ލ. މާންދޫގައި މަސްވެރިންތަކެއް އިހުތިޖާޖު ކުރަން ފަށައިފި އެވެ.
މިއަދު ހެނދުނު 08:30 ހާއިރު ފެށި މި އިހުތިޖާޖުގައި ބައިވެރިވަނީ ތ އަތޮޅާއި ލ. އަތޮޅަށް ނިސްބަތްވާ މަސްވެރިން ކަމަށް މައުލޫމާތު ލިބެއެވެ.
އިހުތިޖާޖުގެ ބައިވެރިން "ތެޔޮ އަގުހެޔޮ" ކުރުމަށާއި "ލާރިކޮޅު" އަވަސްކޮށްދިނުމަށް އަންނަނީ ގޮވައިލަމުން ނެވެ. އަދި އެކަމާއިގުޅުން ހުރި ޝުއޫރުފާޅުކޮށް ލިޔުންތައް ވެސް ތިބީ ހިފައިގެން ނެވެ.
އިހުތިޖާޖުގެ ބައިވެރިން ކިރާ މަހުގެ ލާރި އަވަސްކޮށް ދިނުމަށް އެދި ދަނީ ޝުއޫރު ފާޅުކުރަމުންނެވެ. އަދި އެންމެގިނަވެގެން ހަފްތާއެއްގެ ތެރޭގައި ފައިސާ ލިބޭނޭގޮތް ހަދައިދިނުމަށް އަންނަނީ ގޮވައިލަމުން ނެވެ.

މީގެ އިތުރުން ސަރުކާރުން ވިއްކާ އަގުގައި މަސް ގަނެ ތެޔޮ ވިއްކުމަށާއި ސަރުކާރުގެ ވައުދާއި އެއްގޮތަށް އެރަށުން ވެސް މަސްވެރިންނަށް އައިސް ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށް ވެސް އަންނަނީ ގޮވައިލަމުން ނެވެ.
މި އިހުތިޖާޖު ނިންމާލާނެ ވަކި ގަޑިއެއް އިހުތިޖާޖުގެ ބައިވެރިން ހާމަކޮށްފައިނުވާއިރު، މިކަމުގައި ރަސްމީ އެއްވެސް އިދާރާއެއްގެ ބަހެއް މިހައިތަނަށް އަދިހާމައެއް ނުކުރައްވަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!