ލ. ގަމުގައި ދިވެއްސަކު ނިޔާވެފައި އޮއްވައި މިއަދު ފެނިއްޖެއެވެ.

ފުލުހުން ބުނީ ގަން، މަތިމަރަދޫ ފޮއްތޭ ހަޓް އިރުމަތީ ފަރާތު ގޮނޑުދޮށުގައި ހަބަރު ހުސްވެފައި އޮތް މީހެއްގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މެންދުރު 12:15 ހާއިރު ކަމަށެވެ. މި މީހާ ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ ނިޔާވެފައި ކަމަށް ފުލުހުން ބުންޏެވެ.

Ad
rt

ނިޔާވެފައި ވަނީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި ރިޕޯޓާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުންނެވެ.