މާންދޫގައި މަސްވެރިންތަކެއް އިހުތިޖާޖުގައި
ލ. މާންދޫގައި މަސްވެރިންތަކެއް އިހުތިޖާޖު ކުރަން ފަށައިފި އެވެ. މިއަދު ހެނދުނު 08:30 ހާއިރު ފެށި މި އިހުތިޖާޖުގައި ބައިވެރިވަނީ ތ އަތޮޅާއި ލ. އަތޮޅަށް ނިސްބަތްވާ މަސްވެރިން ކަމަށް މައުލޫމާތު ލިބެއެވެ. އިހުތިޖާޖުގެ ބައިވެރިން “ތެޔޮ އަގުހެޔޮ” ކުރުމަށާއި “ލާރިކޮޅު” އަވަސްކޮށްދިނުމަށް އަންނަނީ ގޮވައިލަމުން ނެވެ. އަދި އެކަމާއިގުޅުން ހުރި ޝުއޫރުފާޅުކޮށް ލިޔުންތައް ވެސް ތިބީ ހިފައިގެން ނެވެ. އިހުތިޖާޖުގެ ބައިވެރިން ކިރާ މަހުގެ ލާރި އަވަސްކޮށް ދިނުމަށް އެދި ދަނީ ޝުއޫރު ފާޅުކުރަމުންނެވެ. […]