ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އޮތް ގޮތް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލަށް ފުރައްސާރަވާފަދަ ބަހުރުވަ ހުރި މައްސަލަ ހޫނުވެފައިވާ މިދަނޑިވަޅުގައި، ތިލަދުންމަތީ ތަމްސީލުކުރައްވާ ބައެއް ރައްޔިތުންގެ މަންދޫބުން އެބޭފުޅުންގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިމައްސަލައާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، ކުޅުދުއްފުށީ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ޔާސިރު އަބުދުލް ލަޠީފު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ، لله ގެ ރަސޫލާ محمد ﷺ އަށް ބަދުބަސްބުނެ، އެކަލާނގެ ބާއްވައިލެއްވި ކީރިތި ޤްރުއާނަން ހަޖޫޖެހުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއްނޫންކަމަށާއި އަދި މިއަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. މި މައްސަލަ ތަހުޤީޤު ކުރެވި މިހާރުން މިހާރަށް ހުއްޓުވެންޖެހޭކަމަށެވެ.

Ad
d

މިމައްސަލައާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، މަކުނުދޫ ދާއިރާ ތަމުސީލުކުރައްވާ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު ރާއީ އެމަނިކުފާނުގެ ޓުވީޓާގައި މިހާރު ނޫހުން މިމައްސަލައާއިގުޅިގެން ގެނެސްދީފައިވާ ޚަބަރެއް ޝެއަރކުރައްވާފައި ވިދާޅުވެފައިވަނީ، މީތަކުރާރުވެގެން ވާންޖެހޭނެ ކަމެއްނޫންކަމަށްވިދާޅުވެ، އެމަނކިފާނުވަނީ ﷲގެ ހަޟުރަތުންވާގިއެދި އަޅުގަނޑުމެންނަށް ކަންކަމުގައި ސާބިތުކަންދެއްވުންއެދި ދުޢާދަންނަވާފައެވެ.

އިހަވަންދޫ ދާއިރާ ތަމުސީލުކުރައްވާ ރައްޔިތުންގެ މަޖިލިސް މެންބަރު މިމައްސަލައާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، ކުރެއްވި ޓުވީޓެއްގައިވަނީ އެމްޑީއެންގެ ރިޕޯރޓް ހަރުކަށި އިބާރާތުން ކުއްވެރި ކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި އިސްލާމްދީނަށް ފުރައްސާރަކުރުން ބަލައިނުގަނެވޭނެ ކަމަށާއި، މިފަދަ ފަރާތްތައް ދިވެހިރާއްޖެގައި މަނާކުރަންޖެހޭކަމަށް ވިދާޅުވެ އެމަނިކުފާނުވަނީ ޓުވީޓުގައި މޯލްޑިވްސް ޕޮލިސް އަދި އެމްޑީއެން ޓެގްކުރައްވާފައިވެއެވެ.

މިމައްސަލައާއި ގުޅިގެން ނޮޅިވަރަމް ދާއިރާ ތަމުސީލުކުރައްވާ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު ނަޝީދުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާ، މިމައްސަލަ ކުއްވެރި ކުރައްވައި ޓުވީޓު ކުރައްވާފައެވެ.

18 ވަނަ ރައްޔިތުންގެ މަޖިލިސްގައި ވައިކަރަދޫދާއިރާ ތަމުސީލު ކުރެއްވި އެދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު ނާޒިމުވެސްވަނީ މިމައްސަލައާއިގުޅިގެން މިމައްސަލަ ހަރުކަށި އިބާރާތުން ކުއްވެރިކުރައްވައި، ސަތޭކަ އިންސައްތަ މުސްލިމު ޤައުމެއްގައި މާތްނަބިއްޔާގެ މަތިވެރި ސުންނަތަށް މަލާމާތާއި ފުރައްސާރަ ކުރެވިގެންވާނެ ކަމަށް ޤަބޫލު ނުކުރައްވާކަމަށްވިދާޅުވެ، މާފުކުރާށޭ ބުނުމަކުން ނުފުދޭކަމަށާއި، ސަހިންދާ ކުއްޤަބޫލުކޮށްފާވާތީ ތައުބާވާން ޖެހޭކަމަށް ވިދާޅުވެ، އެމަނކުފާނުގެ ފޭސްބުކް ވޯލުގައި ޕޯސްޓެއް ކުރައްވާފައެވެ.

Ad
df

ހއ ހދ ގައި 13 މެންބަރުން ތިބަވައެވެ.