އިސްރާއީލުގެ ރައްޔިތުން ރާއްޖެ ދަތުރު ނުކުރަން އެގައުމުގެ ފޮރިން މިނިސްޓްރީން އަންގައިފިއެވެ.

އެ މިނިސްޓްރީން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނެފައި އޮތީ "އިސްރާއީލާ ދެކޮޅަށް ރާއްޖޭގައި އޮތް މާހައުލު ވަރުގަދަވަމުންދާ" ކަމަށެވެ.

Ad
rt

އެހެންކަމުން އެ ގައުމުގެ ރައްޔިތުން މިވަގުތު ރާއްޖެ ޒިޔާރަތް ކުރުން ރަނގަޅު ނޫން ކަމަށް ބުނެފައި ވެއެވެ.

މި ހިނގާ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަން ފެށި ގަތުލްއާންމާއި ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް ދިވެހިން ދަނީ އަޑު އުފުލަމުންނެވެ.

އެ ޖަރީމާތައް ކުށްވެރިކުރުމާއެކު ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރާއްޖޭގެ ހާރިޖިއްޔާ އަދި ގިނަ ފަރާތްތަކުން ދަނީ ގޮވައިލަމުންނެވެ.

އިސްރާއީލުގެ ރައްޔިތުން ރާއްޖެ ދަތުރު ނުކުރަން އިލްތިމާސް ކުރިއިރު، އެ ގައުމުގެ ޕާސްޕޯޓު މަނާ ކުރުމަށް ވަރަށް ގިނަ އާންމުން ދަނީ ގޮވާލަމުންނެވެ. އަދި އިޒްރޭލާ ދެކޮޅަށް ރާއްޖޭގައި މިރޭ ވެސް އެއްވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.