އޭޕްރީލް 21 އަކީ ބަންދު ދުވަހެއް ގޮތުގައި ކަނޑައަޅާނަން: ރައީސް
އަންނަ މަހުގެ 21 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާތީ އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވުމަށް އީސީން އެންމެ ފުރަތަމަ ނިންމީ މި މަހުގެ 17 ގައެވެ. އެއީ ރޯދަ މަހުގެ ފުރަތަމަ ހަފްތާއެވެ. އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ތާރީހު ކަނޑައަޅާފައި ވަނިކޮށް އިންތިހާބުތައް ރޯދަ މަހާ ދިމާވާ ނަމަ، […]