ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ތެރޭގައި އަޑުގަދަ ކުރަމުންދިޔަ ޗައިނާ އަންހެން މީހާ އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ވީއައިއޭ ތެރޭގައި އެހެން މީހުންނަށް އުނދަގޫކޮށް، ބޭއަދަބީ ޢަމަލުތައް ހިންގަމުން ދަނިކޮށް ހައްޔަރުކުރި ޗައިނާ އަންހެން މީހާ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

Ad
rt

މި ހިނގާ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު އެ މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނައީ ވީއައިއޭ ތެރޭގައި އެހެން މީހުންނަށް އުދަނގޫވާ ގޮތަށް އަޑުގަދަކޮށް ތަންތަނަށް ކުޅުޖެހުން ފަދަ ޢަމަލުތައް ހިންގާތީއެވެ.

އެމީހާ އަކީ ވިސާ މައްސަލަ ޖެހިގެން އެއާޕޯޓް ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެމުން ދިޔަ މީހެއް ކަމަށް ބައެއް ޚަބަރުތައް ބުނެއެވެ. އަދި ޗައިނާ އެމްބަސީން އޭނާ އަށް ޓިކެޓު ނަގައިދިނުމުން ވެސް އޭނާ ފުރާފައިނުވާ ކަމަށް ވެސް ބުނެއެވެ.