Skip to main content

ސަނިއްޔާ އަބޫބަކުރު

Viewer
🇲🇻 ތިލަދުން Desk
246 Stories
12 Reads

Published on ތިލަދުން (Thiladhun) by ސަނިއްޔާ އަބޫބަކުރު

އެމެރިކާއިން ރާއްޖެއަށް އެއްލައްކަ ކޮވިޑް ވެކްސިން ހަދިޔާ ކޮށްފި
Raajje

އެމެރިކާއިން ރާއްޖެއަށް އެއްލައްކަ ކޮވިޑް ވެކްސިން ހަދިޔާ ކޮށްފި

އެމެރިކާއިން ރާއްޖެއަށް އެއްލައްކަ ކޮވިޑް ވެކްސިން ހަދިޔާ ކޮށްފިއެވެ. މިކަން ހާމަކޮށް ޔޫއެސް މިޝަން ޓު މޯލްޑިވްސްއިން ބުނީ އެމެރިކާއިން މިފަހަރު ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ ފައިޒާ ވެކްސިންގެ 100،620 ޑޯޒް ވެކްސިނަކީ 2021 އާއި 2022 ޖެނުއަރީ މަހު ތެރޭގައި ރާއްޖެއަށް ހަދިޔާކުރި ޖުމުލަ 439،920 ޑޯޒުގެ ފައިޒާ ބަޔޯއެންޓެކްގެ ވެކްސިން ޕްރޮގްރާމްގެ ތެރެއިން އިތުރަށް ފޯރުކޮށްދޭ އެހީއެއް ކަމަށެވެ. ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިފަހުން އެމެރިކާއިން 7 މިލިއަން ޑޮލަރަށްވުރެއް ގިނަ ފައިސާއަށްވާ ތަކެތީގެ […]

އިންތިޚާބަކަށް ދާންނުޖެހި، ވަށަފަރު އަންހެނުން ކޮމެޓީ ގޮނޑި ޕީޕީއެމަށް
Thiladhunmathi News

އިންތިޚާބަކަށް ދާންނުޖެހި، ވަށަފަރު އަންހެނުން ކޮމެޓީ ގޮނޑި ޕީޕީއެމަށް

ހއ. ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރަކު އިންތިޚާބު ކުރުމަށް ހުޅުވާލި ބައި-އިލެކްޝަންގައި ވާދަކުރުމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، ކުރިމަތިލާފައި ވަނީ ހަމައެކަނި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓެއްކަމުން އިންތިޚާބަކަށް ދާންނުޖެހި، އެ ގޮނޑި އަށް ޕީޕީއެމްގެ ކެންޑިޑޭޓް ހޮވިއްޖެއެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ، އަންނަ ޖުލައި މަހުގެ 02 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އެ ކޮމިޝަނުން ޢިއުލާންކުރި ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައ...

ރައީސް އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކޮށްފި
Raajje

ރައީސް އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އަދި މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައިފިއެވެ. އެ މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. މި ގޮތުން ރޭ މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވި ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި 126 ބޭފުޅަކަށް ހަނދާނީ ފިލާ ދެއްވާފައިވާއިރު މި ބޭފުޅުންގެ ތެރެއިން މި ދުނިޔެ ދޫކުރައްވާފައިވާ 20 ބޭފުޅ...

މަކުނުދޫން ވަގުތީ ގޮތުން ހިލޭ ދަނޑުބިން ދޫކުރަނީ
Thiladhunmathi News

މަކުނުދޫން ވަގުތީ ގޮތުން ހިލޭ ދަނޑުބިން ދޫކުރަނީ

ހދ. މަކުނުދޫން ވަގުތީ ގޮތުން ދަނޑުބިން ދޫކުރަން އެރަށު ކައުންސިލުން ނިންމަވައިފިއެވެ. މަކުނުދޫ ކައުންސިލުން ވިދާޅުވީ މި ދަނޑުބިން ތައް ދޫކުރަން ނިންމެވީ ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރު ކުރެއްވުމަށް ކަމުގައެވެ. އެއް އަހަރު ދުވަހުގެ މުހުލަތަށް މި ބިންތައް ދޫކުރައްވަނީ ކޮންްމެ ގޭބިސީއަކަށް ދަނޑެއްގެ އުސޫލުން ކަމަށް އެރަށު ކައުންސިލުން ހާމަކޮށްފައި ވެއެވެ. މި ބިންތަކަކީ ހިލޭ ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަކަށް ވާއިރު، މިހާރު ދަނޑުބިން ގެންގުޅޭ ފަރާތްތަކަށް ވެސް ވަނީ ރި ރެޖިސްޓްރީ ކުރުމަށް ފ...

ށ. ފޭދޫގައި ފިރިމީހާ އަނބިމީހާގެ ބަނޑަށް ވަޅި ހަރައިފި
Thiladhunmathi News

ށ. ފޭދޫގައި ފިރިމީހާ އަނބިމީހާގެ ބަނޑަށް ވަޅި ހަރައިފި

ށ. ފޭދޫގައި ފިރިމީހާ، އަނބިމީހާ އަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުން ވިދާޅުވީ ރޭ 21:30 ހާއިރު ށ. ފޭދޫގައި ދެމަފިރިއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އަނބިމީހާއަށް ވަޅިން ހަމަލާދިނުމާ ގުޅިގެން 37 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ފޭދޫ ކައުންސިލްގެ ރައީސް އަހުމަދު ރައިޝަމް “ތިލަދުން” އަށް ވިދާޅުވީ، ރޭ 21:30 ހާއިރު އެ މައްސަލާގައި ޝާމިލްވާ ފިރިހެން މީހާގެ މަންމަ ގުޅާފައި އެގޭދޮށަށް އައިސްދިނުމަށް އޭނާ ގާތުގައި […]

ދިއްދޫ މިޑްލްސްޕޯޓްސް ކުލަބުން ފަތަން ދަސްކޮށްދޭން ޕްރޮގުރާމެއް ފަށަނީ
Thiladhunmathi News

ދިއްދޫ މިޑްލްސްޕޯޓްސް ކުލަބުން ފަތަން ދަސްކޮށްދޭން ޕްރޮގުރާމެއް ފަށަނީ

ހއ. ދިއްދޫ މިޑްލްސްޕޯޓްސް ކުލަބުން “ފަތަން ދަސްކުރަމާ 2022” ގެ ނަމުގައި ޕްރޮގުރާމެއް ބޭއްވުމަށް ނިންމައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިކަމަށްޓަކައި މިޑްލް ސްޕޯޓްސް ކްލަބުން ކުރި އިޢުލާނެއްގައި ބުނީ މި ޕްރޮގްރާމް ކުރިއަށްދާނީ އަންނަ ޖުލައި މަހުގެ 15 އިން ފެށިގެން އޮގަސްޓް މަހުގެ 2 ވަނަ ދުވަހާއި ހަމައަށް 20 ދުވަހުގެ މުއްދަތަކަށް ކަމަށެވެ. ދިއްދޫގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ މި ޕްރޮގްރާމުގައި ތިން ޢުމުރުފުރައަކުން ވަނީ ފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން […]

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކުރަނީ
Raajje

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކުރަނީ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އަދި މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. މިކަމާ ގުޅިގެން ބާއްވާ ޙަފްލާ އޮންނާނީ، މިރޭ 8.30 ގައި ސޯޝަލް ސެންޓަރުގައެވެ. މިރޭގެ ޙަފްލާގައި، 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދާއިމީ ވަޒީފާގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ހަނދާނީ ފިލާ އެރުއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައ...

މިއަދުން ފެށިގެން ގިނަ ބާވަތްތަކެއްގެ ޕްލާސްޓިކް ރާއްޖޭގައި މަނާ
Raajje

މިއަދުން ފެށިގެން ގިނަ ބާވަތްތަކެއްގެ ޕްލާސްޓިކް ރާއްޖޭގައި މަނާ

މިއަދުން ފެށިގެން ގިނަ ބާވަތްތަކެއްގެ ޕްލާސްޓިކް ރާއްޖޭގައި އުފެއްދުމާއި ގެންގުޅުމާއި ބޭނުންކުރުން މަނާކޮށްފިއެވެ. ގިނަ ޢަދަދެއްގެ ޕްލާސްޓިކް މިއަދުން ފެށިގެން ރާއްޖޭގައި މަނާވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ސޮއި ކުރައްވައި ގެޒެޓު ކުރެއްވި ގަރާރުގައި އެކަން އެގޮތަށް ކަނޑައެޅުއްވުމުންނެވެ.މި މިކަމާ ގުޅޭ ގޮތުން ރައީސް ޞާލިޙް ނެރުއްވި ޤަރާރުގައި މި މަހުން ފެށިގެން، ޕްލާސްޓިކުން ތައްޔާރު ކޮށްފައި ހުންނަ އެއްޗެއްހީގެ ތެރެއިން ތިމާވެއްޓަށް ގެއްލުންދޭ ސި...

ކުޑަކުދިންގެ ހެދިބޮޑުވުމާއި ތަރައްޤީއަށް އެޅިފައިވާ ހުރަސްތައް ނައްތާލަން ޕްރޮގްރާމެއް
Raajje

ކުޑަކުދިންގެ ހެދިބޮޑުވުމާއި ތަރައްޤީއަށް އެޅިފައިވާ ހުރަސްތައް ނައްތާލަން ޕްރޮގްރާމެއް

ކުޑަކުދިންގެ ހެދިބޮޑުވުމާއި ތަރައްޤީއަށް އެޅިފައިވާ ހުރަސްތައް ނައްތާލާ ޕްރޮގްރާމެއްގައި ރައީސްގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ރާއްޖޭގައި ހުންނަ ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް (ޔުނިސެފް) އޮފީހާ ގުޅިގެން “ޖޮއިންޓް ޕޮޒިޓިވް ޕޭރެންޓިންގ ޕްރޮގުރާމް” ގެ ނަމުގައި ކުރިއަށް ގެންދާ މި ކޮންފަރެންސް އިފުތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގަތީ ހު...

ކްރިމިނަލް ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައި ހުރި މައްސަލަތައް ނިންމުމުގެ މަސައްކަތް ފަށައިފި
Raajje

ކްރިމިނަލް ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައި ހުރި މައްސަލަތައް ނިންމުމުގެ މަސައްކަތް ފަށައިފި

ކްރިމިނަލް ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައި ހުރި މައްސަލަތައް ނިންމުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. ހަތަރު މަސް ދުވަހުގެ ތެރޭގައި މި މައްސަލަތަކުގެ ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ކްރިމިނަލް ކޯޓުގައި އާއްމުގޮތެއްގައި މައްސަލަ ތާވަލް ކުރާ ވަގުތުގެ އިތުރުން ރަސްމީ ކޮންމެ ދުވަހަކުވެސް މެންދުރު ދެއަކުން ހަވީރު ފަހަކާ ހަމައަށް މައްސަލަތައް ތާވަލް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާވެސް 2016 ވަނަ އަހަރުން ފެށިގެން ހުށަހެޅިފައިވާ 61 މައްސަލައެއް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލު ކޮށްފައެވ...

ކުމުންދޫ ޔޫތު ސްޕޯރޓްސް މަދަޙަ އަދި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި
Thiladhunmathi News

ކުމުންދޫ ޔޫތު ސްޕޯރޓްސް މަދަޙަ އަދި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ކުމުންދޫ ޔޫތު ސްޕޯރޓްސްގެ ޤުރުއާން މުބާރާތާއި މަދަޙަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ. އެގޮތުން ކޭ.ވައި.އެސް ރަންތަރި ޤުރުއާން މުބާރާތް 1443 ގެ މުޅިމުބާރާތުގެ ފަޚުރުވެރި އެއް ވަނަ ޙާޞިލް ކޮށްފައިވަނީ އަޝްފާ އަސްލަމެވެ. އަދި ކޭ.ވައި.އެސް މަދަހަ މުބާރާތް 1443 ގެ މުޅި މުބާރާތުގެ ފަޚުރުވެރި އެއް ވަނަ ޙާޞިލު ކުރި ފާތިމަތު ސުހާނާވަނީ ކޭ.ވައި.އެސް ރަންތަރި ޤުރުއާން މުބާރާތް 1443 ގެ މުޅި މުބާރާތުންވެސް ދެވަނަ ހޯދާފައެވެ. ރަންތަރި ޤުރުއާން މުބާރާތުގެ މުޅިމުބާރާތުން ތިންވަނަ ޙާޞިލު […]

ދިއްދޫ އަންހެނުންގެ ކޮމެޓީން އޮންލައިން ސްޕީޗް ތެރަޕީ ދިނުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދަނީ
Thiladhunmathi News

ދިއްދޫ އަންހެނުންގެ ކޮމެޓީން އޮންލައިން ސްޕީޗް ތެރަޕީ ދިނުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދަނީ

ހއ ދިއްދޫ އަންހެނުންގެ ކޮމެޓީން އިސްނަގައިގެން އޮންލައިންކޮށް ސްޕީޗް ތެރަޕީ ދިނުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމަށް ނިންމައިފިއެވެ. މި ފުރުޞަތު ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައި ވާއިރު، މިފަހަރު ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ މިދިޔަ ފެބްރުއަރީމަހު އެރަށު މިޑްލް ސްޕޯޓްސް ކްލަބުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން އައިމިނަތު ސަމާޙަތު ޝަރީފްގެ ޚިދުމަތް ހޯދި ފަރާތްތަކަށް އެކަންޏެވެ. އެހެންކަމުން މި ފުރުޞަތު ބޭނުންވާނަމަ 9 ޖ...

ޕާކިސްތާނުގެ ސަފީރު، ކުޅުފުއްފުށި ސިޓީ ކައުންސިލާ ބައްދަލު ކުރައްވައިފި
Thiladhunmathi News

ޕާކިސްތާނުގެ ސަފީރު، ކުޅުފުއްފުށި ސިޓީ ކައުންސިލާ ބައްދަލު ކުރައްވައިފި

ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު ވައިސް އެޑްމިރަލް ރިޓަޔާޑް އާތިރު މުޚުތާރު، ކުޅުފުއްފުށި ސިޓީއަށް ޒިޔާރަތް ކުރައްވައި ކުޅުފުއްފުށި ސިޓީ ކައުންސިލާ ބައްދަލު ކުރައްވައިފިއެވެ. ޕާކިސްތާނުގެ ސަފީރު މިއަދު ހެނދުނު ކުޅުދުއްފުއްޓަށް ޒިޔާރަތް ކުރެއްވުމުން އެ މަނިކުފާނަށް ކުޅުދުއްފުށީ އެއާޕޯޓުން މަރުހަބާ ވިދާޅުވީ މޭޔަރު މުހައްމަދު އާތިފާއި ކައުންސިލް މެމްބަރުންގެ އިތުރުން ސެކްރެޓަރީ ޖެނެރަލެވެ.  ޕާކިސްތާނު ސަފީރުގެ މިދަތުރުފުޅުގައި މިއަދުވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ތައުލީމީ ދާއިރާއާއި ސިއ...

ޞައްޙަނޫން ފޯމުތައް ހުށަހަޅާ ޕާޓީތައް ބޮޑެތި ޢަދަދުތަކުން ޖޫރިމަނާ ކުރަނީ
Raajje

ޞައްޙަނޫން ފޯމުތައް ހުށަހަޅާ ޕާޓީތައް ބޮޑެތި ޢަދަދުތަކުން ޖޫރިމަނާ ކުރަނީ

މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސިޔާސީ ޕާޓީތަކަށް މީހުންވައްދައި އިލެކްޝަންސް ކޮމިޝަނުގައި ރަސްމީކޮށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ސައްހަ ނޫން ކޮންމެ ފޯމަކަށް އެ ފޯމެއް ހުށަހެޅި ޕާޓީއެއް ދިހަ ހާސް ރުފިޔާއިން ޖޫރިމަނާ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢިލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮމިޝަނުން އެގޮތަށް ނިންމީ މިއަދު ކަމަށެވެ. ޕާޓީތަކުގެ އިތުރުން ކޮންމެ ޕާޓީއެއްގެ ރަޖިސްޓްރާ ވެސް އެފަދަ […]

ނެއްލައިދޫ ކައުންސިލް ކަޕް ސްޕޮންސާ ކުރަންއެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
Raajje

ނެއްލައިދޫ ކައުންސިލް ކަޕް ސްޕޮންސާ ކުރަންއެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

1443 ވަނަ އަހަރުގެ އަޟްހާ އީދު ދުވަހާއި ގުޅިގެން ހދ. ނެއްލައިދޫ ކައުންސިލުން ބާއްވާ ކައުންސިލްކަޕްގެ ފުޓްބޯޅަ އަދި ހޭންޑްބޯޅަ މުބާރާތް ސްޕޮންސާ ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވެއެވެ. އެގޮތުން ސްޕޮންސަރ ކުރެވޭނެ ކެޓަގަރީތަކަކީ ޓައިޓްލް ސްޕޮންސަރ 20 ހާސް ރުފިޔާ، މެއިން ސްޕޮންސަރ 15 ހާސް ރުފިޔާ، ކޯރ ސްޕޮންސާ 13 ހާސް ރުފިޔާ އަދި ސްޕޮންސަރ އަ ބޯޑް އެއްހާސް ރުފިޔާގެ ކެޓަގަރީއެވެ. މި މުބާރާތް ސްޕޮންސަރ ކުރުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކުން 15 […]