ފަޔާ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ގޮވައި ކުޅުދުއްފުށީގައި ހާލު ސީރިއަސްވި މީހާ އިތުރުފަރުވާ އަށް މާލެ ގެނެސްފިއެވެ.

އޭނާ މާލެ ގެނެސްފައިވަނީ އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާ ބޯޓުގައި މިއަދު ހަވީރުއެވެ. އަދި އޭނާއަށް ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫ ގައެވެ.

Ad
rt

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި އެމީހާގެ ކަނާއަތް ވަނީ ވަރަށްބޮޑަށް ޒަހަމްވެފައެވެ.

މިއީ އުމުރުން 37 އަހަރުގެ މީހެކެވެ.

ފަޔާ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ގޮވައި ކުޅުދުއްފުށީގައި 4 މީހަކަށް އަނިޔާވި ހާދިސާގެ މައުލޫމާތު ދިވެހި ފުލުހުންގެ ހިދުމަތަށް ލިބފައިވަނިީ މިއަދު 11:45 ހާއިރު ކަމަށާއި މި ހާދިސާ ހިނގާފައިވަނީ ކުޅުދުއްފުށި ސިޓީ އެއާޕޯޓު ފަޔާ ގެ ޓްރެއިނިން އަށް ބޭނުންކުރާ ސިލިންޑަރެއް ރިފީލް ކުރުމުގެ ތެރޭގައި ކަމަށް އެ އިދާރާ އިން ވިދާޅުވެއެވެ.

އެ ހާދިސާގައި އަނިޔާވެފައިވަނީ އެ ސިޓީގެ އެއާޕޯޓު ފަޔާ ގެ 4 މުވައްޒަފުން ކަމަށާއި އެމީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ. އަދިއަނިޔާވެފައި ވަނީ ތިން ފިރިހެނުންނަށާއި އަންހެނަކަށެވެ.