މިއަދުން ފެށިގެން ގިނަ ބާވަތްތަކެއްގެ ޕްލާސްޓިކް ރާއްޖޭގައި އުފެއްދުމާއި ގެންގުޅުމާއި ބޭނުންކުރުން މަނާކޮށްފިއެވެ.
ގިނަ ޢަދަދެއްގެ ޕްލާސްޓިކް މިއަދުން ފެށިގެން ރާއްޖޭގައި މަނާވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ސޮއި ކުރައްވައި ގެޒެޓު ކުރެއްވި ގަރާރުގައި އެކަން އެގޮތަށް ކަނޑައެޅުއްވުމުންނެވެ.މި
މިކަމާ ގުޅޭ ގޮތުން ރައީސް ޞާލިޙް ނެރުއްވި ޤަރާރުގައި މި މަހުން ފެށިގެން، ޕްލާސްޓިކުން ތައްޔާރު ކޮށްފައި ހުންނަ އެއްޗެއްހީގެ ތެރެއިން ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕާލްސްޓިކުގެ ތެރެއިން ތޭރަ ބާވަތެއްގެ ތަކެތި ރާއްޖޭގައި އުފެއްދުމާއި ރާއްޖޭގެ ބާޒާރަށް ނެރުންވެސް މަނާ ކުރައްވާފައިވެއެވެ.
އެގޮތުން ދިޔާތަކެތި ބުއިމަށް ބޭނުން ކުރާ، އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދާފައި ހުންނަ ޕްލާސްޓިކް ހޮޅިއާއި ޕްލާސްޓިކުން ހަދާފައި ހުންނަ ކާތައްޓާއި ސަމުސަލާއި ވަޅިއާއި އުލުގެ އިތުރުން ދިޔާތަކެތި ގިރުމަށް ބޭނުން ކުރާ ޕްލާސްޓިކް ދަނޑިކޮޅު ހިމެނޭހެން، ގިނަ އަދަދެއްގެ ޕްލާސްޓިކް ތަކެތި ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން މަނާވާނެއެވެ.
މިއަދުން ފެށިގެން އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރޭގައި
- ކާބޯތަކެތި ބަންދު ކުރާ ސްޓައިރަފޯމް ފޮށި
- ބާޒާރު ކުރަން ބޭޏުން ކުރާ 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު (އޮކްސޯޑީގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގެ ނެތިފަނާވާ (ޑީގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭ ގޮތަށް)
- ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓު ކުރާ ސުޕާރީ
- 250 މިލިމީޓަރަށްވުރެ ކުޑަ، އެއްފަހަރު ބޭނުން ކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުން ކުރާ ޕްލާސްޓިކް ތަށި
ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު - 50 މިލިލީޓަރާއި 50 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަން ހިމެނެއެވެ.
މީގެއިތުރުން މި މަހުން ފެށިގެން އުފެއްދުން މަނާ އަދި އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބާޒާރަށް ނެރުން މަނާ ކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރޭގައި
- ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ ފެން
- ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް (ފެން ފިޔަވައި)
މި އަހަރުގެ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އުފެއްދުން މަނާ އަދި އަންނަ އަހަރުގެ މާޗް މަހުން ފެށިގެން ބާޒާރަށް ނެރުން މަނާ ކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ބާޒާރު ކުރަން ބޭނުން ކުރާ 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅާއި 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ކުދި ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނާ އަދި ލޯޝަންފުޅި ހިމެނެއެވެ.
މީގެ އިތުރުން، ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ އެއް ލީޓަރާއި އެއް ލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ ފެން ފުޅިވެސް ބޭނުން ކުރުން މަނާ ކޮށްފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، ދިވެހިރާއްޖެއަށް އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއްގެ ގޮތުގައި ބަޔާންކޮށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!