އިލްޔާސް، އުމަރު، ނާޒިމް، ފާރިސް އަދި ޒަމީލް 20،000ރ. އިން ޖޫރިމަނާކޮށްފި

Elections Comission - EC

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ގާނޫނުގައިވާ މިންގަނޑަށް ނުފެތޭ ގޮތަށް ފަސް ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހަޅާފައިވާތީ އެ ކެންޑިޑޭޓުން ޖޫރިމަނާ ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީން 20،000ރ. އިން ޖޫރިމަނާ ކުރުމަށް ނިންމި ކެންޑިޑޭޓުންނަކީ ދަ ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓު އަދި މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނާއި އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ހަސަން ޒަމީލެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ ކެންޑިޑޭޓުންގެ މާލީ ބަޔާން ކޮމިޝަނުން ދިރާސާ ކުރުމަށްފަހު، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކުރާ މިންގަނޑުތަކަށް ނުފެތޭ ފަސް ކެންޑިޑޭޓަކަށާއި، އެ ފަސް ކެންޑިޑޭޓުންގެ އިންތިހާބީ އޭޖެންޓުންނަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަން ކޮމިޝަންގެ ޖަލްސާ އިން ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން ކޮންމެ ކެންޑިޑޭޓަކު 20،000ރ. އިން ޖޫރިމަނާ ކުރުމަށް ނިންމި އިރު، ކެންޑިޑޭޓުންގެ އެޖެންޓުން 6000ރ. އިން ޖޫރިމަނާ ކުރުމަށް ނިންމާފައިވާ ކަމަށް އީސީގެ ބަޔާނުގައިވެއެވެ. މި ފައިސާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ކޮމިޝަނަށް ދެއްކުމަށް އެ ބޭފުޅުންނަށް ވަނީ އަންގައިފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރީ އަށް ކެންޑިޑޭޓުންނެވެ. އޭގެ ތެރެއިން ގާނޫނުގައިވާ މިންގަނޑާ އެއްގޮތަށް މާލީ ބަޔާން ހުށަހަޅުއްވާފައިވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *