ރަތްކުލައިގެ ހެދުންތައް ލައިގެން ތިބި ފޮޓޯތަކުން މުޅި މީސް މީޑިޔާ ފުރާލައިފިއިފިއެވެ. "އަހަރެންގެ ހިތް، ތިބާގެ ހިތް- ދުޅަހެޔޮ ހިތަކަށް ވައުދުވަމާ"، މި ޝީޔާރުން މުޅި މީސް މީޑިޔާ ގުގުމާލައިފިއެވެ. އެންމެން އެކުވެ އަދު މި ރަމްޒުކޮށްދެނީ އެކައްޗެކެވެ. އާދެ! މިއަދަކީ ބައިނަލްއަޤްވާމީ ހިތުގެ ދުވަހެވެ.
އާދޭހެވެ. ދިވެހި މު ކުޑަކުޑަ މުޖުތަމައުގައިވެސް މިއަދު މި ވަނީ ހިތުގެ ބަލި، އާންމު ކަމަށްކަށް ވެފައެވެ. އިހަށް ހިތުގެ ބައްޔެއް ނުވަތަ ހާޓް އެޓޭކެއްގެ ވާހަކަ އިވެނީ ދަމަކުން ބަޑިއެއް ޖަހާލާހެނެވެ. އެހެނަސް އަދު، ހިތުގެ ބަލިތައް ވަރަށް ގިނަ އެވެ. ހިތުގެ މައްސަލަތަކާ އެކު އުފަންވާ ކުޑަކުދިންގެ އަދަދު ވެސް ނިސްބަތުން މަދެއް ނޫނެވެ. ޅައުމުރުގައި ހާޓް އެޓޭކާއި ހިތުގެ އެހެން މައްސަލަތައް ޖެހުން އާންމުވެފައިވާ މިންވަރަށް ބަލާއިރު އެއީ ދިވެހިންނަށް އޮތް ސިއްހީ ބޮޑު ނުރައްކަލެއްގެ ގޮތުގައި ގުނާލެވެއެވެ. ވީއިރު، ދިވެހިން ހިތާއި ބެހޭގޮތުން އަދި ހިތުގެ ބަލިތަކާއި ބެހޭގޮތުން ހޭލުންތެރިވާން އެބަޖެހެއެވެ.
It’s #WorldHeartDay ❤️ and we encourage everyone to explore more ways to improve your heart health and raise awareness on how to create healthier environments. @TinyHeartsMV pic.twitter.com/El8AXikG54
— Bank of Maldives (@bankofmaldives) September 29, 2019
މިއަދު ރާއްޖޭގެ ސުކޫލުތަކާއި އޮފީސްތައް، އައި ޚާއްސަކޮށް ޞިއްހީ ހިދުމަތްދޭ ތަންތަން ފެށީ ހިތުގެ ދުވަހާ ގުޅުވައިގެން ބޭއްވި އެކި އިވެންޓްތަކުންނެވެ. އެގޮތުން ހިތާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.
އެގޮތުން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައިވެސް ވަނީ ދުވަހާއި ގުޅުވައިގެން ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން މިއަދު ހުރިހާ މުއައްޒަފުން ވަޒީފާއަށް ނިކުމެފައިވަނީ ދުވަހާއި ގުޅޭ، ރަތްކުލައިގެ ހެދުމުގައެވެ. އަދި ދުވަހާއި ގުޅުވައިގެން، ކޭކެއްވެސް ވަނީ ފަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!