ގެއްލިގެން ހޯދަމުން ދިޔަ ހއ. ބާރަށު މީހާ ފެނިއްޖެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ހއ. ބާރަށް/ ސައިނިންސްޓާ، މުހައްމަދު ތައުފީގު ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
އެހެންނަމަވެސް އިތުރު ތަފްސީލެއް އަދިހާމައެއް ނުކުރައްވައެވެ.
އުމުރުން 35 އަހަރުގެ ތައުފީގު އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އެ އިދާރާ އަށް ރިޕޯޓުކޮށްފައިވަނީ މި އޮގަސްޓު މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 1:35 ހާއިރު އެވެ.
އޭނާ ގެއްލުމުގެކުރިން އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެ ފޭސް 2 ގައި އޭނާ ދިރިއުޅެމުންދާ އެޕާޓްމަންޓުން އޮގަސްޓް 22 ވަނަ ދުވަހުގެ 11:00 އެހައިކަންހާއިރު ކަމަށާއި އޭރު އޭނާ ލައިގެންހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ކުރިން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!