Skip to main content

މުޙައްމަދު

Viewer
🇲🇻 ތިލަދުން Desk
820 Stories
51 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު

އައިހެވަން މަޝްރޫއު މި ސަރުކާރުން އަލުން ފަށާނަން: ސައީދު
Raajje

އައިހެވަން މަޝްރޫއު މި ސަރުކާރުން އަލުން ފަށާނަން: ސައީދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އައިހެވަން މަޝްރޫއު އަލުން ފަށާނެ ކަމަށާއި އެ މަޝްރޫއަށް މި ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ އިހަވަންދިއްޕޮޅު މަޝްރޫއު ކުރިއަށް ގެންދިއުމުގައި މި ސަރުކާރުގެ ވަރަށް ބޮޑު ވިސްނުމެއް އެބައޮތް ކަމަށެވެ. ސައީދު އެގޮތަށް ވިދާޅުވި އިރު، އިހަވަންދިއްޕޮޅުގައި އައިހެވަންގެ ނަމުގައި ބޮޑު މަޝް...

އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީ ގާއިމުކުރުމަށް ހެދި އެއްބަސްވުން ރިވިއު ކުރަނީ
Thiladhunmathi News

އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީ ގާއިމުކުރުމަށް ހެދި އެއްބަސްވުން ރިވިއު ކުރަނީ

އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް ގާއިމު ކުރުމަށް ކުރީގެ ސަރުކާރުން ގަތަރުގެ ކުންފުންޏަކާ އެކުގައި ހެދި އެއްބަސްވުމުގެ ދަށުން އެ މަޝްރޫއު ހުއްޓާ ނުލި ނަމަވެސް އެއްބަސްވުން ރިވިއު ކުރަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ގަތަރުގެ އާބަކޮން ޓްރޭޑިންގް އެންޑް ކޮންޓްރެކްޓިންއާއެވެ. މިދިޔަ އޮގަސްޓް މަހުގެ 10 ވަ...

މަޖުބޫރު ހަތަރު މާއްދާއަށް ސަރުކާރުން ފައިސާ ދައްކައިދޭ ގޮތަށް ހަމަޖައްސައިފި
Raajje

މަޖުބޫރު ހަތަރު މާއްދާއަށް ސަރުކާރުން ފައިސާ ދައްކައިދޭ ގޮތަށް ހަމަޖައްސައިފި

އޯލެވެލްގައި ބައިވެރިވާ ދަރިވަރުން މަޖުބޫރު ހަތަރު މާއްދާ ހަދަން ޖެހޭ އިރު، އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާ ގޮތަށް ހަމަޖައްސައިފިއެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސޮއިކުރައްވައި ސްކޫލުތަކަށް މިއަދު ފޮނުއްވި ސާކިއުލާގައި ވަނީ އިސްލާމް، ދިވެހި، ހިސާބު އަދި އިނގިރޭސި މާއްދާ އިން ގްރޭޑް 10 ނިންމާ ހުރިހާ ދަރިވަރުން ބައިވެރިވާން ޖެހޭނެ ކަމަށެވެ. އަދި އެ މާއްދާތަކަށް ފައިސާ ދައްކާނީ ސަރުކާރުން ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ. މީގެ ކުރިން އޯލެވެލް އެގްޒާމުގައި ފާސްވާ […]

އިލްޔާސް، އުމަރު، ނާޒިމް، ފާރިސް އަދި ޒަމީލް 20،000ރ. އިން ޖޫރިމަނާކޮށްފި
Raajje

އިލްޔާސް، އުމަރު، ނާޒިމް، ފާރިސް އަދި ޒަމީލް 20،000ރ. އިން ޖޫރިމަނާކޮށްފި

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ގާނޫނުގައިވާ މިންގަނޑަށް ނުފެތޭ ގޮތަށް ފަސް ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހަޅާފައިވާތީ އެ ކެންޑިޑޭޓުން ޖޫރިމަނާ ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އީސީން 20،000ރ. އިން ޖޫރިމަނާ ކުރުމަށް ނިންމި ކެންޑިޑޭޓުންނަކީ ދަ ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓު އަދި މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެމްއ...

މަސްވެރިންނަށް ޑޮލަރު ލިބޭނެ ގޮތް ހެދުމަށް ގޮވާލައި މަޖިލިހަށް ގަރާރެއް
Parliament

މަސްވެރިންނަށް ޑޮލަރު ލިބޭނެ ގޮތް ހެދުމަށް ގޮވާލައި މަޖިލިހަށް ގަރާރެއް

މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހި މަސްވެރިންނާއި އޮޑިވެރިންނާއި މިފްކޯގެ މުވައްޒަފުންނަށް މިފްކޯ މެދުވެރިކޮށް ފަސޭހައިން ޑޮލަރުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ފޮނުވައިފި އެވެ. އެ ގަރާރު މަޖިލިހަށް ފޮނުއްވީ މަޖިލިހުގެ ވިލިނގިލީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ސައުދު ހުސެއިނެވެ. ސައުދުގެ ގަރާރުގައި ބުނެފައި ވަނީ މަސްވެރިންނަކީ ރެއާއި ދުވާލު 24 ގަޑިއިރު ކަނޑުމަތީގައި ރާއްޖޭގެ އިންތިސޯދު ކުރިއެރުވުމަށް މަސައްކަތް ކުރާ ބަޔަކަށްވާ އިރު، މަސްވެރިކަމ...

ރައީސް ޔާމީނަށް އިތުރު ލުޔެއް ނުދޭތީ ޕީއެންއެފް ކަންބޮޑުވެއްޖެ
Raajje

ރައީސް ޔާމީނަށް އިތުރު ލުޔެއް ނުދޭތީ ޕީއެންއެފް ކަންބޮޑުވެއްޖެ

ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މި ސަރުކާރުން އެއްވެސް ލުޔެއް ނުދޭތީ އެމަނިކުފާނުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) އިން ކަންބޮޑުވެއްޖެއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވެވި […]

ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމަށް ޕްރޮމޯޝަން ދީފި
Raajje

ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމަށް ޕްރޮމޯޝަން ދީފި

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް، ލެފްޓިނެންޓް ޖެނެރަލް ރޭންކަށް ޕްރޮމޯޓްކޮށްފިއެވެ. ބަންޑާރަ ކޮށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުހައްމަދު މުއިއްޒު، ޗީފް އޮފް ޑިފެންސް ފޯސް އަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް ހަވާލުކޮށް ދެއްވި އިރު، މަގާމުގެ ކުރިއެރުން ދެއްވި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫނެވެ. މިއަދު މަގާމުގެ ކުރިއެރުން ލިބިވަޑައިގަތް […]

ކުރީ ސަރުކާރަށް ކުރި ތުހުމަތުތަކުގެ އިންކުއަރީއެއް ހަދަން ގޮވާލައި މަޖިލިހަށް ގަރާރެއް
Parliament

ކުރީ ސަރުކާރަށް ކުރި ތުހުމަތުތަކުގެ އިންކުއަރީއެއް ހަދަން ގޮވާލައި މަޖިލިހަށް ގަރާރެއް

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ސިޔާސަތުތަކުގެ ގައުމީ ސަލާމަތަށް އަސަރުކޮށްފައިވާކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ހަގީގަތް ދެނެގަނެ ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ. މި ގަރާރު މަޖިލިހަށް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްމުޣުނީއެވެ. އެ ގަރާރުގައި ބުނެފައި ވަނީ ކުރީގެ ސަރުކާރުން ސިޔާސަތުތަކާއި ނިންމާފައިވާ ނިންމުންތަކާއި ބޭރު ގައުމުތަކާ އެކު ވެފައިވާ އެއްބަސްވުނ...

މަސްވެރިންގެ ގޮންޖެހުންތައް ދެނެގަތުމަށް "މަސްވެރިންގެ ގުންޒަރު" ފަށައިފި
Raajje

މަސްވެރިންގެ ގޮންޖެހުންތައް ދެނެގަތުމަށް "މަސްވެރިންގެ ގުންޒަރު" ފަށައިފި

މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދަން މަސައްކަތް ކުރުމަށް ފިޝަރީޒް މިނިސްޓްރީން “މަސްވެރިންގެ ގުންޒަރު”ގެ ނަމުގައި ހާއްސަ ފޯރަމެއް މިއަދު ފަށައިފިއެވެ. ހ. މީރުމާ ހޯލުގައި ކުރިއަށް ގެންދާ މި ފޯރަމް އިފްތިތާހުކޮށް ދެއްވީ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމެވެ. މި ފޯރަމް ޝަރަފްވެރިކޮށް ދެއްވައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގައި އެންމެ ބޮޑު ގޮންޖެހުމެއް އަބަދުވެސް ކުރިމަތިވެފައި އޮންނަ ދާއިރާ...

އިންޑިއާ ކަނޑުގެ ރައްކާތެރިކަމާ ގުޅޭ ބައްދަލުވުމުގައި ރާއްޖެ ބައިވެރިނުވޭ!
Raajje

އިންޑިއާ ކަނޑުގެ ރައްކާތެރިކަމާ ގުޅޭ ބައްދަލުވުމުގައި ރާއްޖެ ބައިވެރިނުވޭ!

އިންޑިއާ ކަނޑުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ކޮންމެ އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ މުހިންމު ބައްދަލުވުމެއް ކަމަށްވާ “ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް” ގެ ހަ ވަނަ ބައްދަލުވުމުގައި ރާއްޖެ އިން ބައިވެރިނުވާ ކަން އެނގިއްޖެއެވެ. ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ ރާއްޖޭގެ އިތުރުން އިންޑިއާ އާއި ސްރީލަންކާގެ މަންދޫބުން ހިމެނިވަޑައިގަންނަވާ ގޮތަށް ފެށި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ރާއްޖެ އާއި ލަންކާ އަދި އިންޑިއާގެ އިތުރުން މޮރިޝަސް ވެސް ހިމެނެއެވެ. ހަވަނަ ބައ...

ރާއްޖެއަށް އަސާސީ އެއްވެސް ބާވަތެއް އެތެރެ ކުރުމުގައި ހުރަހެއް ނެތް: ސައީދު
Raajje

ރާއްޖެއަށް އަސާސީ އެއްވެސް ބާވަތެއް އެތެރެ ކުރުމުގައި ހުރަހެއް ނެތް: ސައީދު

ރާއްޖެ އަަށް އަސާސީ އެއްވެސް ބާވަތެއް އެތެރެ ކުރުމުގައި ހުރަހެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ސައީދު އެގޮތަށް ވިދާޅުވި އިރު، ރާއްޖެއަށް އެންމެ ގިނައިން ފިޔާ ގެންނަ އިންޑިއާ އިން ވަގުތީ ގޮތުން ފިޔާ ގައުމުތަކަށް އެކްސްޕޯޓް ކުރުން މަނާ ކުރުމުންނެވެ. ސައީދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އަށް އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެ ކުރުމުގައި ހުރަހެއް ނެތް ކަމަށެވެ. ރާއްޖެއާ އެކު ވިޔަފާރި […]

މަސްވެރިންގެ ދުވަސް ފާހަގަކުރަން މާދަމާ ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް ބާއްވަނީ
Raajje

މަސްވެރިންގެ ދުވަސް ފާހަގަކުރަން މާދަމާ ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާދަމާ ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ. ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މަސްވެެރިންގެ ދުވަހާއި ގުޅުވައިގެން އެ ސިނާއަތާއި ގުޅުން ހުރި މައުލޫމާތު ކުޑަކުދިންނާއި ޒުވާނުންނަށް ހިއްސަކޮށް އެ ސިނާއަތާއި މެދު ސްކޫލް ކުދިންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމަށްޓަކައި “މިފްކޯ ކުޑަ ކުދިންގެ ހަވީރު” ގެ ނަމުގައި މާދަމާ ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ހަރަކާތް އިންތިޒާމް ކުރަނީ މިނި...

އަޅުގަނޑުމެން ތިބޭނީ ތަރައްގީއަށް ކުރާ މަސައްކަތުގައި ބައިވެރިއަކަށް: ޝާމިލް
Raajje

އަޅުގަނޑުމެން ތިބޭނީ ތަރައްގީއަށް ކުރާ މަސައްކަތުގައި ބައިވެރިއަކަށް: ޝާމިލް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އޮންނާނީ ތަރައްގީ އަށް ކުރާ މަސައްކަތުގައި ބައިވެރިއެއްގެ ގޮތުގައި ކަމަށް އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ. އަންނަ ހޮނިހިރު ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ ރަސްމީ ޖަލްސާގައި ޝާމިލް ވިދާޅުވީ ތަރައްގީ އަށް ހުރަސް އެޅިގެންދާ ފަދަ ގޮތަކަށް ކަންކަން ބައްޓަންވެ، އިންތިޒާމުވެގެން ދިއުމަކީ ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އަޅުގަނޑުމެންގެ ނިޒާމުތައް ރައްކާތެރި ކުރުމާއި ދައުލަތު...

މައިބަދައިގެ އޮޕަރޭޝަނަކަށް ރާއްޖެ އިން ބޭރަށް ދާން އައްމަޓީ އަށް ހުއްދަ ދީފި
Raajje

މައިބަދައިގެ އޮޕަރޭޝަނަކަށް ރާއްޖެ އިން ބޭރަށް ދާން އައްމަޓީ އަށް ހުއްދަ ދީފި

ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭތީ ރާއްޖެ އިން ބޭރަށް ފުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން މިއަދު ދީފިއެވެ. އައްމަޓީގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައެވެ. އޭނާއާ ދެކޮޅަށް ހިޔާނާތުގެ ގިނަ ދައުވާތަކެއް ކުރާ އިރު، އައްމަޓީ ރާއްޖެ އިން ބޭރަށް ފުރައިގެން ނުދެވޭ ގޮތަށް އޭނާގެ ޕާސްޕޯޓް މީގެކުރިން އޮތީ ހިފަހައްޓައިފައެވެ. އައްމަޓީގެ މައްޗަށް […]

އަޅުގަނޑުމެން ސަރުކާރު ކޮރަޕްޓް ނުވެ ހިންގާނަން: ރައީސް
Raajje

އަޅުގަނޑުމެން ސަރުކާރު ކޮރަޕްޓް ނުވެ ހިންގާނަން: ރައީސް

އެމަނިކުފާނުގެ ސަރުކާރު ކޮރަޕްޓް ނުވެ ހިންގާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ކޮމިޝަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި އެއްވެސް ފަރާތަކުން ކޮރަޕްޝަންގެ ނުވަތަ ހިޔާނާތުގެ އަމަލެއް ހިންގާކަން ސާބިތުވެއްޖެ ހާލަތެއްގައި އެ ފަރާތަކާ މެދުގައި އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު ފަސް ޖެހުމެއް ނެތި އަޅާނެ ކަމަށެވެ. “އެކަމުގައި އަޅުގަނޑުމެން އ...