ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ "ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026" ގެ ނޯތު ޒޯން 1 ގެ އަންގާރަ ދުވަހުގެ މެޗުތަކުގައި ހަނިމާދޫ އަތުން އިހަވަންދޫ މޮޅުވިއިރު، ކަނޑިތީމާއި ފިއްލަދޫގެ މެޗު އެއްވަރުވެއްޖެއެވެ.

އަންގާރަ ދުވަހު ފުރަތަމަ މެޗުގައި ހަނިމާދޫ އާއި އިހަވަންދޫގެ ކުރިމަތިލުމުގައި އިހަވަންދޫ މޮޅުވީ 2-1 ލަނޑުންނެވެ. މި މެޗުގައި ހަނިމާދޫ އަށް ލަނޑުޖަހައިދިނީ މުހައްމަދު ތިލްހާމްއެވެ. އިހަވަންދޫ އަށް ލަނޑުތައް ޖަހައިދިނީ އިބްރާހިމް ހާމިދު އަދި އަހްމަދު ޒައިން ހުސައިންއެވެ.

Ad
d

އިހަވަންދޫ ހަނިމާދޫ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިހަވަންދޫގެ އިބްރާހިމް ހާމިދެވެ.

އަންގާރަ ދުވަހުގެ ދެވަނަ މެޗުގައި ފިއްލަދޫ އާއި ކަނޑިތީމު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ކަނޑިތީމަށް ދެ ގޯލުވެސް ޖަހައިދިނީ އިބްރާހިމް ނަދާދެވެ. ފިއްލަދޫ އަށް ލަނޑުޖަހައިދިނީ އާދަމް ސަަމާޚްއެވެ. އެ ޓީމުގެ އަނެއްލަނޑަކީ ކަނޑިތީމުގެ މުހައްމަދު ހަރީޒް ހަލީމް އަތުން ވަތް ބައި ގޯލެކެވެ.

ފިއްލަދޫ ކަނޑިތީމު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފިއްލަދޫގެ އާދަމް ސަމާޚްއެވެ.

މިނަތީޖާއެކު "ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026" ގެ ނޯތު ޒޯން 1ގެ ޓީމްތަކަށް ޕޮއިންޓް ލިބިފައިވާގޮތް

Ad
df
  • ކަނޑިތީމު، 2 މެޗު ކުޅެގެން 4 ޕޮއިންޓް
  • ނައިވާދޫ، 1 މެޗު ކުޅެގެން 3 ޕޮއިންޓް
  • އިހަވަންދޫ، 1 މެޗު ކުޅެގެން 3 ޕޮއިންޓް
  • ފިއްލަދޫ، 2 މެޗު ކުޅެގެން 1 ޕޮއިންޓް
  • ހަނިމާދޫ 2 މެޗު ކުޅެގެން 0 ޕޮއިންޓް

ދެން ނޯތު ޒޯނުގެ މެޗުތައް އޮންނާނީ އޮކްޓޯބަރު 1 ވަނަ ދުވަހުއެވެ. އެދުވަހުގެ ފުރަތަމަ މެޗުގައި ކުޅޭނީ ނައިވާދޫ އާއި އިހަވަންދޫއެވެ. ދެވަނަ މެޗުގައި ކުޅޭނީ ފިއްލަދޫ އާއި ހަނިމާދޫއެވެ.