްސަލަ މޭ މަހު ވަނީ ރިޕޯޓުކޮށްފައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަ ކަމަށާއި އެގޮތުން މިބާވަތުގެ 31 މައްސަލަ މޭ މަހު ހުށަހެޅިފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައެވެ. މީގެ […]

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ދަތުރު ރޭވުމަށް ކޯސްޓު ގާޑުން އިލްތިމާސްކޮށްފި
Raajje

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ދަތުރު ރޭވުމަށް ކޯސްޓު ގާޑުން އިލްތިމާސްކޮށްފި

މޫސުމަށް ސަމާލުވެ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާއިގެން ދަތުރުކުރުމަށް، އެމް.އެން.ޑީ.އެފްގެ ކޯސްޓު ގާޑުން އިލްތިމާސް ކުރައްވައިފިއެވެ. އެ އިދާރާ އިން މިގޮތަށް އިލްތިމާސް ކޮށްފައި މިވަނީ މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވެފައި، ޗުއްޓީ ދުވަސްވަރުކަމަށްވާތީ ގިނަ ބަޔަކު އެކި ރަށްރަށަށް ކަނޑުމަގުން ދަތުރުކުރަމުން ދާތީއެވެ. ދައުލަތުގެ މީޑިއާގެ “ރާއްޖެމިއަދު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމް.އެން.ޑީ.އެފް ކޯސްޓު ގާޑްގެ ފަސްޓް ސާޖަންޓް އިބްރާހިމް ނިޝްރީން ވިދާޅުވީ މި ދުވަސްވަ...

މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާ ސަަރަހައްދުތައް ބަންދުކުރަނީ
Raajje

މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާ ސަަރަހައްދުތައް ބަންދުކުރަނީ

މިއަހަރުގެ އަޟުހާ އީދު ނަމާދު މާލޭގައި ބޮޑު ޖަމާއަތުގައި ކުރާ ސަރަހައްދުތައް ބަންދު ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ނިންމަވައިފިއެވެ. އެ އިދާރާއިން ވިދާޅުވީ މާދަމާ ހެނދުނު 6 ން 8:30 އަށް ބޮޑު ޖަމާއަތުގައި ނަމާދުކުރާ ސަރަހައްދުތަކުން ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ސަރަހައްދުތައް އަންގައިދޭ ޗާޓެއް ނެރުއްވާފައިވާއިރު، އެ ޗާޓުގައި ފިިރިހެނުންނަށް ހާއްސަ ސަރަހައްދާއި އަންހެނުންނަށް ހާއްސަ ސަރަހައްދާއި ވެހިކަލް ޕާކު ކުރެވޭނެ ސަރަހައްދާއި ޕާކު ނުކުރެވޭނެ ސަރަހައްދު ވެސް ފާހަގަކު...

ގޯތި ލިބޭ މީހުން ޢިއުލާން ކުރީ އިންތިޚާބަށް ނުފޫޒު ފޯރުވަން: އިދިކޮޅު
Raajje

ގޯތި ލިބޭ މީހުން ޢިއުލާން ކުރީ އިންތިޚާބަށް ނުފޫޒު ފޯރުވަން: އިދިކޮޅު

ގޯތި ބެހުމުގައި އެއްވެސް އިންސާފުވެރިކަމެއް ނެތްކަމަށާއި، މިސަރުކާރުގެ 20000 ފްލެޓްގެ ވަޢުދު ފުއްދުމަށް ކުރެވުނު މަސައްކަތެއް ވެސް ނެތް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ. އެ ކޯލިޝަނުން މިހެން ބުނީ “ބިންވެރިޔާ ސްކީމް”ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުން ހިމެނޭ މީހުންގެ ވަގުތީ ލިސްޓު އާންމުކުރުމުން ނެރުނު ނޫސް ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނީ ރިޔާސީ އިންތިޚާބަށް 75 ދުވަހަށް ވުރެ ގާތްވެފައިވަނިކޮށް، މާލޭ ސަރަޙައްދުގައިވާ ދިވެހި ރައްޔިތުންގެ ބިންތައް...

ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މިފަހަރު 10314 މީހަކަށް ގޯތި ލިބޭނެ: ސަރުކާރު
Raajje

ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މިފަހަރު 10314 މީހަކަށް ގޯތި ލިބޭނެ: ސަރުކާރު

ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މިފަހަރު 10314 މީހަކަށް ގޯތި ލިބޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދާ “ބިންވެރިޔާ” ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކުރުމުގެ މައުލޫމާތު ހިއްސާކުރުމަށް މިހާރުކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ދޫކުރާ ފަރާތްތަކުގެ ވަގުތީ ލިސްޓު...

ކުޅުދުއްފުށީގައި ގޯތިތެރޭގައި ގަސް އިންދާ ހައްދަން ދަސްކޮށްދޭ ޕްރޮގްރާމެއް
Thiladhunmathi News

ކުޅުދުއްފުށީގައި ގޯތިތެރޭގައި ގަސް އިންދާ ހައްދަން ދަސްކޮށްދޭ ޕްރޮގްރާމެއް

ގޯތިތެރޭގައި ގަސްއިންދާ ހައްދަން ދަސްކޮށްދޭ ޓްރެއިނިން ޕްރޮގްރާމެއް ކުޅުދުއްފުށި ސިޓީގައި ހިންގައިފިއެވެ. މިއީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި ސްމޯލް އައިލެންޑް ޖޯގްރަފިކް ސޮސައިޓީ ގުޅިގެން ހިންގާ “ސަސްޓެއިނަބަލް ލައިވްލިހުޑް އެންޑް އިކޮނޮމީ ރިކަވަރީ ޕްލޭނިންގ ޕްރޮޖެކްޓް” ގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޓްރެއިނިންގެ ތެރެއިން، ގަސްގަހާއި ގެހި ހެއްދުމަށް ބޭނުންވާ ތިއަރީ ސެޝަންތަކާއި ގަސްގަހަށް ޖެހޭ ބަލިތައް ދެނެގަންނެ ކޮންޓްރޯލް ކުރާނެގޮތާއި، ގަސް އިންދުމާއިގުޅޭ ޕްރެކްޓިކަލް ސެޝަން ތ...

"ބިންވެރިޔާ" މަޝްރޫއުގެ ދަށުން ދޫކުރާ ގޯތީގެ މައުލޫމާތު ހިއްސާ ކުރުން މިއަދު ހަވީރު
Raajje

"ބިންވެރިޔާ" މަޝްރޫއުގެ ދަށުން ދޫކުރާ ގޯތީގެ މައުލޫމާތު ހިއްސާ ކުރުން މިއަދު ހަވީރު

“ބިންވެރިޔާ” ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓު މިއަދު އާންމުކުރައްވާނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ވިދާޅުވީ “ބިންވެރިޔާ” މަޝްރޫޢުގެ ދަށުން ދޫކުރާ ގޯތީގެ މައުލޫމާތު ހިއްސާކުރުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މިއަދު އޮންނާނެ ކަމަށެވެ. މިއަދު ހަވީރު 4 ޖަހާއިރު، ބާއްވާ މި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތޫ ހިއްސާ ކުރައްވާނީ ގެދޮރުވެރިކަމާއި ބެހޭ ވަޒީރު މުހައްމަދު އަސްލަމް އާއި ގެދޮރުވެރިންގެ ކޮމިޓީގެ މެންބަރުން ކަމަށް ވެސް ވިދާޅުވެއެވެ. އެހެންނަމަވެސް އިތުރ...

އިހަވަންދޫގެ ހަތަރު މިސްކިތެއްގައި ނެވިލޯން އަޅައިފި
Thiladhunmathi News

އިހަވަންދޫގެ ހަތަރު މިސްކިތެއްގައި ނެވިލޯން އަޅައިފި

ހއ. އިހަވަންދޫގެ 4 މިސްކިތެއްގައި ނެވިލޯން އަޅައިފިއެވެ. މި މަސައްކަތް ނިންމާލާފައިވަނީ މި ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. އެރަށުގެ ކުންފުންޏެއް ކަމަށްވާ އެރިސްޑެކަރ އާއެކު މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަަހރުގެ އޭޕްރިލް 6 ވަނަ ދުވަހުއެވެ. މި ކަމުގެ އެއްބަސްވުމުގައި ކައުންސިލުގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ކައުންސިލުގެ ރައީސް އަހްމަދު ސޮބާހުއެވެ. އެރިސް ޑެކަރގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ވެރިޔާ އިބްރާހިމް ރަޝީދުއެވެ. މިކަމާއިގުޅިގެން އިހަވަންދޫ ކައުންސިލުގެ ރައީސ...

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީ އިން ދީފި
Raajje

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީ އިން ދީފި

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ. އެ ޕާޓީއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، އެމް.ޑީ.ޕީން ވަކިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިސްކޮށް ތިއްބަވައިގެން އުފައްދަވަން މަސައްކަތްކުރައްވާ ޕާޓީއެކެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ “ދަ ޑިމޮކްރެޓްސް”ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، ޖުލައި 2 ވާ އާދީއްތަ ދު...