ހއ. ދިއްދޫ މިޑްލްސްޕޯޓްސް ކުލަބުން "ފަތަން ދަސްކުރަމާ 2022" ގެ ނަމުގައި ޕްރޮގުރާމެއް ބޭއްވުމަށް ނިންމައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިކަމަށްޓަކައި މިޑްލް ސްޕޯޓްސް ކްލަބުން ކުރި އިޢުލާނެއްގައި ބުނީ މި ޕްރޮގްރާމް ކުރިއަށްދާނީ އަންނަ ޖުލައި މަހުގެ 15 އިން ފެށިގެން އޮގަސްޓް މަހުގެ 2 ވަނަ ދުވަހާއި ހަމައަށް 20 ދުވަހުގެ މުއްދަތަކަށް ކަމަށެވެ.
ދިއްދޫގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ މި ޕްރޮގްރާމުގައި ތިން ޢުމުރުފުރައަކުން ވަނީ ފުރުޞަތު ހުޅުވާލާފައެވެ.
އެގޮތުން 8 އަހަރާއި 14 އަހަރާއި ދެމެދުގެ ޢުމުރުފުރައާއި، 18 އަހަރުން މަތީގެ ޢުމުރުފައިގެ އިތުރުން ހިމެނެނީ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ހުރިހާ ޢުމުރެއްގެ މީހުންނަށްވެސް މި ޕްރޮގްރާމުގައި ބައިވެރި ވެވޭނެއެވެ.
ހެނދުނާއި ހަވީރު ކުރިޔަށްދާ މި ޕްރޮގްރާމްގައި ކޮންމެ ބައިވެރިއަކަށްވެސް ދުވާލަކު އެއް ގަޑިއިރުގެ ސެޝަނެއް ފަތަން ދަސްކޮށްދިނުމުގެ ސެޓިފިކެޓް ލިބިލައްވާފައިވާ އިނިސްޓްރަކްޓަރުން ނަގައިދޭނެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް މިމަހުގެ 15 ވަނަ ދުވަހުގެ ހަވީރު 4 ޖެހުމުގެ ކުރިން ދިއްދޫ ޕޮލިސް ސްޓޭޝަނަށް ފޯމު ހުށަހެޅުމަށް ހއ. ދިއްދޫ މިޑްލްސްޕޯޓްސް ކުލަބުން ވަނީ އެދިފައެވެ.
މިއީ ހއ. ދިއްދޫ މިޑްލްސްޕޯޓްސް ކުލަބުން އިސްނަގައިގެން ދިއްދޫ ކައުންސިލާއި، ދިއްދޫ ޕޮލިސް ސްޓޭޝަނުގެ އިތުރުން ސްވިމިންގ އެސޯސިއޭޝަން އޮފް ދި މޯލްޑިވްސް ގުޅިގެން ހިންގާ ޙަރަކާތެއް ކަމަށް މިޑްލް ސްޕޯޓްސް ކްލަބުން ހާމަކުރެއެވެ.
މި ޕްރޮގްރާމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނީ 9949379 ނަންބަރު ފޯނުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!