ސުޕްރީމްކޯޓަށް އެމްޑީއެން ފައުންޑަރުން އައްޔަންކޮށްފަ ދެން ކުއްވެރި ކުރުމަކީ ޖޯކެއްކަމަށް ނޮޅިވަރަން ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ނަޝީދު މޮސްޓާ ވިދާޅުވެއްޖެ އެވެ.

މޮސްޓަރ ވިދާޅުވެފައިވަނީ ސުޕްރީމްކޯޓަށް އެމްޑީއެން ފައުންޑަރުން އައްޔަންކޮށްފަ، މަތީބާރުތައްދީފަ، އެމްޑީޕީ މެންބަރުން މިއަދު މިކަން ކުއްވެރިކުރުމަކީ ބޮޑު ޖޯކެއް. ލާދީނީ ލީޑަރު ޖަހާހާ ބެރަކަށް ނަށާންވެއްޖެނަމަ މިގައުމު އަމާން އައްސޭރިއަކަށް ނުދާނެ، މީކީ އާދައިގެ ކަމެއްނޫން، ފޮރުވިފައިވާ ބައިވަރުކަންކަން އެބަހުރި

Ad
d

މޮސްޓަރ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މޮސްޓަރ ވަނީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅިގެން ކުއްލި މައްސަލައެއް މަޖްލިސްއަށް ހުށަހަޅުއްވަން ނިންމަވާފައެވެ.

Ad
df

މި ލާދީނީ ރިޕޯޓާއި ގުޅިގެން ދީނީ އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މީގެ ތެރޭގައި އެމްޑީޕީގެ ބައެއް މަޖްލިސް މެމްބަރުންނާއި އެ ޕާޓީގެ ބައެއް ސަޕޯޓަރުން ހިމެނެއެވެ.