އެމްޑީއެން އުވާލުމަށް ގޮވާލާ ހަދާފައިވާ އޮންލައިން ޕެޓިޝަނެއް ވަރަށް ބާރަށް އެބަ ކުރިޔަށް ދެއެވެ.
މިއަދު ފެށި މި ޕެޓިޝަންގައި މިހާތަނަށް ޖުމްލަ 3,485 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެ، އެމްޑީއެން އުވާލުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އަށް ގޮވާލާފައެވެ.
އިއްޔެ އެމްޑީއެން އިން ނެރުނު ރިޕޯޓަކީ އެ ޖަމިއްޔާއިން 2015 ވަނަ އަހަރު ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި ކޮށްފައިވާ ދިރާސާއެކެވެ. އެ ރިޕޯޓުގައި ކީރިތި ޤުރްއާނާއި ސުންނަތާ ހިލާފު ވާހަކަތައް ހުއްޓެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
މި ލާދީނީ ރިޕޯޓާއި ގުޅިގެން ދީނީ އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.-
ދީނަށް ފުރައްސާރަކޮށް އެމްޑީއެން އިން ރިޕޯޓް ނެރުމުން އެމައްސަލަ ބަލަން އިސްލާމިކް މިނިސްޓްރީން ފުލުސް އޮފީހުގައި ވަނީ އެދިފައެވެ. އަދި އެ ރިޕޯޓް ނެރުނު ފަރާތްތަށް ހައްޔަރު ކުރުމަށް ވެސް ބައެއް އިލްމުވެރިން ދަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި އިސްލާމީ މަރުކަޒުގެ އިމާމް ވެސް ހިމެނިވަޑައިގަންނަވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!