ވީއެލްޑީ ހަރުކުރުމުގެ މަސައްކަތް ނިންމުމަށް ހުރަހެއް ކުރިމަތިވާނަމަ، އެންގުމަށް އެދިއްޖެ
މަސްވެރި އުޅަނދުގައި ވެސަލް މޮނިޓަރިންގ ސިސްޓަމް (ވީއެލްޑީ) ހަރުކުރުމަށް ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމުގައި މިހައިތަނަށް 318 އުޅަނދެއްގައި އެ ސިސްޓަމް ހަރުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ އެ މިނިސްޓްރީން ލައިސަންސް ލިބިގެން ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ބޭނުންކުރުމަށް ވީއެލްޑީ ހިލޭ ފޯރުކޮށްދީ ހަރުކޮށްދިނުމުގެ މަސައްކަތަކީ 2020 ވަނަ އަހަރުން ފެށިގެން އޫރިދޫ މޯލްޑިވްސް މެދުވެރިކޮށް، އެ މިނިސް...