ހޯމް މިނިސްޓްރީގެ ސީނިޔަރ އެގްޒެކެޓިވް ޑައިރެކްޓަރގެ މަގާމަށް ހދ ނޭކުރެންދޫ، ކިނާރާ، އަބްދުލް މުޙައިމިން އައްޔަން ކުރައްވައިފިއެވެ.
ތިލަދުންއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުޙައިމިން ވަޒީފާ އަށް ނިކުންނަން ފަށާފައިވަނީ މިއަދުއެވެ. އަދި މިމަގާމް ހަމަޖެހިފައި ވަނީ އެމްޑީޕީގެ ސްލޮޓެއްގައިކަމަށް މިނޫހަށް މަޢުލޫމާތު ލިބިފައިވެއެވެ.
Congratulations Home Ministry Senior Executive Director @MuhaiminSayCan. pic.twitter.com/q6AsRXWpvl
— Mohamed Raee / Makunudhoo Constituency (@Mraee12) September 22, 2019
އަބްދުލް މުޙައިމިން އަކީ 2009 ވަނަ އަހަރު ސަރުކާރުން ނޭކުރެންދޫ ކައުންސިލްއަށް އައްޔަންކޮށްފައިވާ ފަރާތެކެވެ. އަދި 2014 ވަނަ އަހަރު ހދ އަތޮޅު ކަައުންސިލްގެ ވައިކަރަދޫ ދާއިރާއަށް އިންތިހާބުވެ ހދ އަތޮޅު ކައުންސިލް މެންބަރުކަން ކުރައްވާފައިވާ ފަރާތެކެވެ.
ހދ އަތޮޅު ކައުންސިލްގައި މަސައްކަތް ކުރެއްވިއިރު މުޙައިމިން ފާހަގަ ކުރެވިގެން ގޮސްފައިވަނީ ހދ އަތޮޅުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް ހދ އަތޮޅަށް ޓުރިޒަމް އާާއި ތަރައްޤީ ގެނައުމަށް ވަރަށް ބުރަކޮން މަސައްކަތް ކުރި ފަރާތެއްގެ ގޮތުގައެވެ. އަދި މިސަރުކާރު ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތްކޮށް މިދިޔަ މަޖްލިސް އިންތިހާބުގައި އެމްޑީޕީގެ މެންބަރުން އިންތިހާބުކުރުމަށް މަސައްކަތްކުރި ފަރާތެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!