Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
148 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

ވީއައިއޭ ތެރޭގައި އަޑުގަދަކުރި ޗައިނާ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
Raajje

ވީއައިއޭ ތެރޭގައި އަޑުގަދަކުރި ޗައިނާ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ތެރޭގައި އަޑުގަދަ ކުރަމުންދިޔަ ޗައިނާ އަންހެން މީހާ އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ވީއައިއޭ ތެރޭގައި އެހެން މީހުންނަށް އުނދަގޫކޮށް، ބޭއަދަބީ ޢަމަލުތައް ހިންގަމުން ދަނިކޮށް ހައްޔަރުކުރި ޗައިނާ އަންހެން މީހާ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. މި ހިނގާ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު އެ މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނައީ ވީއައިއޭ ތެރޭގައި އެހެން މީހުންނަށް އުދަނގޫވާ ގޮތަށް އަޑުގަދަކޮށް ތަންތަނަށް ކުޅުޖެހުން...

ސްޓޭޓް މިނިސްޓަރު ތޯރިގު އުތީމަށް 100 ރުއް ހަދިޔާ ކޮށްފި
Thiladhunmathi News

ސްޓޭޓް މިނިސްޓަރު ތޯރިގު އުތީމަށް 100 ރުއް ހަދިޔާ ކޮށްފި

އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު، ހއ. އުތީމު ރައްޔިތުންނަށް 100 ރުއް ހަދިޔާ ކުރައްވައިފއެވެ. މިކަމާއި ގުޅިގެން އެރަށު ކައުންސިލުން ވިދާޅުވީ މިއި މެލޭޝިއާގެ ރުއް ކަމަށާއި މި ރުއްތައް އެރަށުގެ ލޭންޑްޔޫޒް ޕްލޭނާ އެއްގޮތަށް އިންދަން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން މިއީ އާންމުންނަށް ބެހުމަށް ނިންމާފައިވާ ރުއް ނޫން ކަމަށާއި އަމާޒަކީ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތަށް ރުއްތައް އިންދައި، ކައުންސިލަށާއި ރައްޔިތުންނަށްް މުސްތަގުބަލުގައި ފައިދާއެއް ވުން ކަމަށ...

3.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި
Raajje

3.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

3.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަނިކޮށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގަނެފިއެވެ. އެ އިދާރާ އިން ވިދާޅުވީ މިއީ ކުރިއާ އަދި އެއާކާގޯ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ 3 ޝިޕްމެންޓު ކަމަށެވެ. މީގެ ތެރެއިން ފުރަތަމަ ޝިޕްމެންޓް އަތުލައިގަނެފައިވަނީ މިދިޔަ ސެޕްޓެމްބަރ 27 ވަނަ ދުވަހު ކުރިއާ ސާވިސް މެދުވެރިކޮށް ޖަރުމަންވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ކުނޑިތަކެއް ފެނުމު...

އުއްމީދަކީ އެތްލެޓިކްސް ގައުމީ މުބާރާތް ކުޅުދުއްފުށީގައި ހޯސްޓުކުރަން ލިބުން: މޭޔަރު
Thiladhunmathi News

އުއްމީދަކީ އެތްލެޓިކްސް ގައުމީ މުބާރާތް ކުޅުދުއްފުށީގައި ހޯސްޓުކުރަން ލިބުން: މޭޔަރު

އުއްމީދަކީ އެތްލެޓިކްސް ގައުމީ މުބާރާތް ކުޅުދުއްފުށީގައި ހޯސްޓުކުރަން ލިބުން ކަމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. އެ ސިޓީގައި ބޭއްވި އެސްޓީއޯ މަކިޓާ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ 1124 އެތްލީޓުންނާއެކު ރާއްޖޭގެ އަތޮޅުތެރޭގައި ބޭއްވުނު އެންމެބޮޑު މުބާރާތް ކުޅުދުއްފުށީގައި ބޭއްވުނުކަމީ އެ ސިޓީގެ ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު އުފަލެއް ކަމަށެވެ. މޭޔަރު ވިދާޅުވީ އުއްމީދަކީ އެތްލެޓިކްސް ގައުމީ މުބާރ...

އެންމެމޮޅު އަންހެން އެތުލީޓަކަށް އަހުނާ، އަންހެން ޗެމްޕިއަން ޓީމަކަށް ޖަލާލުއްދީން
Thiladhunmathi News

އެންމެމޮޅު އަންހެން އެތުލީޓަކަށް އަހުނާ، އަންހެން ޗެމްޕިއަން ޓީމަކަށް ޖަލާލުއްދީން

ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްދިޔަ އެސްޓީއޯ މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2023ގެ އެންމެމޮޅު އަންހެން އެތްލީޓަކަށް އިބްރާހިމް ނާހިލް ނިޒާރާއި އަހުނާ ނިޒާރު ހޮވިއްޖެއެވެ. މި ހިނގާ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވި މި މުބާރާތުގެ އެންމެމޮޅު އަންހެން އެތްލީޓަކަށް ހޮވުނު ޖަލާލުއްދީން ސްކޫލުގެ އަހުނާއަކީ ގައުމީ ޓީމުގައި ވެސް ހިމެނޭ އެތްލީޓެކެވެ. އަދި އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނު ނާހިލް އަކީ ޓްރެކް […]

ސްކޫލްތަކުގެ ސަޕޯޓު ސްޓާފުންގެ މުސާރައިގެ އޮނިގަނޑާމެދު ކަންބޮޑުވުންތަކެއް!
Report

ސްކޫލްތަކުގެ ސަޕޯޓު ސްޓާފުންގެ މުސާރައިގެ އޮނިގަނޑާމެދު ކަންބޮޑުވުންތަކެއް!

ސްކޫލްތަކުގެ ސަޕޯޓު ސްޓާފުންގެ މުސާރައިގެ އޮނިގަނޑާއިމެދު ކަންބޮޑުވުންތަކެއް ހުރުމުން އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ބައެއް ސްކޫލުތަކުގެ ސަޕޯޓު ސްޓާފުން ފަށައިފިއެވެ. ‘ތިލަދުން’ އަށް ވާހަކަ ދެއްވި މީހަކު ބުނީ ސްކޫލުތަކުގެ މަސައްކަތު މީހުން ނުވަތަ ސަޕޯޓު ސްޓާފުންނަކީ ކޮންމެދުވަހަކު ވެސް ވަރަށްބުރަކޮށް މަސައްކަތްކުރާ ބައެއް ކަމަށާއި އެކަމަކު މުސާރައިގެ ގޮތުގައި ލިބެނީ ނިސްބަތުން ކުޑަ އަދަދެއް ކަމަށެވެ. އެގޮތުން އޭނާ ބުނީ ކޮންމެ ދުވަހެއްގެ ވެސް ފަތިހު 4 ނުވަތަ 5 ޖަހާއިރު، ސްކޫލަ...

ކުޅުދުއްފުށިން ގައުމީ ފެންވަރުގެ އެތުލީޓުން ވަނީ ފެނިފައި: އާތިފް
Thiladhunmathi News

ކުޅުދުއްފުށިން ގައުމީ ފެންވަރުގެ އެތުލީޓުން ވަނީ ފެނިފައި: އާތިފް

ކުޅުދުއްފުއްޓަކީ އެތްލެޓިކްސްގައި ގަދަ ރަށެއް ކަމަށާއި ގައުމީ ފެންވަރުގައި ގުނާލެވޭ އެތްލީޓުންތަކެއް ފެނިގެން ގޮސްފައިވާ ކަމަށް އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެސްޓީއޯ މަކިޓާ ޖޫނިއާ އެތްލެޓިކްސް ޗެމަޕިއަންޝިޕް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ 1979 ވަނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އެތްލީޓުން ބައިވެރިވެގެން މާލޭގައި ބޭއްވި އެތްލެޓިކްސް މުބާރާތުން ވެސް އެއްވަނ...

ކުޅުދުއްފުށީގައި ބޭއްވި ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ނިންމާލައިފި
Thiladhunmathi News

ކުޅުދުއްފުށީގައި ބޭއްވި ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ނިންމާލައިފި

ކުލަގަދަ ރަސްމިއްޔާތަކާއިއެކު އެސްޓީއޯ މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ނިންމާލައިފިއެވެ. ހދ. ކުޅުދުއްފުށި ސިޓީ ގައިި މި ޗެމްޕިއަންޝިޕް ބާއްވާފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އާއި ށ. އަތޮޅު ކައުންސިލް ރައީސް މުހައްމަދު ޝިޔާމް އާއި އެތްލެޓިކްސް އެސޯސިއޭޝަންގެ އޮނަރަރީ ޕްރެޒިޑެންޓް، މައިޒާން އަލި މަނިކާއި، ނައިބު ރައީސް އަހުމަދު އަޒީލްއާއި، […]

ފަލަސްތީނުުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން އަންގައިދިނުމަށް ހަމަހިމޭން ހިނގާލުމެއް
Raajje

ފަލަސްތީނުުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން އަންގައިދިނުމަށް ހަމަހިމޭން ހިނގާލުމެއް

ފަލަސްތީނުުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން އަންގައިދިނުމަށް ހަމަހިމޭން ހިނގާލުމެއް ބާއްވަައިފިއެވެ. ދިވެހި ޖަމިއްޔާއެއް ކަމަށްވާ “ރައިޓް މޫވްމަންޓް” އިން އިންތިޒާމުކޮށްގެން މާލޭގައި ރޭ ބޭއްވި މި ހިނގާލުމުގައި ގިނަ އަދަދެއްގެ މީހުންނާއި ކުޑަކުދިން ބައިވެރިވެފައިވާއިރު، މި ހިނގާލުމުގެ ބައިވެރިން ވަނީ އިސްރާއީލް ބޮއިކޮޓްކޮށް، ޕާސްޕޯޓް މަނާކުރުމަށް ގޮވައިލާފައެވެ. މީގެ އިތުރުން ތަފާތު އެކި ޝުއޫރުތައް ވަނީ ހާމަކޮށްފައެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބިކަމާއި އެމީހުން އެކަނިވެރ...

ރޮޒައިނާ އަށް އެއްވެސް ބަދަލެއް ދޭން ނިންމާފައިވޭތޯ ބެލުމަށް ސިޓީއެއް
Raajje

ރޮޒައިނާ އަށް އެއްވެސް ބަދަލެއް ދޭން ނިންމާފައިވޭތޯ ބެލުމަށް ސިޓީއެއް

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމަށް ބަދަލުގެ ގޮތުގައި ގެ ދެ ރަށާއި ފަޅަކާއި 30 މިލިއަން ރުފިޔާ ދޭން އުޅޭތޯ ބެއްލެވުމަށް އޭނާ ރައީސް އޮފީހަށް ސިޓީއެއް ފޮނުއްވައިފިއެވެ. ރައީސް އޮފީހަށް ރޮޒެއިނާ ފޮނުއްވި ސިޓީގައި ވަނީ އެ އޮފީހުގެ ބަދަލުދޭ ކޮމިޓީ އޭނާއަށް ގެއްލުމުގެ ބަދަލަކަށް 2 ރަށާއި ފަޅަކާއި 30 މިލިއަން ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ރާއްޖޭގެ އޮންލައިން ނޫހެއް ކަމުގައިވާ “ދެންމެ” ނޫހުގައި ލިޔެފައި އޮތުމުގެ […]

އިސްރާއީލުގެ ޔަހޫދީން ރާއްޖެ ދަތުރު ނުކުރަން އަންގައިފި
Raajje

އިސްރާއީލުގެ ޔަހޫދީން ރާއްޖެ ދަތުރު ނުކުރަން އަންގައިފި

އިސްރާއީލުގެ ރައްޔިތުން ރާއްޖެ ދަތުރު ނުކުރަން އެގައުމުގެ ފޮރިން މިނިސްޓްރީން އަންގައިފިއެވެ. އެ މިނިސްޓްރީން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނެފައި އޮތީ “އިސްރާއީލާ ދެކޮޅަށް ރާއްޖޭގައި އޮތް މާހައުލު ވަރުގަދަވަމުންދާ” ކަމަށެވެ. އެހެންކަމުން އެ ގައުމުގެ ރައްޔިތުން މިވަގުތު ރާއްޖެ ޒިޔާރަތް ކުރުން ރަނގަޅު ނޫން ކަމަށް ބުނެފައި ވެއެވެ. މި ހިނގާ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަން ފެށި ގަތުލްއާންމާއި ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް ދިވެހިން ދަނީ...

ކުޅުދުއްފުށީގައި ސިލިންޑަރެއް ގޮވައި އަނިޔާވެ، ހާލު ސީރިއަސްވި މީހާ މާލެ ގެނެސްފި
Raajje

ކުޅުދުއްފުށީގައި ސިލިންޑަރެއް ގޮވައި އަނިޔާވެ، ހާލު ސީރިއަސްވި މީހާ މާލެ ގެނެސްފި

ފަޔާ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ގޮވައި ކުޅުދުއްފުށީގައި ހާލު ސީރިއަސްވި މީހާ އިތުރުފަރުވާ އަށް މާލެ ގެނެސްފިއެވެ. އޭނާ މާލެ ގެނެސްފައިވަނީ އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާ ބޯޓުގައި މިއަދު ހަވީރުއެވެ. އަދި އޭނާއަށް ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫ ގައެވެ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި އެމީހާގެ ކަނާއަތް ވަނީ ވަރަށްބޮޑަށް ޒަހަމްވެފައެވެ. މިއީ އުމުރުން 37 އަހަރުގެ މީހެކެވެ. ފަޔާ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ގޮވައި ކުޅުދުއްފުށީ...

ލޯފަން މީހުންގެ ޖަމިއްޔާ އިން ފަލަސްތީނަަށް 31،000ރ.ގެ އެހީއެއް!
Raajje

ލޯފަން މީހުންގެ ޖަމިއްޔާ އިން ފަލަސްތީނަަށް 31،000ރ.ގެ އެހީއެއް!

ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބްލައިންޑް އެސޯސިއޭޝަން) އިން، ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ފައިސާ ހަދިޔާކޮށްފިއެވެ. އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ހާލގައި ޖެހިފައިވާ ފަލަސްތީނު މީހުންނަށް ބްލައިންޑް އެސޯސިއޭޝަނުން ހަދިޔާކޮަށްފައިވަނީ 31،000 ރުފިޔާއެވެ. އެ އެސޯސިއޭޝަނުން ބުނީ މިއީ އެ ޖަމިއްޔާގެ މާލިއްޔަތުންނާއި ފެނުމުގެ ނުކުޅެދުންތެރިކަން ހުރި ވަކިވަކި ފަރުދުންގެ ބައިވެރިވުމާ އެކު ފަަލަސްތީނުގެ ރައްޔިތުންނަށް ވެދިން އެހީއެއް ކަމަށެވެ. އަދި މ...

ފަތުރުވެރިކަމުގައި އަންހެނުންގެ ދައުރާއި ބައިވެރިވުން އިތުރުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭނަން: މުއިއްޒު
Raajje

ފަތުރުވެރިކަމުގައި އަންހެނުންގެ ދައުރާއި ބައިވެރިވުން އިތުރުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭނަން: މުއިއްޒު

ފަތުރުވެރިކަމުގައި އަންހެނުންގެ ދައުރާއި ބައިވެރިވުން އިތުރުކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޖެނެރަލް މެނޭޖާސް ފޯރަމް 2023 ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ފަތުރުވެރިކަމުގައި އަންހެނުންގެ ބައިވެރިވުން ފުޅާކުރުމަށް ގާނޫނީ އޮނިގަނޑުތަކުގެ ތެރެއިން ގެންނަޖެހޭ ބަދަލުތައް ގެނެސް، ހަމަހަމަ އުޖޫރު ލިބިދެވޭކަން ޔަގީންކޮށްދެއްވާނެ ކަމަށެވެ. އަދި ފަ...

އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތް މާދަމާ ނިންމާލަނީ
Raajje

އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތް މާދަމާ ނިންމާލަނީ

އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތް މާދަމާ ނިޔަލަށް ނިންމާލުމަށް އަމާޒު ކަނޑައަޅައިފިއެވެ. ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށްޓަކައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެކުލަވާލައްވާފައިވާ އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ އަށްވަނަ ދުވަހުއެވެ. އޭރު މަސައްކަތް ފަށާފައިވަނީ މިމަހުގެ 15 ދުވަހު އެ މަސައްކަތް ނިންމުމަށް އަމާޒެއް ކަނޑައަޅައިގެންނެވެ. ޑިރެކްޓާ އޮފް ޓްރާންޒިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކޮމިޓީތަކުގެ މަސައްކަތް ކަނޑައެ...