އެކި ވަސީލަތްތައް މެދުވެރިކޮށް އިސްލާމީ ސަފުތައް ރޫޅާލަން ކުރާ މަސައްކަތާ މެދު ސަމާލުވުމަށް ހައްޖު ޚުތުބާގައި ގޮވައިލައިފިއެވެ.
އަރަފާތު ބިމުން މިއަދުފެނިގެންދާ އެއްބައިވަންތަކަމާއި އެކުލުންތެރިކަމަކީ މުސްލިމު އުއްމަތުގެ އެއްބައިވަންތަކަން ރަމްޒު ކޮށްދޭ އަލިގަދަ ހެއްކެއްކަން ހުތުބާގައި ފާހަގަކުރައްވާފައިވާއިރު، ހައްޖުވެރިން، ހައްޖުގެ ރުކުންތައް އަދާކުރަމުންދާ އިރު، އެއްބައިވަންތަކަމާ އެކުގައި ހުރިހާ ކަމެއް ކުރުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައެވެ.
މީގެ އިތުރުން އުންމަތުގެ އެއްބައިވަންތަކަމަށް މަސައްކަތް ކުރުމަށާއި ބައިބައިވުން ނެތިކޮށްލުމަށް މަސައްކަތްކޮށް ދިނުމަށް ވެސް ވަނީ ގޮވައިލާފައެވެ.
"އެއްބައިވަންތަކަމުގެ މައްޗަށް" އަލިއަޅުވާލައި ކުރިއަށް ގެންދިޔަ ހުތުބާގައި މުސްލިމުންނަކީ އެއްބައިވަންތަ ކަންމަތީ ތިބެންޖެހޭ ބައެއްކަން މާތް ރަސޫލާގެ ހަޔާތްޕުޅުންނާއި، ސަހާބީ ބޭކަލުންގެ ދިރިއުޅުއްވުމުން ވެސް އެގެން އޮތް ކަމަށާއި މުސްލިމުންނަކީ އަބަދު ވެސް މާތް ރަސްކަލާންގެއަށް ތަޤުވާވެރިވެ، އެކަލާނގެ އަމުރުފުޅުތަކަށް ބޯލަނބާ ހެޔޮ ޢަމަލުކުރުން މަތީ ދެމި ތިިބޭ ބަޔަކަށް ވާންޖެހޭކަމަށް ވެސް ބުނެފައިވެއެވެ.
ހަމަމިއާއެކު ކޮންމެ މީހަކު ވެސް މާތް ރަސްކަލާންގެ ހަޟުރަތަށް ދާންޖެހޭކަން ގަބޫލުކޮށް، ނަމާދު ގާއިމު ކުރުމާއި ރޯދަ ހިފުމާއި ޒަކާތް ދިނުމާއި ކުޅަދާނަކަން ލިބިފައިވާ މީހާ ހައްޖުގެ އަޅުކަން އަދާ ކުރުމާއި އިސްލާމީ އެންމެހާ ރުކުންތަކަށް ތަބާވާން އިސްކަން ދިނުމަކީ އެމީހެއްގެ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި ކުރަން މުހިންމު ކަންތައްތަކެއް ކަމުގައި ވަނީ ހަނދާން ކޮށްދީފައެވެ.
ކޯވިޑް-19ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށްފަހު، ފުރަތަމަ ފަހަރަށް އެންމެ ގިނަ ބަޔަކަށް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެވޭނެ ފުރުސަތު މިފަހަރު ސައޫދީން ވަނީ ދީފައެވެ. 2019 ވަނަ އަހަރަށް ފަހު އެންމެ ގިނަ މީހުން ހައްޖަށް ގޮސްފައިވަނީ މިއަހަރެވެ.
އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގައި 2.5 މިލިއަން މުސްލިމުން ދުނިޔޭގެ އެކި ކަންކޮޅުތަކުންވަނީ މައްކާއަށް ދަތުރުކޮށްފައެވެ.
ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ލިބުނު 1000 މީހުންގެ ކޯޓާގެ ދަށުން ޙައްޖު ކޯޕަރޭޝަނާއި، އަމިއްލަ 3 ގްރޫޕެއްގެ ހަވާލުގައި ރާއްޖެއިން ވަނީ ހައްޖަށް ގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!