Skip to main content

މުޙައްމަދު

Viewer
🇲🇻 ތިލަދުން Desk
820 Stories
51 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު

މެދުހެންވޭރު ދާއިރާގެ އިންތިހާބީ ކައުންސިލަރު އެމްޑީޕީ ދޫކޮށް ޕީއެންސީއަށް!
Raajje

މެދުހެންވޭރު ދާއިރާގެ އިންތިހާބީ ކައުންސިލަރު އެމްޑީޕީ ދޫކޮށް ޕީއެންސީއަށް!

މާލެ ސިޓީ ކައުންސިލްގެ މެދުހެންވޭރު ދާއިރާގެ އިންތިހާބީ ކައުންސިލަރު އަހުމަދު ރިޝްވާން އިދިކޮޅު އެމްޑީޕީ ދޫކޮށް، ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ. ޕީޕީއެމުން މިރޭ ކުރި ޓުވީޓެއްގައި ބުނީ މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ މެދުހެންވޭރު ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި އިންތިހާބުވެވަޑައިގެންނެވި ކައުންސިލް މެމްބަރު އަހުމަދު ރިޝްވާން މިއަދު ޕީއެންސީއާ ގުޅިވަޑައިގެންފައިވާ ކަމަށެވެ. ޕީޕީއެމުން ވަނީ އޭނާ އަށް މަރުހަބާ ދަންނަވައިފައެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މި މަހުގެ 13 ވަނަ ދުވަހު ބޭއްވި...

ފުނަދޫގައި ހުންނަ ފިއުލް ފާމް ބަދަލުކުރަނީ ތިލަފުށި ކައިރީގައި އޮންނަ މާގިރިފަޅަށް
Raajje

ފުނަދޫގައި ހުންނަ ފިއުލް ފާމް ބަދަލުކުރަނީ ތިލަފުށި ކައިރީގައި އޮންނަ މާގިރިފަޅަށް

ކ. ފުނަދޫގައި ހުންނަ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފިއުލް ފާމް ބަދަލު ކުރަން ނިންމާފައިވަނީ ތިލަފުށި ކައިރީގައި އޮންނަ މާގިރިފަޅަށް ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ. މާލެ ކައިރީގައި މާގިރި ކިޔާ ދެ ފަޅެއް އޮވެއެވެ. އެއީ ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ ކައިރީގައި އޮންނަ މާގިރި ފަޅާއި ތިލަފުށި ކައިރީގައި އޮންނަ މާގިރި ފަޅެވެ. ފިއުލް ފާމް ބަދަލުކުރަނީ ޝެރެޓަން ފުލް […]

މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީ މާނުގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި
News

މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީ މާނުގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައުމޫނު (ގޭސް މާނު)ގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން  އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފިއެވެ. އޭސީސީން އިސް ނަގައިގެން ބެލި މި މައްސަލައިގައި މައުމޫން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައި ހުރި ދުވަސްވަރު އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި މައުމޫނު ރިޝްވަތުގެ […]

ވިލިނގިލީގެ ކުއްޖާގެ މަރުގެ މައްސަލައިގެ އިންކުއަރީއެއް ހަދަނީ
Parliament

ވިލިނގިލީގެ ކުއްޖާގެ މަރުގެ މައްސަލައިގެ އިންކުއަރީއެއް ހަދަނީ

ގއ. ވިލިނގިލީގައި ހާލު ދެރަވެ، އިތުރު ފަރުވާ އަށް މާލެ ގެނައުމަށް ލަސްވެގެން ދިޔަ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ ނިޔާވި މައްސަލައިގައި އިންކުއަރީއެއް ހިންގުމަށް ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމައިފިއެވެ. ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މުގައްރިރު ޖީހާން މަހުމޫދު ވިދާޅުވީ، ވިލިނގިލީ، ޕެންޒީއާގޭ، މުހައްމަދު ޖާހު ހާލިދު ނިޔާވި މައްސަލައިގައި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ވެރިން ހާޒިރުކޮށް، ކުއްލި ހާލަތުގައި […...

ފުވައްމުލަކު އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް، އޮތީ ވެންޓިލޭޓަރުގައި
Raajje

ފުވައްމުލަކު އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް، އޮތީ ވެންޓިލޭޓަރުގައި

ފުވައްމުލައް ސިޓީގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، ފާރެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސް ކަމަށާއި އެ މީހާ އަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެމީހާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައި ވަނީ ފުވައްމުލަކު ހޮސްޕިޓަލްގައެވެ. އެކަމަކު، އިތުރު ފަރުވާ އަށް އެމީހާ ރޭގެ ވަގުތެއްގައި ވަނީ […]

އެއާ އެމްބިއުލާންސްއާއެކު ބަލި މީހުން އުފުލުމުގައި ލަސްވާ މައްސަލަ ހައްލުވާނެ: ހަލީލް
Raajje

އެއާ އެމްބިއުލާންސްއާއެކު ބަލި މީހުން އުފުލުމުގައި ލަސްވާ މައްސަލަ ހައްލުވާނެ: ހަލީލް

އަންނަ މާޗް 1 ވަނަ ދުވަހު ފެށުމަށް ސަރުކާރުން ނިންމާފައިވާ އެއާ އެމްބިއުލާންސްގެ ހިދުމަތާ އެކުގައި ބަލި މީހުން އުފުލުގައި ލަސްވާ މައްސަލަ ނިމުމަކަށް އަންނާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެއެވެ. ހަލީލް އެގޮތަށް ވިދާޅުވެފައި ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ގއ. ވިލިނގިލީ، ޕެންޒީއާގޭ، އުމުރުން 13 އަހަރުގެ މުހައްމަދު ޖާހު ހާލިދު، ނިޔާވި ހާދިސާއާ ގުޅިގެން ސަރުކާރަށް ފާޑު ކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ. ނަމަވެސް ސަރުކާރުން ވަނީ […]

ވިލިނގިލި ކުއްޖާ މަރުވި މައްސަލަ މަޖިލިހަށް ހުށަހަޅައިފި
Parliament

ވިލިނގިލި ކުއްޖާ މަރުވި މައްސަލަ މަޖިލިހަށް ހުށަހަޅައިފި

ގއ. ވިލިނގިލިން ހާލު ދެރަވި އުމުރުން 13 އަހަރުގެ ދިވެހި ފިރިހެން ކުއްޖާ މަރުވި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ. ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން މަޖިލިހަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ އިއްޔެ މަރުވި ކުއްޖާ ވިލިނގިލި ހޮސްޕިޓަލަށް ގެންދެވުނީ ބުދަ ދުވަހުގެ ރޭ ކަމަށާއި އެ ކުއްޖާ އަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމަށް ޑޮކްޓަރުން ލަފާދިން ނަމަވެސް އިމަޖެންސީ އިވެކުއޭޝަންގެ ކަންތައް ލަސްވެފައިވާ ކަމަށެވެ. އެގޮތުން އިމަޖެންސީ އިވެކުއޭޝަންގައި […]

ޖުމްހޫރީ މައިދާނުގެ ފެން އަރުވާ ވަޑާން މަރާމާތުކޮށް ރޯދައަށް ނިންމަނީ
Raajje

ޖުމްހޫރީ މައިދާނުގެ ފެން އަރުވާ ވަޑާން މަރާމާތުކޮށް ރޯދައަށް ނިންމަނީ

ޖުމްހޫރީ މައިދާނުގައި ހުރި ފެން އަރުވާ ވަޑާން މަރާމާތުކޮށް ކުރިއަށް އޮތް ރަމަޟާން މަހު ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ. އާދަމް ޝަރީފް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުމްހޫރީ މައިދާނުގައި ހުރި ފެން އަރުވާ ވަޑާން މަރާމާތު ކުރާ އިރު، އެ ތަން ކުރިއަށް ވުރެ ފުރިހަމަ ކުރައްވާނެ ކަމަށެވެ. އަދި ރޯދައަށް އާންމުކޮށް ހުޅުވާލުމަށް ރައީސް […]

ރައީސް މުއިއްޒުގެ މެސެޖަކާއެކު މާލޭގެ ބިންވެރިންގެ ސައްލާ މިރޭ ބާއްވަނީ
Raajje

ރައީސް މުއިއްޒުގެ މެސެޖަކާއެކު މާލޭގެ ބިންވެރިންގެ ސައްލާ މިރޭ ބާއްވަނީ

ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މެސެޖަކާ އެކު، މާލޭ ބިންވެރިންގެ ސައްލާ މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ. އެ ސައްލާ އޮންނާނީ މިރޭ 8:00 ގައި ސަލްޓަން ޕާކުގައެވެ. މި ބައްދަލުވުން ބާއްވަނީ ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އާއި މާލެ ރަށްވެހިންގެ ޖަމިއްޔާ އާއި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަން އަދި ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަންގެ ފަރާތުންނެވެ. އެ ހަތަރު ޖަމިއްޔާގެ ފަރާތުން ކަނޑައަޅާފައިވާ މަންދޫބު ސުނާދު ލަތީފު، ރައީސް ޑރ. މުއިއްޒާ ބައްދަލުކުރެއްވުމަށް ފަހު ލިބިވަޑައިގެންނެވި […]

މުދަލު ޒަކާތުގެ ގޮތުގައި 89.5 މިލިއަން ރުފިޔާ ލިބިއްޖެ
Raajje

މުދަލު ޒަކާތުގެ ގޮތުގައި 89.5 މިލިއަން ރުފިޔާ ލިބިއްޖެ

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 89.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ފަހުން މުދަލުގެ ޒަކާތުގެ ގޮތުގައި ލިބުނު އަދަދަކީ 2022 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދާ ބަލާއިރު %3 ގެ ދަށްވުމެކެވެ. އެ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 92.6 މިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ އަހަރުތެރޭ އެންމެ ގިނައިން މުދަލު ޒަކާތް ދައްކާފައިވަނީ […]

ހޮންކޮންގް އެއާލައިނުން ރާއްޖެ އަށް ދަތުރުތައް ފަށައިފި
Business

ހޮންކޮންގް އެއާލައިނުން ރާއްޖެ އަށް ދަތުރުތައް ފަށައިފި

ޗައިނާގެ އެއާލައިނެއް ކަމުގައިވާ ހޮންކޮންގް އެއާލައިނުން ރާއްޖެ އަށް ދަތުރުތައް ފަށައިފިއެވެ. ހޮންކޮންގް އެއާލައިންގެ ސީދާ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމާ ގުޅިގެން އެ އެއާލައިނުން ރާއްޖެއަށް އައި ފަތުރުވެރިންނަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި އެއާލައިނުން ރާއްޖެ އައި ފަތުރުވެރިންނަށް ދިވެހި ސަގާފީ ބޮޑުބެރާއެކު، ރަތް ފިނިފެންމަލުގެ މަރުހަބާއެއް ކިއެވެ. މި އެއާލައިނުން މިފަހަރު ރާއްޖެ އައިސްފައިވަނީ 209 ފަތުރުވެރި...

އިހްތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް ކައުންސިލްތަކަށް ލިބޭ ގޮތަށް ހަދައިފި
Raajje

އިހްތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް ކައުންސިލްތަކަށް ލިބޭ ގޮތަށް ހަދައިފި

ކައުންސިލްތަކުގެ އިހްތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް ރައްޔިތުންގެ ފައިދާ އާއި މަންފާއަށްޓަކައި ކައުންސިލްތަކަށް ދޫކުރެވޭ ގޮތަށް ސަރުކާރުން މިއަދު ހަމަޖައްސައިފިއެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ މަސައްކަތްތައް ފިޔަވައި އެހެން ބޭނުންތަކަށް ފަޅު ރަށްތައް ދޫކުރުމާ ބެހޭ ގަވައިދުގައި ބުނެފައިވާ ގޮތުގައި ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ނުހިމެނޭ ފަޅު ރަށްތަކުގެ ތެރެއިން ގަވައިދުގެ ދަށުން ދޫކުރާނެ ފަޅުރަށްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ކައުންސިލްތަ...

މައުލޫމާތު ބަދަލުވެގެން އާދިއްތައިގެ ފަހުން އައިޑީކާޑު ހަދައިދޭނީ ވޯޓު ނުލެވޭނެ ކަމުގެ އިއުތިރާޒާ އެކު
Raajje

މައުލޫމާތު ބަދަލުވެގެން އާދިއްތައިގެ ފަހުން އައިޑީކާޑު ހަދައިދޭނީ ވޯޓު ނުލެވޭނެ ކަމުގެ އިއުތިރާޒާ އެކު

މައުލޫމާތު ބަދަލުވެފައިވާ މީހުންނަށް އަންނަ އާދިއްތަ ދުވަހުގެ ފަހުން އައިޑީ ކާޑް ހަދައި ދޭނީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވޯޓު ނުލެވުނަސް އެކަމުގެ އިއުތިރާޒު ނުކުރާ ނަމަ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން މިއަދު ބުނެފިއެވެ. ޑީއެންއާރުން ކުރި އިއުލާނެއްގައި ބުނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ވޯޓާސް ލިސްޓް ފައިނަލް ކުރުމަށް 18 އަހަރުން މަތީގެ ފަރާތްތަކުގެ މައުލޫމާތު ބަދަލުވެފައިވާ ނަމަ އަންނަ އާދިއްތަ ދުވަހުގެ މެންދުރު ފަހު 3:00 […]

ރިސޯޓު މުވައްޒަފުންނަށް ހާއްސަކޮށް 3 ސަރަހައްދުގައި އެކޮމޮޑޭޝަން ސެންޓަރުތަކެއް
Raajje

ރިސޯޓު މުވައްޒަފުންނަށް ހާއްސަކޮށް 3 ސަރަހައްދުގައި އެކޮމޮޑޭޝަން ސެންޓަރުތަކެއް

ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފަސޭހަ އިން އާއިލާ ކައިރިއަށް ދެވޭނެ މަގު ފަހިކުރުމުގެ ގޮތުން ރާއްޖޭގެ ތިން ސަރަހައްދެއްގައި އެކޮމޮޑޭޝަން ސެންޓަރުތަކެއް އެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ސައީދު މިކަން ހާމަކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި އަންހެނުން އިތުރު ކުރުމަށް “ފަހި ފަތުރުވެރިކަމަށް އަންހެނުން” ނަމުގައި ހާއްސަ ޕްރޮގްރާމެއް އިފްތިތާޙު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދަ...

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 150 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް އަޅަން ފަށައިފި
Raajje

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 150 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް އަޅަން ފަށައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 150 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ. އެޗްޑީސީން މިއަދު ބުނީ ބުނީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް، ވަގުތީ މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތް އެ ކުންފުނިން ހަލުވިކަމާއެކު ކުރަމުންދާ ކަމަށެވެ. މި މިސްކިތަކީ އަންހެނުންނާއި ފިރިހެން ބައި ވަކިކޮށް ހަދާ މިސްކިތެއް ކަމަށް އެޗްޑީސީން ބުންޏެވެ. އެޗްޑީސީން ބު...