ރާއްޖޭގައި 3 ހޮސްޕިޓަލެއް އަޅަން ސައުދީން 50 މިލިއަން ޑޮލަރުގެ ލޯނެއް
ރާއްޖޭގެ އެކިކަންކޮޅުތަކުގައި 150 އެނދުގެ ތިން ހޮސްޕިޓަލެއް އަޅަން ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓްގެ ފަރާތުން ރާއްޖެ އަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ސުލްތާން ބިން އަބްދުއްރަޙްމާން އަލް މަރްޝަދެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. މި ރަސްމިއްޔާތުގައި ސައުދީ ފަންޑުގެ ސީއީއޯ ސުލްތާން ވިދާޅުވީ...