މަސް ހިފަން ފޭބި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.

އެ އިދާރާ އިން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ހުޅުމާލެ ފޭސް 2 އުތުރު ފަރާތުން މަސް ހިފަން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް މިއަދު ހެނދުނު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

Ad
rt

އޭނާ ހޯދަމުން ދަނިކޮށް ފެނިފައި ވަނީ ހުޅުމާލެ ފޭސް 2 އުތުރު ފަރާތު ފަޅުތެރެއިން ކަމަށާއި އޭނާ ހުޅުމާލެ ހޮސްޕިޓަލަށް އޭނާ ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދެއްވާފައިވާ ކަމަށް އެ އިދާރާ އިން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މަތުވެފައި އޮއްވާ ފެނުނީ 55 އަހަރުގެ ސްރީލަންކާ ފިރިހެނެއް ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.