ހއ ދިއްދޫ އަންހެނުންގެ ކޮމެޓީން އިސްނަގައިގެން އޮންލައިންކޮށް ސްޕީޗް ތެރަޕީ ދިނުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމަށް ނިންމައިފިއެވެ.

މި ފުރުޞަތު ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައި ވާއިރު، މިފަހަރު ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ މިދިޔަ ފެބްރުއަރީމަހު އެރަށު މިޑްލް ސްޕޯޓްސް ކްލަބުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން އައިމިނަތު ސަމާޙަތު ޝަރީފްގެ ޚިދުމަތް ހޯދި ފަރާތްތަކަށް އެކަންޏެވެ.

Ad
rt

އެހެންކަމުން މި ފުރުޞަތު ބޭނުންވާނަމަ 9 ޖޫން 2022 ގެ ކުރިން ދިއްދޫ ކައުންސިލް އިދާރާއަށް ފޯމު ހުށަހަޅަން ޖެހެއެވެ.

މިކަމަށް އެދޭފޯމް ދިއްދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބޭނެ ކަމަށް ދިއްދޫ އަންހެނުންގެ ކޮމެޓީން ހާމަކުރެއެވެ.

ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި، ހއ.އަތޮޅު ކައުންސިލާއި ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެން އެރަށުގެ ހިލޭ ސާބަހަށް ގެންދިޔަ ސްޕީޗް ތެރަޕީ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ އޮކްޓޯބަރު 19 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

އައިޖީއެމްއެޗްގެ ސްޕީޗް ތެރަޕިސްޓް އައިމިނަތު ސަމާހަތު ޝަރީފްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ އިތުރުން ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 9 އިން ފެށިގެން 12 ގެ ދަރިވަރުންނަށް ކެރިއަ ގައިޑެންސްއާއި ގުޅޭ ސެޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު، ދިއްދޫގައި ހުންނަ ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރުންނަށާއި ބެލެނިވެރިންގެ އިތުރުން އާންމުންނަށް ބައިވެރި ވެވޭގޮތަށް ދެ ސެޝަން ވަނީ ކުރިއަށް ގެންގޮސްފައެވެ.