ހއ. އިހަވަންދޫގެ 4 މިސްކިތެއްގައި ނެވިލޯން އަޅައިފިއެވެ.

މި މަސައްކަތް ނިންމާލާފައިވަނީ މި ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ.

Ad
rt

އެރަށުގެ ކުންފުންޏެއް ކަމަށްވާ އެރިސްޑެކަރ އާއެކު މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަަހރުގެ އޭޕްރިލް 6 ވަނަ ދުވަހުއެވެ.

މި ކަމުގެ އެއްބަސްވުމުގައި ކައުންސިލުގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ކައުންސިލުގެ ރައީސް އަހްމަދު ސޮބާހުއެވެ. އެރިސް ޑެކަރގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ވެރިޔާ އިބްރާހިމް ރަޝީދުއެވެ.

މިކަމާއިގުޅިގެން އިހަވަންދޫ ކައުންސިލުގެ ރައީސް ސޮބާހު 'ތިލަދުން' އަށް ވިދާޅުވީ މިއީ ކައުންސިލުން ހަރަދުކޮށްގެން ކުރާ މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތުގައި އަމިއްލަ ބައެއް ފަރާތްތަކުގެ އެހީތެރިކަން ވެސް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ އެރަށުގައި ހުކުރުކުރާ 4 މިސްކިތުގައި އެޅުމަށް ބޭނުންވާ ނެވިލޯން ސަޕްލައިކޮށްދީ އިންސްޓޯލް ކުރުމުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ 75 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ކަމަށެވެ.

ސޮބާހު އިތުރަށް ވިދާޅުވީ މިއީ 559440 (ފަސްލައްކަ ފަންސާސް ނުވަހާސް ހަތަރުސަތޭކަ ސާޅީސް) ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެރަށުގައި ހުކުރުކުރާ 4 މިސްކިތުގައި ސޯލާ ޕެނަލް ވެސް ހަރުކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން މިސްކިތްތަކުގެ ކަރަންޓު ބިލަށް ކުރަންޖެހޭ ހޭދަ ވަރަށްބޮޑަށް ކުޑަވެފައިވާ ކަމަށެވެ.