Skip to main content

މުޙައްމަދު

Viewer
🇲🇻 ތިލަދުން Desk
820 Stories
51 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު

ފުލުހުންނަށް އިންޒާރު ދިން 4 މީހަކު ހައްޔަރުކޮށްފި
Raajje

ފުލުހުންނަށް އިންޒާރު ދިން 4 މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފުލުހުންނަށް އިންޒާރު ދިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ހިޔާ ޓަވަރު 11 ކައިރިން އާންމު ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް، ހުއްޓުވައި، އޭގައި އިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ކުރުމުން ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އަޅާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި އާންމު މަސްލަހަތު ގެއްލޭގޮތަށް، އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންނާއި ފުލުހުންގެ އާއިލާއަށް […]

ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށް އިންޑިއާގެ ސިވިލިއަން ކްރޫ ރާއްޖެއަށް
Raajje

ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށް އިންޑިއާގެ ސިވިލިއަން ކްރޫ ރާއްޖެއަށް

އިންޑިއާ އިން ދިން ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށް “ސިވިލިއަން ކްރޫ” ގެ ޓީމެއް މިއަދު ރާއްޖެ އައިސްފިއެވެ. އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނީ ސިވިލިއަން ކްރޫގެ ޓީމް ރާއްޖެއަށް އައިސްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އެ ޓީމަކީ ސ. ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލިކަޕްޓަރު ދުއްވުމަށް މިހާރު އައްޑޫގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ހެލިކަޕްޓަރު އޮޕަރޭޓް ކުރާނެ ޓީމް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެ ޓީމު މިރޭގެ […]

ޕާޓީ ބަދަލުނުކުރާނެ ކަމަށް އެމްޑީޕީގެ ކެންޑިޑޭޓުން ހުވާކޮށްފި
Raajje

ޕާޓީ ބަދަލުނުކުރާނެ ކަމަށް އެމްޑީޕީގެ ކެންޑިޑޭޓުން ހުވާކޮށްފި

ކުރިއަށް އޮތް މަޖިލިސް އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ޕާޓީ ބަދަލުނުކުރާނެ ކަމަށް އެމްޑީޕީގެ ކެންޑިޑޭޓުން މާތް ﷲ ގަންދީ ހުވާ ކުރައްވައިފިއެވެ. އެ ކެންޑިޑޭޓުން ހުވާ ކުރެއްވީ އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ފެށުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި “މިސްރާބު ހަމަމަގަށް” ޖަލްސާގައެވެ. އެ ކެންޑިޑޭޓުންނާ ހުވާލައި ދެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލެވެ. މަޖިލިހުގެ އިންތިހާބުގައި މިފަހަރު އެމްޑީޕީގެ ފަރާތުން 89 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެ ޕާޓީން ވާދަ ނުކުރާ ހަތަރު ދާއިރާއަކީ […]

މަކުނުދޫ އެއާޕޯޓު ނިންމައި މި އަހަރު ހުޅުވަނީ
Raajje

މަކުނުދޫ އެއާޕޯޓު ނިންމައި މި އަހަރު ހުޅުވަނީ

ހދ. މަކުނުދޫ އެއާޕޯޓު މި އަހަރު ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. “ރައީސްގެ ޖަވާބު” ޕްރޮގްރާމްގައި މަކުނުދޫ، ލިބަޓީ، އިފާސާ އަހުމަދު ކުރި ސުވާލުގައި ބުނީ މަކުނުދޫއަކީ ވަރަށް ދުރުގައި، އެކަހެރިކޮށް އޮންނަ ރަށެއް ކަމަށާއި އެކަމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ވަރަށް އުނދަގޫވާ ކަމަށެވެ. މިހާރު ކުރިއަށްދާ އެއާޕޯޓުގެ މަޝްރޫއު ނިމި، ދަތުރު ކުރަން ފެށޭނީ ކޮން ދުވަހެއްގައިތޯ އޭނާ ސުވާލު ކުރިއެވެ. ރައީސް ޑރ. މުއިއްޒު […]

ވަށަފަރު ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފަށަނީ
Thiladhunmathi News

ވަށަފަރު ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފަށަނީ

ހއ. ވަށަފަރު ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް މި އަހަރު ފަށާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަށަފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު ކެމްޕެއިންގެ ތެރޭގައި ވައުދުވެވަޑައިގެންނެވި ކަންކަމާއި އިތުރު ކަންކަން ވެސް ރައްޔިތުންނަށްޓަކައި ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ވަށަފަރު ބިން ހިއްކުމުގެ މަޝްރޫއަކީ ވެސް ކެމްޕެއިންގެ ތެރޭގައި ވެ...

ރާއްޖެއަކީ ހަމައެކަނި މާލެ ކަމަށް ބަލައިގެން ގާނޫނުތައް ހެދުން ހުއްޓާލަން ޖެހޭ: ޘަޤީފް
Thiladhunmathi News

ރާއްޖެއަކީ ހަމައެކަނި މާލެ ކަމަށް ބަލައިގެން ގާނޫނުތައް ހެދުން ހުއްޓާލަން ޖެހޭ: ޘަޤީފް

ރާއްޖެއަކީ ހަމައެކަނި މާލެ ކަމަށް ބަލައިގެން ގާނޫނުތައް ހެދުން ހުއްޓާލަން ޖެހޭ ކަމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވައިކަރަދޫ ދާއިރާ އަށް ވާދަކުރައްވާ ޙުސައިން ޘަޤީފް މިއަދު ވިދާޅުވެއްޖެއެވެ. އަންނަ މަހުގެ 17 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދިމާކޮށް ޕީއެސްއެމް ނިއުސް އިން ގެނެސްދޭ “މަޖިލިސް ބަހުސް 2024” ގައި ވާހަކަ ދައްކަވަމުން ޘަޤީފް ވިދާޅުވީ ވައިކަރަދޫ ދާއިރާ އަށް އެންމެ ބޮޑަށް ބޭނުން ވަނީ […]

ދިއްދޫ އެއާޕޯޓު ހަގީގަތަކަށް ހަދައި ދޭނަން: ރައީސް
Thiladhunmathi News

ދިއްދޫ އެއާޕޯޓު ހަގީގަތަކަށް ހަދައި ދޭނަން: ރައީސް

ހއ. ދިއްދޫ ބިން ހިއްކައިގެން އެއާޕޯޓު އެޅުމުގެ މަޝްރޫއު ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ބޮޑުތިލަދުންމައްޗަށް ރައީސް މުއިއްޒު ފެއްޓެވި ދަތުރުފުޅުގައި ހއ. ދިއްދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭގައި ދިއްދު އަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައި ދެއްވާނެ ކަމަށެވެ. ދިއްދޫގައި ކުރަން އޮތް އެންމެ މުހިންމު އެއް ކަމަކީ ސިއްހީ ނިޒާމު ވ...

މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން އިފްތިތާހުކޮށްފި
Raajje

މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން އިފްތިތާހުކޮށްފި

މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) ރޭ އިފްތިތާހު ކޮށްފިއެވެ. މިޖަމިއްޔާގެ ރައީސްއަކީ މަޑުވަރިދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތުއެވެ. އަދި މިހަމިއްޔާގެ ޗެއަރޕާސަންއަކީ ޓްރާންސްޕޯޓު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓްރ ސައުދުއެވެ. ޖަމިއްޔާގެ ނާއިބު ރައީސްއަކީ އަމިނަތު މުޒުނީނާއެވެ. އެމްޓީއޭއަކީ, ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ރަގަޅު ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެންމެހާ ފަރާތްތަކަށް އެއްބާރުލުން ދީ, ޚާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތައް...

އިހަވަންދިއްޕޮޅުގައި ޖުލައި ނިމުމުގެ ކުރިން ބަންކަރިންގެ ހިދުމަތް ފަށަނީ
Thiladhunmathi News

އިހަވަންދިއްޕޮޅުގައި ޖުލައި ނިމުމުގެ ކުރިން ބަންކަރިންގެ ހިދުމަތް ފަށަނީ

އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ފެށުމަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. އުތުރުގެ ހަތަރު އަތޮޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ހޯރަފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވެވި ޖަލްސާގައި މިނިސްޓަރު ސައީދު ވިދާޅުވީ ދެތިން ހަފްތާގެ ތެރޭގައި ދުނިޔޭގެ 10 ވަނައިގެ ތެރޭގައި ހިމެނޭ އެންމެ ވަރުގަދަ އެއް ކުންފުންޏަކާ އެކުގައި އެއްބަސްވު...

ގަމުގައި ދިވެއްސަކު ނިޔާވެފައި އޮއްވައި ފެނިއްޖެ
Raajje

ގަމުގައި ދިވެއްސަކު ނިޔާވެފައި އޮއްވައި ފެނިއްޖެ

ލ. ގަމުގައި ދިވެއްސަކު ނިޔާވެފައި އޮއްވައި މިއަދު ފެނިއްޖެއެވެ. ފުލުހުން ބުނީ ގަން، މަތިމަރަދޫ ފޮއްތޭ ހަޓް އިރުމަތީ ފަރާތު ގޮނޑުދޮށުގައި ހަބަރު ހުސްވެފައި އޮތް މީހެއްގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މެންދުރު 12:15 ހާއިރު ކަމަށެވެ. މި މީހާ ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ ނިޔާވެފައި ކަމަށް ފުލުހުން ބުންޏެވެ. ނިޔާވެފައި ވަނީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން […]

ޕިކަޕެއްގައި ހުތުރު ވައްތަރު ޖެއްސި މީހާ 15 ދުވަހަށް ބަންދަށް
Raajje

ޕިކަޕެއްގައި ހުތުރު ވައްތަރު ޖެއްސި މީހާ 15 ދުވަހަށް ބަންދަށް

މާލޭގައި ޕިކަޕެއްގެ ތެރޭގައި އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފު ހުތުރު ވައްތަރުތަކެއް ޖެއްސި މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފިއެވެ. ފުލުހުން މިއަދު ބުނީ އެ މައްސަލަ އާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އެ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ. މި މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. […]

ޝާހިދު އަތޮޅު ތެރެއަށް، ފުރަތަމަ އއ. އަތޮޅަށް
Raajje

ޝާހިދު އަތޮޅު ތެރެއަށް، ފުރަތަމަ އއ. އަތޮޅަށް

އެމްޑީޕީގެ ރައީސް ކަމަށް ކުރީގެ ފޮރިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހޮވިވަޑައިގެންނެވި ފަހުން، އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ފައްޓަވައިފިއެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޝާހިދު އެންމެ ފުރަތަމަ ވަޑައިގަތީ އއ. އުކުޅަހަށެވެ. އެއީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ތޮއްޑޫ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު ހުސެއިން ސަމީރުގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށެވެ. Thoddoo Dhaairaa @MDPSecretariat C...

ބްރޯޑްކޮމް އަށް ނުޒުހާ އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
Raajje

ބްރޯޑްކޮމް އަށް ނުޒުހާ އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މަގާމަށް ރާއްޖެ ޓީވީގެ ކުރީގެ ޕްރެޒެންޓަރު އައިމިނަތު ނުޒުހާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ބްރޯޑްކޮމް އަށް ބޭފުޅަކު އައްޔަން ކުރަނީ މިދިޔަ އަހަރު ޖެނުއަރީ 8 ގައި ކޮމިޝަންގެ މެމްބަރަކަށް ހުންނެވި އަހުމަދު ގައިސް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް ފަސް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލިހަށް ފޮނުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އޭގެތެރެއިން ކޮމިޓީން ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމ...

މަސްވެރިންނަށް ފައިސާ ދޫކުރަން ފަށައިފި
Raajje

މަސްވެރިންނަށް ފައިސާ ދޫކުރަން ފަށައިފި

މަސްވެރިން މިފްކޯ އަށް ކިރާފައިވާ މަހަށްވާ ފައިސާ ދިނުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ބައެއް މީޑިއާތަކަށް މިރޭ ވިދާޅުވީ މިއަދާއި މާދަމާ މަސްވެރިންނަށް 70 މިލިއަން ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އިތުރު 30 މިލިއަން ރުފިޔާ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ދީ ނިންމާނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓަރު ވިދާޅުވިއެވެ. މިފްކޯ އަށް މަސް ކިރުވުމަށް ފަހު، މި ސަރުކާރުން މިހާތަނަށް އައިއިރު، 442 މިލިއަން ރުފިޔާ […]

ސާފު ބޯޑު ގެނައުމަށް މޯލްޑިވިއަނުން ނަގާ އަގު ކުޑަ ކުރާނަން: ރައީސް
Raajje

ސާފު ބޯޑު ގެނައުމަށް މޯލްޑިވިއަނުން ނަގާ އަގު ކުޑަ ކުރާނަން: ރައީސް

މޯލްޑިވިއަންގެ މަތިންދާބޯޓުތަކުން ސާފު ބޯޑުތައް ގެނައުމަށް ނަގާ އަގު ކުޑަކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ގދ. ގައްދޫ، ފެހިވިނަ، އަޙްމަދު ރަޝީދު ކުރި ސުވާލުގައި ބުނެފައި ވަނީ ރާޅާ އެޅުމަކީ ލޯކަލް ޓޫރިޒަމްގެ ތެރެއިން ކުރިއަރަމުން އަންނަކަމަކަށްވާއިރު، ސާފް ބޯޑު އުފުލުމަށް ގާއުމީ އެއާލައިނުން ނަގާ ފީ ބޮޑު ކަމަށެވެ. އެކަމަށް ނަގާ ފީ ބޮޑުކަމުން އެ ވިޔަފާރީއަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ ބުންޏެވެ. “މޯލްޑިވިއަނުން މިނަގާ ސާފް ބޯޑުގެ ސާވިސް […]