ދިއްދޫއަށް ނަގޫރޯޅިއެއް އަރައި 6 ފްލެޓެއްގެ ފުރާޅު އެއްލާލައިފި

ދިއްދޫ އަށް އެރި ނަގޫ ރޯޅީގައި ހައުސިން ޔުނިޓެއްގެ ފުރާޅު އެއްލާލާފައި، ފޮޓޯ: ދިއްދޫ ކައުންސިލް
ދިއްދޫ އަށް އެރި ނަގޫ ރޯޅީގައި ހައުސިން ޔުނިޓެއްގެ ފުރާޅު އެއްލާލާފައި، ފޮޓޯ: ދިއްދޫ ކައުންސިލް

ހއ. ދިއްދޫ އަށް ރޭ ކުރި ވިއްސާރައިގައި ނަގޫރޯޅިއެއް އަރައި ހަ ފްލެޓެއްގެ ފުރާޅު އެއްލާލައި އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މި ހާދިސާއާ ގުޅިގެން ދިއްދޫ ޕޮލިސް ސްޓޭޝަނާއި ދިއްދޫ ކައުންސިލާއި ފެނަކަ ކޯޕަރޭޝަނާ އިތުރު ފަރާތްތައް ގުޅިގެން މިހާރު ފުރާޅުލެވި އެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ވަގުތީ ނޫނީ ދާއިމީ ހިމާޔަތެއް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ދިއްދޫ ރައްޔިތުންގެ އެއްބާރުލުން ވެސް މިކަމުގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ލިބެމުން މިދަނީ،" ކައުންސިލް ރައީސް ވިދާޅުވިއެވެ.

ދިއްދޫ އަށް އެރި ނަގޫ ރޯޅީގައި ހައުސިން ޔުނިޓެއްގެ ފުރާޅު އެއްލާލާފައި، ފޮޓޯ: ދިއްދޫ ކައުންސިލް

މި ހާދިސާގައި ހަ ގެއެއްގެ ފުރާޅު އެއްލާލިއިރު، އިތުރު ފްލެޓުތަކަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އަބްދުﷲ ވިދާޅުވިއެވެ. އެހެންވީމަ އެ ހުރިހާ މައްސަލަތަކެއް ހައްލު ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމުގައި އޭނާ ވިދާޅުވިއެވެ.

"ބައެއް ފްލެޓުތަކުގެ ޓިނު ބަދަލު ކުރުމާއި ކުދި ކުދި ގެއްލުން ލިބިފައި ހުރި ތަންތަނުގައި ޓިނު ވެސް ބަދަލު ކުރުމާއި އެސްޓީއޯގެ އެހީތެރިކަމާ އެކުގައި ފަތި ލިބުމާ މިހެން ގޮސް ހުރިހާ ބޭފުޅުންގެ އެހީތެރިކަމާ އެކުގައި މިހާރު ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައި ދޭން ފެށިގެން ކުރިއަށް މިދަނީ،" އަބްދުﷲ ވިދާޅުވިއެވެ.

ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ލިބިފައި ހުރި ގެއްލުންތައް ލިޔުމުން ފޮނުވުމުން އެމީހުންނަށް އެހީ ލިބިގެންދާނެ ކަމަށް އެ އޮތޯރިޓީން އަންގާފައިވާ ކަމަށް ވެސް އަބްދުﷲ ވިދާޅުވިއެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި