ދޯންޏެއްްގައި ރޯވެ އެ ދޯނީގެ ފަޅުވެރިއަކަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ކ. ކުޑަވިލިނގިލި ރިސޯޓް ކަައިރީގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެންއުޅޭކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

Ad
rt

މި ހާދިސާގެ ރިޕޯޓް ސިފައިންނަށް ލިބުނީ މެންދަމު 3:23 ގައި ކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ.

އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ސިފައިންގެ ފަޔާ ޓީމުން އެސަރަހައްދަށް ގޮސް ދޯނީގައި ރޯވި އަލިފާން ނިއްވާލުމުގެ މަސައްކަތްފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މި ހާދިސާގައި ހިނގި އިރު ދޯނީގައި ތިބީ 4 މީހުންނެވެ. އޭގެ ތެރެއިން އެކަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.