Skip to main content

ސަނިއްޔާ އަބޫބަކުރު

Viewer
🇲🇻 ތިލަދުން Desk
246 Stories
12 Reads

Published on ތިލަދުން (Thiladhun) by ސަނިއްޔާ އަބޫބަކުރު

ތިލަދުންމަތިން ފެށިގެން ކ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި
Raajje

ތިލަދުންމަތިން ފެށިގެން ކ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ކ.އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން މި އަތޮޅުތަކަށް ޔެލޯ އެލާރޓް ނެރެފައިވަނީ މިރޭ 22:45 އިން ދަންވަރު 01:30 އާއި ހަމަ އަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާޢްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މި އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި […]

މިއަހަރުގެ އަމީރުލް ޙައްޖަކަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު
Raajje

މިއަހަރުގެ އަމީރުލް ޙައްޖަކަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު

އަމީރުލްޙައްޖުގެ ގޮތުގައި މި އަހަރު ވަޑައިގަންނަވާނީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. މިކަން ހާމަ ކުރައްވައި ރައީސް އޮފީހުން ވިދާޅުވީ އަމީރުލް ޙައްޖުގެ ގޮތުގައި އިސްލާމިކް މިނިސްޓަރު ހަމަޖެއްސެވީ މި އަހަރު ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށް ކަމަށެވެ. އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާ...

ހައިކޯޓުގެ ފަނޑިޔާރު ޢަބްދުއްރައޫފް އިސްތިއުފާ ދެއްވައިފި
Raajje

ހައިކޯޓުގެ ފަނޑިޔާރު ޢަބްދުއްރައޫފް އިސްތިއުފާ ދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ހައިކޯޓުން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލް ރައޫފު އިބްރާހީމް އިސްތިއުފާ ދެއްވާފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ވޭތުވެދިޔަ 11 އަހަރު ފަނޑިޔާރުކަމުގެ މަގާމުގައި އަލްއުސްތާޛު ޢަބްދުލް ރައޫފު އިބްރާހީމް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތަށް ހައިކޯޓުން ވަނީ ޝުކުރު ދަންނަވާފައެވެ. ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމް މަޤާމުން އިސްތިއުފާ ދެއ...

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އިންސާނީ ދަރިފަސްކޮޅުގެ ދެމިއޮތުމަށް ނުރައްކާ ތިމާވެށީގެ މައްސަލައެއް: ރައީސް
Raajje

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އިންސާނީ ދަރިފަސްކޮޅުގެ ދެމިއޮތުމަށް ނުރައްކާ ތިމާވެށީގެ މައްސަލައެއް: ރައީސް

ބައިނަލް އަޤްވާމީ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް މިއަހަރު ދުނިޔޭގައި ފާހަގަ ކުރަމުންދަނީ އިންސާނީ ދަރިފަސްކޮޅު މި ބިންމަތީގައި ދެމިއޮތުމަށް ނުރައްކާކުރާ ތިމާވެށީގެ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް އިބްރާހީމް މިހެން ވިދާޅުވީ، ބައިނަލް އަޤްވާމީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ދުންފަތަކީ އޭގެ ބޭނުންކ...

މާލެ ސަރަޙައްދުގައި ކުނިން ކަރަންޓް އުފެއްދުމަށް 2.3 ބިލިޔަން ރުފިޔާގެ ބިޔަ މަޝްރޫޢެއް ފަށަނީ
Business

މާލެ ސަރަޙައްދުގައި ކުނިން ކަރަންޓް އުފެއްދުމަށް 2.3 ބިލިޔަން ރުފިޔާގެ ބިޔަ މަޝްރޫޢެއް ފަށަނީ

އަންނަ އަހަރު މާލެ ސަރަޙައްދުގައި ކުނިން ކަރަންޓް އުފެއްދުމަށް 2.3 ބިލިޔަން ރުފިޔާގެ ބިޔަ މަޝްރޫޢެއް ފައްޓަވާނެ ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ހާމަ ކުރައްވައިފިއެވެ. މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީ އާމިނަތު ޝައުނާ ވިދާޅުވީ، އަންނަ އަހަރު މާލެ ސަރަޙައްދުގައި ފައްޓަވާ މި މަޝްރޫޢަކީ 2.3 ބިލިޔަން ރުފިޔާގެ ބިޔަ މަޝްރޫޢެއް ކަމަށާއި، މި ނިޒާމު މެދުވެރިކޮށް ދުވާލަކު 10 މެގަވޮޓާއި 12 މެގަވޮޓާ ދެމެދުގެ ކަރަންޓު […]

މިލަންދޫ ސްކޫލްގެ އަލިމަސްޔޫބީލާ ގުޅިގެން ލޯގޯ ފަރުމާކުރުމުގެ ފުރުސަތު މުޅި ރާއްޖެއަށް
Thiladhunmathi News

މިލަންދޫ ސްކޫލްގެ އަލިމަސްޔޫބީލާ ގުޅިގެން ލޯގޯ ފަރުމާކުރުމުގެ ފުރުސަތު މުޅި ރާއްޖެއަށް

ށ. މިލަންދޫ ސްކޫލްގެ އަލިމަސްޔޫބީލާ ގުޅިގެން ލޯގޯ ފަރުމާކުރުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން މިލަންދޫ ސްކޫލުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ސުކޫލުގެ 75 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ލޯގޯ ފަރުމާކުރުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލާފައި ވާކަމަށާއި ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލޯގޯއެއް ހުށަހެޅޭނެ ކަމަށެވެ. މިގޮތުން އެއްވަނަ އަށް ހޮވޭ ލޯގޯ ފަރުމާކުރާ ފަރާތަކަށް ފައިސާގެ އިނާމެއްގެ އިތުރުން އަގު ވަޒަން ކުރުމުގެ ގޮތުން އެވޯޑެއް އަރުވާނެ […]

އިޒްރޭލުގެ ފައުޖުތަކުގެ ނިވަލުގައި ޔަހޫދީން މަސްޖިދުލް އަޤްޞާއަށް ވަދެ ޙުރުމަތް ކަނޑައިފި
International

އިޒްރޭލުގެ ފައުޖުތަކުގެ ނިވަލުގައި ޔަހޫދީން މަސްޖިދުލް އަޤްޞާއަށް ވަދެ ޙުރުމަތް ކަނޑައިފި

އިޒްރޭލު ސިފައިންގެ ފައުޖުތަކުގެ ނިވަލުގައި ޔަހޫދީންގެ ގިނަބަޔަކު މަސްޖިދުލް އަޤްޞާއަށް ވަދެ މިސްކިތުގެ ޙުރުމަތް ކަނޑައިފިއެވެ. އެގޮތުން އެތައް ހާސް ޔަހޫދީންނެއްވަނީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމަށްވާ މަސްޖިދުލް އަޤްޞާއަށް ވަދެގަނެ މިސްކިތުގައި ނަމާދަށް ތިބި މުސްލިމުންނަށް ޙަމަލާދީ މިސްކިތް ތެރޭގައި ލޭއޮހޮރުވާފައެވެ. 1967ވަނަ އަހަރު ތެރޭގައި އިސްރާއީލުގެ ބާރުގެ ދަށަށް ޤުދުސް ގެނެވުމުގެ ކާމިޔާބީ ފާހަގަ ކުރުމަށް ކޮންމެ އަހަރަކުވެސް ޔަހޫދީން ބޮޑެތި އެއްވުންތައް ބާއްވައެވެ...

ވިއަވަތި ކޮންފަރެންސް ނިމުނުއިރު ޙައްލުކުރަންޖެހޭ މައްސަލަ ފުންޏެއް
Report

ވިއަވަތި ކޮންފަރެންސް ނިމުނުއިރު ޙައްލުކުރަންޖެހޭ މައްސަލަ ފުންޏެއް

ވިޔަވަތި ކޮންފަރެންސަކީ ވަރަށް ކާމިޔާބު ކޮންފަރެންސެއް ކަމަށާއި މިކޮންފަރެންސް މެދުވެރިކޮން ހައްލު ކުރަންޖެހޭ ވަރަށް ގިނަ ކަންކަން ހުރިކަމަށާއި އެކަންކަމަށް ހައްލު ހޯއްދަވައިދެއްވާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. ވިއަވަތި ކޮންފަރެންސްގެ މައްޗަށް އަލިއަޅުއްވާ ލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މި ކޮންފަރެންސްގައި ޖުމްލަގޮތެއްގައި ހުރިހާ ކައުންސިލްތަކާއި ޑަބްލިޔޫ.ޑީ.ސީ ތަކުންވެސް ކުރިމަތިކުރީ ގާތްގަނޑަކަށް ހަމަ އެއް މައްސަ...

ރައީސްގެ ހާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕަށް ފުރުޞަތު ހުޅުވާލައިފި
Raajje

ރައީސްގެ ހާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕަށް ފުރުޞަތު ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕަށް ފުރުޞަތު ހުޅުވާލައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަކީ ދިވެހިރާއްޖޭގެ ސްކޫލް މަދަރުސާތަކުން މަތީ ސާނަވީ އިމްތިޙާނު ނިންމާ ދަރިވަރުންގެ ތެރެއިން ޖީ.ސީ.ސީ އޭ ލެވެލްގެ 3 މާއްދާއިންނާއި އެޗް.އެސް.ސީ ގެ ދިވެހި، އިސްލާމް މި ދެމާއްދާއިން “އޭ ސްޓަރ” ހާޞިލްކޮށްފައިވާ ނުވަތަ ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލް މަދަރުސާއަކުން ޝަހާދާ ސާނަވީ ނިންމައި ހުރިހާ މާއްދާއަކުން “އޭ ސްޓަރ” ހާޞިލުކ...

ފޯކައިދޫ ނެރުމައްޗަށް ހުރަސްވި ބާޖު ފުންކޮށްފި
Thiladhunmathi News

ފޯކައިދޫ ނެރުމައްޗަށް ހުރަސްވި ބާޖު ފުންކޮށްފި

ށ. ފޯކައިދޫ ނެރުމައްޗަށް ހުރަސްވި ބާޖު ފުންކޮށްފިއެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ފޯކައިދޫ ކައުންސިލުގެ ނައިބު ރައީސް މުޙައްމަދު ސަލީމް ވިދާޅުވީ ރޭ މެންދަމު އައި ކޮޅިގަނޑެއްގައި ފޯކައިދޫ ބަނދަރު ހެދުމަށް ބޮޑު ހިލަ ހިފައިގެން އައިސް ފަޅުންބޭރުގައި އަޅާފައި އޮތް ބާޖެއް ރަށުގެ ނެރުމައްޗަށް ހުރަސްވެ ބަނދަރަށް ވަދެނިކުމެ އުޅުމަށް ދަތިވި ކަމަށެވެ. އެހެންނަމަވެސް މިއަދު ހެނދުނު 10 ޖަހާކަންހާއިރު އެ ބާޖު ފުންކޮށްފައި ވާކަމަށާއި އެ މައްސަލަ މިހާރު ޙައްލުވެފައި ވާކަމަށް ކައުންސިލުގެ ނައިބު […]

މިހާތަނަށް ހުށަހެޅުނު 55 ލޭންޑު ޔޫސް ޕްލޭނުން ފާސްވީ ހަތް ޕްލޭން: ޕްލޭނިންގ މިނިސްޓްރީ
Raajje

މިހާތަނަށް ހުށަހެޅުނު 55 ލޭންޑު ޔޫސް ޕްލޭނުން ފާސްވީ ހަތް ޕްލޭން: ޕްލޭނިންގ މިނިސްޓްރީ

ލޭންޑު ޔޫސް ޕްލޭން އެކުލަވާލައި ފާސްކުރުމަށް މިހާތަނަށް ހުށަހެޅުނު 55 ރަށެއްގެ ލޭންޑު ޔޫސް ޕްލޭންގެ ތެރެއިން  ފާސްވީ އެންމެ ހަތް ޕްލޭން ކަމަށް ޕްލޭނިންގ މިނިސްޓްރީން ހާމަކުރައްވައިފިއެވެ. ލޯކަލް ކައުންސިލުތަކަށް ކުރިމަތިވާ ދަތިތަކަށް ޙައްލު ހޯދުމަށް އުކުޅަހުގައި މިހާރު ކުރިއަށްދާ ވިއަވަތި ކޮންފަރެންސްގައި މަޢުލޫމާތު ދެއްވަމުން ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ ވުޒާރާއަށް މިހާތަނަށް ފާސްކުރުމަށް ލޭންޑު ޔޫސް ޕްލޭން ހުށައެޅީ 55 ރަށަކުން ކަމަށާއި، އޭގެތެރެއިން މިހާތަަނަށް ފާސްކުރެ...

ރާއްޖޭގެ އެންމެ އުތުރު ފާހަގަ: ތިލަދުންމަތީ ތުރާކުނު ބައްތިވެސް ނެތިދަނީ؟
Thiladhunmathi News

ރާއްޖޭގެ އެންމެ އުތުރު ފާހަގަ: ތިލަދުންމަތީ ތުރާކުނު ބައްތިވެސް ނެތިދަނީ؟

ތިލަދުންމަތީ އުތުރުބުރީ ތުރާކުނަކީ ދިވެހިރާއްޖޭގެ އެންމެ އުތުރުގައި އޮންނަ މީހުން ދިރިއުޅޭ ރަށެވެ. މިއީ ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ސާދަ ރަށުގެ ތެރެއިން ވެސް ފުރަތަމަ ރަށެވެ. ޖިއޮގްރަފީގޮތުންވެސް ތުރާކުނަކީ އިހަވަންދިއްޕޮޅު އަތޮޅުގެ ފުރަތަމަ ރަށެވެ. ތުރާކުނަކީ އިހުގައި ދިވެހިންގެ ނަމަވެސް ފަހުގައި އިންޑިއާގެ މަލިކާއި އެންމެ ކައިރީގައި އޮންނަ ދިވެހިރާއްޖޭގެ ހިކިފަސްބިމެވެ. ކުރިން ދިވެހިރާއްޖޭގެ ރަށެއްގެ ގޮތުގައި މަލިކު އޮތްއިރު ދެރަށުގެ މެދުގައި ސީދާ ވިޔަފާރިކަމުގެ ގުޅުމާއި އުޚުއްވަތްތެރިކަމުގެ...

އަތޮޅު ފިހާރަތަކުގެ ކުލި ކައުންސިލުތަކަށް ދިނުމަށް ނިންމަވައިފި
Raajje

އަތޮޅު ފިހާރަތަކުގެ ކުލި ކައުންސިލުތަކަށް ދިނުމަށް ނިންމަވައިފި

އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލަރުން އެދޭ ގޮތަށް ކައުންސިލްތަކަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ. އެ މަނިކުފާނު އެ ގޮތަށް ނިންމެވީ އއ. އުކުޅަހުގައި ކުރިއަށް ގެންދާ “ވިޔަވަތި” ކޮންފަރެންސްގައި ކައުންސިލްތަކުން ހުށަހެޅި ކަންބޮޑުވުންތަކާއި ޝަކުވާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. 2014 ވަނަ އަހަރުން ފެށިގެން މި ވެރިކަން އައުމާ ހަމައަށް ކައުންސިލްތަކަށް އަތޮޅު ފިހާރަތަކުގެ ކުލި ލިބިފައެއް ނުވެއެވެ. އަދި މި ވެރިކަމުގައި 2014 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ...

ޔަހޫދީންނަށް މަސްޖިދުލް އަޤްޞާގައި އަޅުކަން ނުކުރެވޭނެ: ޤުދުސް ޑިސްޓްރިކްޓް ކޯޓު
International

ޔަހޫދީންނަށް މަސްޖިދުލް އަޤްޞާގައި އަޅުކަން ނުކުރެވޭނެ: ޤުދުސް ޑިސްޓްރިކްޓް ކޯޓު

ޔަހޫދީންނަށް މަސްޖިދުލް އަޤްޞާގައި އަޅުކަން ނުކުރެވޭނެ ކަމަށް ޤުދުސް ޑިސްޓްރިކްޓް ކޯޓުން ޙުކުމް ކުރައްވައިފިއެވެ. ޔަހޫދީންނަށް މަސްޖިދުލް އަޤްޞާގައި އަޅުކަން ކުރެވޭގޮތަށް ޤުދުސްގެ މެޖިސްޓުރޭޓު ކޯޓުން ކުރިން ކޮށްފައިވާ ޙުކުމު ބާޠިލު ކުރައްވައި ޤުދުސް ޑިސްޓްރިކްޓް ކޯޓުން އިއްވެވި ޙުކުމުގައި ޑިސްޓުރިކްޓު ކޯޓުން ވިދާޅުވެފައިވަނީ މަސްޖިދުލް އަޤްޞާ ހުންނަ ބިމަކީ ޔަހޫދީންނަށް ޚާއްޞަ ބިމެއްކަމަށް އިންކާރު ކުރެވެން ނެތްކަމަށެވެ. އެހެންނަމަވެސް އިސްކަންދޭން ޖެހޭނީ ޢާއްމު މަސްލަހަތަށް ކަމަށާއި އެހެންކަމުން...

ބަނގުރާ ނުވިއްކިޔަސް ފަތުރުވެރިކަން ފުޅާކުރެވޭނެ: ސައޫދީ
International

ބަނގުރާ ނުވިއްކިޔަސް ފަތުރުވެރިކަން ފުޅާކުރެވޭނެ: ސައޫދީ

ބަނގުރާ ނުވިއްކާވެސް ފަތުރުވެރިކަން ފުޅާކުރެވޭނެ ކަމަށް ސަޢޫދީޢަރަބިއްޔާއިން ބުނެފިއެވެ. ސަޢޫދީޢަރަބިއްޔާއިން މިހެން ބުނެފައިވަނީ ވޯރލްޑް އިކޮނޮމިން ފޯރަމުން ބޭއްވި ޕެނަލް ޑިސްކަޝަނަނެއްގައި އެ ޤައުމަށް އަމާޒުކޮށް ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން މި ފޯރަމްގައި ސައުދީ އަރަބިއްޔާ ފަތުރުވެރިކަމަށް ހުޅުވާލަމުންދާއިރު، އަވައްޓެރި ޤައުމުތައް ފަދައިން ފަތުރުވެރިންގެ ޝައުގުވެރިކަން އިތުރުކުރުމަށް ބަނގުރާ ވިއްކުމުގެ ފުރުސަތު ލިބިދާނެތޯ، ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ސަޢޫދީޢަރަބިއ...