ޑޮކްޓަރުން ސްޕެޝަލައިޒްޑް ވުމުގެ ސްކޮލާޝިޕް އެވޯޑުކޮށްފި
މެޑިކަލް ޑޮކްޓަރުން ސްޕެޝަލައިޒް ވުމަށް ސަރުކާރުން ހުޅުވާލި “މެޑިކަލް ޑޮކްޓަރސް ސްޕެޝަލައިޒޭޝަން ސްކޮލަރޝިޕް 2023” އަށް ހޮވުނު ފަރާތްތަކަށް ލިޔުން ހަވާލުކޮށްފިއެވެ. ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު ބައްވާފައިވަނީ މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގައެވެ. ގައުމުގެ ތަރައްގީއަށް ބޭނުންވާ މީހުން ބިނާކުރުމަށް ސްކޮލާޝިޕް ދިނުމުގެ ސިޔާސަތުގެ ދަށުން މެޑިކަލް ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް މިއަހަރު 7 ދާއިރާއިން ވަނީ ހުޅުވާލާފައެވެ. އެއީ އެނެސްތީސިއޮލޮޖީ، އިންޓަރނަލް މެޑިސިން، ސްޕައިން ސާރޖަރީ، ޕީޑިއޭޓްރ...