ޓެރަރިޒަމާ ގުޅުން ހުރި އޮޕަރޭޝަނެއް 3 ތަނެއްގައި ހިންގައި، 3 މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މިއީ 2017 ވަނަ އަހަރުގެ ފަހުކޮޅު ހަތަރު ދިވެއްސަކު ރާއްޖެއާއި އަވަށްޓެރި ގައުމެއްގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ރާވައި، ރާއްޖެއިން ބޭރުގެ ޓެރަރިސްޓް ޖަމާއަތަކަށް މާލޭ އެހީތެރިކަން ފޯރުކޮށްދީ ޓެރަރިޒަމް އަމަލެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމުގެ ހެކި އެކުވެރި ދެ ދައުލަތަކުން ކޮށްފައިވާ ތަހުގީގަކުން ކޮށްފައިވާ ތަހްގީގަކުން ހާމަވެފައިވާތީ އެ ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ފޯރުކޮށްދީފައިވާ މައުލޫމާތާއި ހެކީގެ އަލީގައި ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
އެ އިދާރާ އިިން ވިދާޅުވީ މި މައްސަލައިގާ މައުލޫމާތު ފޯރުކޮށްދީފައިވާ ގައުމުތަކުގެ ތަހްގީގަށް ބޭނުންވާ އެހީތެރިކަން ދިވެހި ފުލުހުންގެ ހިދުމަތުން ވެސް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
މިފަދަ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވާއިރު، ރާއްޖޭގައި އައިސިސް އާއި އަލްގައިދާ ޖަމާއަތަށް ތާއީދުކޮށް ޓެރަރިޒަމް އަށް ފައިނޭންސް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި ކުންފުނިތައް ކަނޑައަޅައި އެމެރިކާއިން ދަތި ކުރުމުގެ ފިޔަވަޅު އަޅަން ނިންމާ ދާދިފަހުން ވަނީ ލިސްޓެއް ވެސް އާންމު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!