''ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޒަމާނީ ޑިމޮކްރެސީގެ އެންމެ އަސާސީ ރުކުން''
ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޒަމާނީ ޑިމޮކްރެސީގެ އެންމެ އަސާސީ ރުކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރާ ބައިނަލްއަގުވާމީ، ޑިމޮކްރެސީ ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް ދިވެހިރައްޔިތުންނަށް ފޮނުއްވައި ދެއްވި ހިތާބުގައެވެ. އެ ހިތާބުގައި ރައީސް ވަނީ ޑިމޮކްރެސީގެ މަގުގައި ރާއްޖެއަށް އައި ބަދަލުތަކާއި ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އުފާވެރިކަން ރައްޔިތުންނަށް ލިއްބައިދެނީ، ދައ...