Skip to main content

މުޙައްމަދު

Viewer
🇲🇻 ތިލަދުން Desk
820 Stories
51 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު

މަޖިލީހުގެ ދައުރު މި މަހުގެ 18 އަށް ދަންމާލަން ފާސްކޮށްފި
Parliament

މަޖިލީހުގެ ދައުރު މި މަހުގެ 18 އަށް ދަންމާލަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލިހުގެ ދައުރު މި މަހުގެ 18 ގެ ނިޔަލަށް ދަންމާލުމަށް މަޖިލިހުން މިއަދު ފާސްކޮށްފިއެވެ. މަޖިލިހުގެ ތިން ވަނަ ދައުރު އެންމެ ފުރަތަމަ ދަންމާލަން ފާސް ކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ. އެ ދުވަހުގެ ޖަލްސާގައި ނިންމާފައި ވަނީ މާދަމާގެ ނިޔަލަށް މަޖިލިހުގެ ދައުރު ނިންމާލުމަށެވެ. މަޖިލިހުގެ ގަވައިދުގައި އޮންނަ ގޮތުން މެމްބަރުން ޗުއްޓީ އަށް ވަޑައިގަންނަވާ ގޮތަށް އޮންނަނީ މި މަހުން ފެށިގެންނެވެ. އެކަމަކު، މިއަދުގެ ޖަލްސާގައި […]

އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރެވެނީ ޑޮކިއުމަންޓުތައް ރަނގަޅަށް ނެތީމަ: ނަސީމް
Parliament

އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރެވެނީ ޑޮކިއުމަންޓުތައް ރަނގަޅަށް ނެތީމަ: ނަސީމް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ހާމަނުކުރެވިގެން އުޅެނީ ޑޮކިއުމަންޓުތައް ރަނގަޅަށް ފެންނަން ނެތީމަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތުލުސްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް މުއިއްޒު ވިދާޅުވީ މިހާތަނަށް ލިބުނު ލިޔުންތަކުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ޔަގީން ކުރެވިފައިނުވާ ކަމަށެވެ. ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީން ލިބ...

މަޖިލީހުގެ ދައުރު އަނެއްކާ ވެސް ދަންމާލަނީ
Raajje

މަޖިލީހުގެ ދައުރު އަނެއްކާ ވެސް ދަންމާލަނީ

ރައްޔިތުންގެ މަޖިލިހުގެ ދައުރު މި މަހުގެ 18 ގެ ނިޔަލަށް ދަންމާލުމަށް ވޯޓަށް އެހުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ. މަޖިލިހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި އަސްލަމް ވިދާޅުވީ މަޖިލިހުގެ މި އަހަރުގެ ތިން ވަނަ ދައުރު ނިމުމަކަށް އައިސްފައިވާ އިރު، ދައުލަތުގެ ބަޖެޓު ފާސް ކުރުން ހިމެނޭ ގޮތަށް މި ދައުރުގައި މަޖިލިހުން ނިންމުމަށް މުހިންމު މަސައްކަތްތަކެއް ހުރި ކަމަށެވެ. މަޖިލިހުގެ ތިން ވަނަ ދައުރު އެންމެ ފުރަތަމަ […]

މިދިޔަ ސަރުކާރުން ޒުވާނުންނަށް ވަޒީފާ ދީފައި ހެދީ ކަންނެތް ބަޔަކަށް: ތޯރިގް
Parliament

މިދިޔަ ސަރުކާރުން ޒުވާނުންނަށް ވަޒީފާ ދީފައި ހެދީ ކަންނެތް ބަޔަކަށް: ތޯރިގް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ސިޔާސީ ބޭނުމަށް ރާއްޖޭގެ ޒުވާން އާބާދީ އަށް ވަޒީފާދީ، ކަންނެތްކޮށްލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ވިދާޅުވެއްޖެއެވެ. ފެނަކައިގެ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކި ކުރަމުންދާ ކަމަށް ބުނެ، މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ތޯރިގް ވިދާޅުވީ ވަޒީފާ އިން ވަކިކުރާ ކަމަށް އެ ބުނަނީ ކޮންޓްރެކްޓް އުސޫލުން އިންޖީނުގެ އަޅަން ހަވާލުކޮށްފައި ތިބި […]

މިއީ އަދުރޭގެ ރާއްޖެ ކަމަށް ވިދާޅުވެ، އަނދުން ހުސެއިންގެ ފާޑު ކިއުން ސަރުކާރަށް
Parliament

މިއީ އަދުރޭގެ ރާއްޖެ ކަމަށް ވިދާޅުވެ، އަނދުން ހުސެއިންގެ ފާޑު ކިއުން ސަރުކާރަށް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައީ ދިވެހިންގެ ރާއްޖެއެއް ހޯދައި ދިނުމުގެ ވައުދާ އެކު ނަމަވެސް ރާއްޖެ މިހާރު ބަދަލުވެފައި ވަނީ “އަދުރޭގެ ރާއްޖެ” އަކަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ސަރުކާރަށް މިއަދު ފާޑު ވިދާޅުވެއްޖެއެވެ. ފެނަކައިގެ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކި ކުރަމުންދާ ކަމަށް ބުނެ، މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން އަނދުން ހުސެއިން ވިދާޅުވީ […]

ޖާބިރު ބިންދާލި މައިކް ހަދަން 5،100ރ. ހަރަދުވޭ، މައްސަލަ ބަލަނީ
Parliament

ޖާބިރު ބިންދާލި މައިކް ހަދަން 5،100ރ. ހަރަދުވޭ، މައްސަލަ ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ މޭޒުގައި ހުރި މައިކު އޭނާ އަމިއްލަ އަށް ބިންދާލި މައްސަލަ މަޖިލީހުގެ ސުލޫކާއި އިމްތިޔާޒާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ޖާބިރުގެ މޭޒުމަތީގައި ބަހައްޓާފައިވާ މައިކްރޯފޯނު ބަދަލު ކުރަންޖެހޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި އެ ބަދަލުކުރުމަށް 5،100ރ. ހަރަދު ވާނެ ކަމަށް މަޖިލިހުގެ އިދާރާ އިން ބުނެފައިވާ ކަމަ...

ފެނަކައިގެ މުވައްޒަފުން ވަކިކުރާ ކަމަށް ބުނެ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
Parliament

ފެނަކައިގެ މުވައްޒަފުން ވަކިކުރާ ކަމަށް ބުނެ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުން ވަޒީފާ އިން ވަކި ކުރަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލިހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އެ މައްސަލަ ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން މުހައްމަދު ދީދީއެވެ. މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައިގައި ވަނީ ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ކަރަންޓާއި އައިސް ޕްލާންޓާއި ނަރުދަމާ އާއި ފެން އަދި ބޮޓްލިންގެ […]

ރާއްޖެ-އިންޑިއާ ދިފާއީ ގުޅުން ވަރުގަދަ ކުރަން މަޝްވަރާކޮށްފި
Raajje

ރާއްޖެ-އިންޑިއާ ދިފާއީ ގުޅުން ވަރުގަދަ ކުރަން މަޝްވަރާކޮށްފި

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ދިފާއީ ގުޅުން އިތުރަށް ވަރުގަދަ ކުރަން މިއަދު ދެ ގައުމުން މަޝްވަރާކޮށްފިއެވެ. ޑިފެންސް މިނިސްޓްރީގައި މިއަދު އޮތް ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫނެވެ. އަދި އިންޑިއާގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ. High Commissioner of India to the Maldives H.E Munu Mahawar paid a Courtesy Call […]

ޝިޔާން އާއި ޖާބިރު އެމްޑީޕީގެ ވިޕްލައިނާ ހިލާފުވި މައްސަލަ ބަލަނީ
Parliament

ޝިޔާން އާއި ޖާބިރު އެމްޑީޕީގެ ވިޕްލައިނާ ހިލާފުވި މައްސަލަ ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިންތިހާބު ކުރަން ރޭ ބޭއްވި ޖަލްސާގައި އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުން ނެރުނު ވިޕްލައިނާ ހިލާފުވި ކަމަށް ބުނެ މަޖިލިހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ މައްސަލަ ބަލައި ދިނުމަށް އެދި ހުށަހަޅަން ނިންމައިފިއެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތަރުޖަމާނު އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް މިއަދު ވިދާޅުވީ ވިޕްލައިނާ ހިލާފުވި ދެ މެންބަރުންގެ މައްސަލަ އެމްޑީޕީގެ ސެކްރެޓޭރިއަޓަށް […]

ހިތަދޫގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި މީހުން ޝަރީއަތް ނިމެންދެން ބަންދަށް
Raajje

ހިތަދޫގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި މީހުން ޝަރީއަތް ނިމެންދެން ބަންދަށް

މިދިޔަ ހުކުރު ދުވަހުގެރޭ އައްޑޫ ސިޓީ ހިތަދޫގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ހަތަރު މީހުން ޝަރީއަތް ނިމެންދެން މިއަދު ބަންދުކޮށްފިއެވެ. ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރު ކުރީ 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ދިވެހި ފިރިހެނުންނެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުން ނަމަ، މި ހަތަރު މީހުންނަކީ ވެސް މާރާމާރީގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބެލެވޭ މީހުންނެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން […]

އީވާ ސިފަ ކުރެއްވީ ކުރީ ސަރުކާރުން ދިން އަދަބެއްގެ ގޮތުގައި!
Raajje

އީވާ ސިފަ ކުރެއްވީ ކުރީ ސަރުކާރުން ދިން އަދަބެއްގެ ގޮތުގައި!

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް ކަމުގެ މަގާމުން އޭނާ ވަކި ކުރަން ހިފީ ކުރީ ސަރުކާރާ ދެކޮޅަށް ތެދުވެ އަޑު އުފުއްލެވުމުން ކަމަށާއި މިއީ އެމްޑީޕީގެ ސަރުކާރުން އޭނާ އަށް ދިން އަދަބެއް ކަމަށް މަޖިލިހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ. މަޖިލިހުގެ ނައިބު ރައީސް ކަމުން އީވާ އިސްތިއުފާ ދެއްވާފައި ވަނީ އޭނާއާ ދެކޮޅަށް މަޖިލިހަށް ހުށަހެޅި ގަރާރުގެ މައްސަލަ ކުރިއަށް ގެންދަނިކޮށެވެ. އީވާ މަގާމުން ވަކި ކުރަން މަޖިލިހަށް […]

އައްޑޫގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން ހާއްސަ މަސައްކަތްތަކެއް ފަށައިފި
Raajje

އައްޑޫގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން ހާއްސަ މަސައްކަތްތަކެއް ފަށައިފި

މިދިޔަ ހުކުރު ދުވަހުގެރޭ އައްޑޫ ސިޓީގައި ހިންގި ގްރޫޕް މާރާމާރީއާ ގުޅިގެން އެ ސިޓީގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހު މާލޭގައި ހިންގި މާރާމާރީ އާއި އައްޑޫގައި ހިންގި މާރާމާރީއާ ގުޅިގެން މާލެ އާއި އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގޮތުން ހާއްސަ މަސައްކަތްތަކެއް ފުލުހުންގެ ހިދުމަތުން ފަށާފައިވާ ކަމަށެވެ. މިގޮތުން އައްޑޫގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުންގެ އިތުރު...

މަޖިލިހުގެ ނައިބު ރައީސަކު އިންތިހާބު ކުރަން މިރޭ ޖަލްސާއެއް ބާއްވަނީ
Parliament

މަޖިލިހުގެ ނައިބު ރައީސަކު އިންތިހާބު ކުރަން މިރޭ ޖަލްސާއެއް ބާއްވަނީ

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އިސްތިއުފާ ދެއްވާފައިވާތީ އެ މަގާމަށް މެމްބަރަކު އިންތިހާބު ކުރަން މިރޭ ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އަސްލަމް ވިދާޅުވި ގޮތުގައި އެ ޖަލްސާ އޮންނާނީ މިރޭ 8:30 ގައެވެ. މަޖިލިހުގެ ނައިބު ރައީސް ކަމުން އީވާ އިސްތިއުފާ ދެއްވާފައި ވަނީ އޭނާއާ ދެކޮޅަށް މަޖިލިހަށް ހުށަހެޅި ގަރާރުގެ މައްސަލަ ކުރިއަށް ގެންދަނިކޮށެވެ. އީވާ މަގާމުން ވަކި […]

ރައީސް މުއިއްޒާއެކު ބޭއްވުނީ ކާމިޔާބު ބައްދަލުވުމެއް: މޯދީ
Raajje

ރައީސް މުއިއްޒާއެކު ބޭއްވުނީ ކާމިޔާބު ބައްދަލުވުމެއް: މޯދީ

ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ބޭއްވުނީ ކާމިޔާބު ބައްދަލުވުމެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި މިހާރު ކުރިއަށްދާ “ކޮޕް28″ ގެ ހަވާސާގެ ތެރެއިން ރައީސް މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުރަތަމަ ފަހަރަށް އިއްޔެ ބައްދަލުކުރައްވައި، އެކިކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. ރައީސް @MMuizzu އާއި އެކު މިއަދު ކާމިޔާބު ބައްދަލުވުމެއް ވަނީ ކުރިއަށްގޮސްފައިއެވެ.އިންޑިއާއާއި ރާއްޖޭގެ އެކުވެރިކަން ފުޅާކުރެވޭނ...

އައްޑޫގައި ދެ ގްރޫޕެއް ދެމެދު ހިނގި މާރާމާރީއެއްގައި އެކެއްގެ ހާލު ސީރިއަސް
Raajje

އައްޑޫގައި ދެ ގްރޫޕެއް ދެމެދު ހިނގި މާރާމާރީއެއްގައި އެކެއްގެ ހާލު ސީރިއަސް

އައްޑޫ ސިޓީގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކެއްގެ ހާލު ސީރިއަސްވެގެން ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ. ފުލުހުން ބުނީ ހިތަދޫގައި ދެ ގްރޫޕެއް ދެމެދުގައި މާރާމާރީއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވެފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އެ މީހާ އަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ވެސް […]