ގާސިމްގެ ވެރިކަމެއްގައި ފަތުރުވެރި ދާއިރާގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ކަށަވަރު: ޢަލީ ވަހީދު
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިިމްގެ ވެރިކަމުގައި ފަތުރުވެރި ދާއިރާގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ކަށަވަރުވާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ. އއ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރުކަން ވެސް ކުރައްވާ ގާސިމް އިބްރާހިމް އެ އަތޮޅު ހިމަންދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެރަށުގައި ބޭއްވި ބައްދަލުކުރެއްވުމުގައިި ރާއްޖޭގެ ފަ...