ސްޕާގެ ނަމުގައި ހިންގާ ނުރަނގަޅު ތަންތަން ބަންދުކޮށް ރެގިއުލޭޓުކުރުން ހިމަނައި ފާރިސްގެ މެނިފެސްޓޯ ލޯންޗުކޮށްފި
މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ މެނިފެސްޓޯ ލޯންޗުކޮށްފިއެވެ. ސަލްޓަން ޕާކުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި ފާރިސްގެ ރިޔާސީ ވައުދުތައް ނުވަތަ މެނިފެެސްޓޯ ލޯންޗުކޮށްފައިވަނީ ރާއްޖޭގައި ސްޕާގެ ނަމުގައި ހިންގާ ނުރަނގަޅު ތަންތަން ބަންދުކޮށް ރެގިއުލޭޓުކުރުމާއި ބަރަހަނާ ވެބްސައިޓްތައް ބްލޮކް ކުރުން ވަނީ ހިމ...