ށ. ފުނަދޫ ބޯޅަ ދަނޑުގެ މަސައްކަތްކުރަން އެރަށަށް ގޮސްތިބި ބިދޭސީންގެ ތެރެއިން ދެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެ މަސައްކަތަށް ގޮސް ތިބީ ފަސް ބިދޭސީންނެވެ. އެމީހުން ޕޮޒިޓިވްކަން އެނގުނީ މިރެއެވެ.

Ad
rt

ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު "ތިލަދުން"އަށް ވިދާޅުވީ، އެމީހުން ޓެސްޓް ކުރީ ކަރަންޓީނު 10 ދުވަސް ހަމަވުމުންނެވެ.

"ފަސް ބިދޭސީން ތެރެއިން ދެ މީހަކު މިވަނީ ޕޮޒިޓިވްވެފަ، އެމީހުންގެ ޑައިރެކެޓް ކޮންޓެކްޓު ރަށުތެރޭ އެބަތިބި، އެމީހުން ދެނެގަތުމުގެ މަސައްކަތް މިކުރަނީ، ކާން ހިފައިގެން ދިޔަމީހުންނާ ވެސް ވަނީ އެމީހުން ކޮންޓެކްޓު ވެފައި، ރަށް މޮނިޓަރިންނަށްލީ ޕޮޒިޓިވި މީހުން ކަރަންޓީނު އުސޫލާ ހިލާފްވެފަވާތީ" ޒުމްރަތު ވިދާޅުވިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓަރިންނަށްލީ މިރޭ 23:04 ގައެވެ.

ފުނަދޫން މިއަދު ވަނީ އެރަށު ބަދަރުގައި އޮތް ދޯންޏެއް ބަލައި އެރަށަށް ދިޔަ ފަސް މީހަކުވެސް ޕޮޒިޓިވްވެފަ އެވެ. އެމީހުން ވަނީ ދޯނީގައި 14 ދުވަހަށް ކަރަންޓީނުކޮށްފަ އެވެ. އަދި އެމީހުން ޕޮޒިޓިވްވުމާގުޅިގެން އެ ދޯނީގައި މަސައްކަތްކުރި އެރަށުގެ ވަޑިން ނިސްބަތްވާ 8 ގެއެއް ވެސް މިހާރު ވަނީ ކަރަންޓީނުކޮށްފަ އެވެ.

މެއި 4 ވަނަ ދުވަހު އެރަށަށް ބަނދަރުކުރި، އެރަށު ސޯސަން އެކްސްޕްރެސް ބޯޓުން ދެ މީހަކު ޕޮޒިޓިވްވެ، އެ ފަޅުވެރިންނާއެކު އެ ބޯޓު ވެސް ވަނީ 14 ދުވަހަށް ކަރަންޓީނު ކޮށްފަ އެވެ. އަދި މެއި 1 ވަނަ ދުވަހު އެރަށުން ވަނީ ދަރިވަރަކު ވެސް ޕޮޒިޓިވްވެފައެވެ. އެ ކޭހާއި ގުޅިގެން ނެގި ހުރިހާ ސާމްޕަލެއް ވެސް ވަނީ ނެގިޓިވްވެފައެވެ. އެ ކޭހާއި ގުޅިގެން އެރަށުގެ 26 ގެއެއް ވަނީ ކަރަންޓީނު ވެސް ކޮށްފަ އެވެ.