Skip to main content
Topic Archive

#ށ. ކަނޑިތީމު

84 Stories filed
އުފެއްދުންތެރިކަމުގެ މައުރަޒުން ކަނޑިތީމުގެ ނާއިޝް ތިން ދާއިރާއަކުން ވަނަ ހޯދައިފި
Thiladhunmathi News

އުފެއްދުންތެރިކަމުގެ މައުރަޒުން ކަނޑިތީމުގެ ނާއިޝް ތިން ދާއިރާއަކުން ވަނަ ހޯދައިފި

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށްގެންދިޔަ “ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026” ގައި ވާދަކޮށް، ށ. ކަނޑިތީމަށް ނިސްބަތްވާ ޙުސެއިން ނާއިޝް ފާހަގަކޮށްލެވޭ ރަންވަނަތަކެއް ހޯދައި އެވޯޑް ޙާޞިލުކޮށްފިއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި މި ބޮޑު މައުރަޒުގައި ނާއިޝް ވަނީ މުޅިއެކު ތިން ދާއިރާއަކުން ވަނަ ކަށަވަރުކޮށްފައެވެ. އެގޮތުން އޭނާ ވަނީ ތްރީޑީ އާޓްސް ކެޓަގަރީން 1 ވަނަ ހޯދުމުގެ އިތުރުން، ކްރިއޭޓިވް އާޓްސް އެނ...

ކަނޑިތީމުން ގޯތި ދޫކުރާ އުސޫލު އާންމުކޮށް ރައްޔިތުންގެ ޚިޔާލަށް ހުޅުވާލައިފި
Thiladhunmathi News

ކަނޑިތީމުން ގޯތި ދޫކުރާ އުސޫލު އާންމުކޮށް ރައްޔިތުންގެ ޚިޔާލަށް ހުޅުވާލައިފި

ށ. ކަނޑިތީމުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް އެ ރަށު ކައުންސިލުން އެކުލަވާލި އުސޫލުގެ ޑްރާފްޓަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ. ކަނޑިތީމު ކައުންސިލުން ބުނި ގޮތުގައި، މި އުސޫލަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އޮކްޓޯބަރު 25 ވަނަ ދުވަހުގެ ރަސްމީ ގަޑީގެ ނިޔަލަށް ވަނީ ހަމަޖައްސާފައެވެ. އަދި ރައްޔިތުންގެ ހިޔާލާއި އިސްލާހުތައް ހުށަހެޅޭނީ އެކަމަށް ހާއްސަކޮށްފައިވާ ގޫގްލް ފޯމު މެދުވެރިކޮށެވެ. ކައުންސިލުން އާންމުކުރި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިރިއުޅ...

ކަނޑިތީމުގެ 12 މަގެއްގައި ތާރުއަޅަނީ
Thiladhunmathi News

ކަނޑިތީމުގެ 12 މަގެއްގައި ތާރުއަޅަނީ

ޒަމާނީ ފެންވަރަށް ރަށުގެ މަގުތައް ތަރައްޤީކުރުމަށް ސަރުކާރުން ހުށަހެޅި މަޝްރޫޢުގެ ދަށުން، ރައްޔިތުންގެ މަޝްވަރާއާއެކު މަގުތަކުގައި ތާރު އަޅައިގެން ތަރައްޤީކުރުމަށް، ށ. ކަނޑިތީމު ކައުންސިލުން ނިންމައިފިއެވެ. ކަނޑިތީމު ކައުންސިލްގެ ރައީސް އިބްރާހީމް ނަޒްމީ “ތިލަދުން”އަށް ވިދާޅުވީ މަގުތައް ހެދުމަށް ސަރުކާރުން މައިގަނޑު ތިން ގޮތެއް ހުށަހެޅިކަމަށެވެ. އެއީ ތާރުއެޅުމާއި، ގާ އެތުރުމުގެ އިތުރުން ވެލިން މަގުތައް ހެދުމެވެ. ނަމަވެސް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި މަޝްވަރާތަކުގައި ގިނަ ރައްޔިތުން އެދިފަ...

ކަނޑިތީމު ކުދިންނަށް ''ކުރަހާ ރާއްޕެ''އާ އެކު ''ކުރަހާލުމަށް ވަގުތުކޮޅެއް''، ޗާކޯލް ކުރެހުން ދަސްކޮށްދޭ ޚާއްޞަ އިވެންޓެއް މިއަދު!
Thiladhunmathi News

ކަނޑިތީމު ކުދިންނަށް ''ކުރަހާ ރާއްޕެ''އާ އެކު ''ކުރަހާލުމަށް ވަގުތުކޮޅެއް''، ޗާކޯލް ކުރެހުން ދަސްކޮށްދޭ ޚާއްޞަ އިވެންޓެއް މިއަދު!

ށ. ކަނޑިތީމުގެ ކުޑަކުދިންނަށް ޚާއްޞަކޮށްގެން “ކުރަހާލުމަށް ވަގުތުކޮޅެއް” ގެ ނަމުގައި ކުރެހުމުގެ އިވެންޓެއް ބާއްވަން ތައްޔާރުވެއްޖެއެވެ. މިއީ ކަނޑިތީމު ކައުންސިލާއި މަޝްހޫރު ކުރެހުންތެރިޔާ “ކުރަހާ ރާއްޕެ” ގުޅިގެން، އެ ރަށުގެ ގްރޭޑް 3 ން 6 ގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ބާއްވާ ޚާއްޞަ އިވެންޓެކެވެ. މި އިވެންޓް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިއަދު ހަވީރު، އެ ރަށު އަތިރިމަތީގައެވެ. ކައުންސިލްގެ ރައީސް އިބްރާހީމް ނަޒްމީ “ތިލަދުން”އަށް ވިދާޅުވީ މި އިވެންޓްގައި މިހާރު 40 ވަރަކަށް ކުދިން ބައިވެރިވ...

ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ''ވިޒިޓް ކަނޑިތީމު'' އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހުކޮށްފި
Thiladhunmathi News

ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ''ވިޒިޓް ކަނޑިތީމު'' އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހުކޮށްފި

ށ. ކަނޑިތީމުގެ ލޯކަލް ޓޫރިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި، ރަށުގެ އިގްތިސާދީ ތަރައްގީއަށް އަމާޒުކޮށްގެން ހިންގާ މުހިންމު ހަރަކާތެއް ކަމަށްވާ “ވިޒިޓް ކަނޑިތީމު” އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި މަޝްރޫއަކީ މުޖުތަމައު އިސްނަގައިގެން، ރަށުގެ އިގްތިސާދީ ބާރުވެރިކަން އިތުރުކުރުމަށާއި ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ފަތުރުވެރިކަން ކުރިއެރުވުމަށް ފެށި މަސައްކަތެކެވެ. ކަނޑިތީމު ކައުންސިލް އިދާރާގެ ހޯލާއި އޮންލައިންކޮށް ގުޅާލައިގެން ހައިބްރިޑް ފޯމެޓެއްގައި ބޭއްވި މި...

ކަނޑިތީމާއި އެއްވަރުވެ އިހަވަންދޫ ފައިނަލަށް
Thiladhunmathi News

ކަނޑިތީމާއި އެއްވަރުވެ އިހަވަންދޫ ފައިނަލަށް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1 ގެ ފައިނަލްގެ ދެވަަނަ ޖާގަ ހއ. އަތޮޅު ޗެމްޕިއަން އިހަވަންދޫއަށް ކަށަވަރުވެއްޖެއެވެ. މިއަދު ހަވީރު ނައިވާދޫގައި ކުޅުނުމެޗަށް ކަނޑިތީމާއި އިހަވަންދޫ ނުކުތްއިރު ދެ ޓީމަށް ވެސް ފައިނަލްގެ ދޮރު ހުރީ ހުޅުވިފައެވެ. އިހަވަންދޫ އަށް މެޗު އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދެވެން އޮތްއިރު ކަނޑިތީމަށް އޮތީ މޮޅުވާން މަޖުބޫރުވެފައެވެ. އެއީ މެޗަށް ނުކުތްއިރު އިހަވަންދޫ ހަ […]

ރަށުގައި ތިބެގެން ކިޔެވޭނެ މަގު ފަހިކޮށްދީ، އައިޔޫއެމްގެ ކޯސްތައް ކަނޑިތީމުގައި ފަށައިފި
Thiladhunmathi News

ރަށުގައި ތިބެގެން ކިޔެވޭނެ މަގު ފަހިކޮށްދީ، އައިޔޫއެމްގެ ކޯސްތައް ކަނޑިތީމުގައި ފަށައިފި

ރަށުގައި ތިބެގެން މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާއި ށ. ކަނޑިތީމު ކައުންސިލް ގުޅިގެން މަތީ ތަޢުލީމުގެ ކޯސްތައް ހިންގަން ފަށައިފިއެވެ. ކަނޑިތީމު ކައުންސިލާއި އައިޔޫއެމްއާއި ދެމެދު މިކަމަށް ވެވިފައިވާ އެއްބަސްވުމުގެ ދަށުން ކަނޑިތީމު ކައުންސިލް އިދާރާގެ ހޯލް އައިޔޫއެމްގެ އައުޓްރީޗް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަމުން އަންނައިރު، މިވަގުތު އެ ސެންޓަރުގައި ކުރިއަށްދަނީ ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމް (ޔޫޕީޕީ...

ބޮޑު މޮޅަކާއެކު ނައިވާދޫ ފައިނަލަށް، ދެވަނަ ޖާގައަށް އިހަވަންދޫ އާއި ކަނޑިތީމުގެ ކުރިމަތިލުމެއް
Thiladhunmathi News

ބޮޑު މޮޅަކާއެކު ނައިވާދޫ ފައިނަލަށް، ދެވަނަ ޖާގައަށް އިހަވަންދޫ އާއި ކަނޑިތީމުގެ ކުރިމަތިލުމެއް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1 ގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތަކަށް ފަހު، ނައިވާދޫން ފައިނަލުގެ ޖާގަ ކަށަވަރުކޮށް، ފިއްލަދޫ މުބާރާތުން ވަކިވެއްޖެއެވެ. މި މުބާރާތުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ކަނޑިތީމާ ވާދަކޮށް ނައިވާދޫން ވަނީ 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. މި ކާމިޔާބީއާއެކު އެ ޓީމު މިހާރު ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައެވެ. […]

ހަނިމާދޫ ބަލިކޮށް އިހަވަންދޫ އިން ފެށުން ރަނގަޅުކޮށްފި، ކަނޑިތީމާއި ފިއްލަދޫ އެއްވަރު
Thiladhunmathi News

ހަނިމާދޫ ބަލިކޮށް އިހަވަންދޫ އިން ފެށުން ރަނގަޅުކޮށްފި، ކަނޑިތީމާއި ފިއްލަދޫ އެއްވަރު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1 ގެ އަންގާރަ ދުވަހުގެ މެޗުތަކުގައި ހަނިމާދޫ އަތުން އިހަވަންދޫ މޮޅުވިއިރު، ކަނޑިތީމާއި ފިއްލަދޫގެ މެޗު އެއްވަރުވެއްޖެއެވެ. އަންގާރަ ދުވަހު ފުރަތަމަ މެޗުގައި ހަނިމާދޫ އާއި އިހަވަންދޫގެ ކުރިމަތިލުމުގައި އިހަވަންދޫ މޮޅުވީ 2-1 ލަނޑުންނެވެ. މި މެޗުގައި ހަނިމާދޫ އަށް ލަނޑުޖަހައިދިނީ މުހައްމަދު ތިލްހާމްއެވެ. އިހަވަންދޫ އަށް ލަނޑުތައް ޖަހައިދިނީ އިބްރާހިމް ހާމިދު އަދި އަހްމަދު ޒައިން ހުސައިންއ...

ނިހާލްގެ ހެޓްރިކާއެކު ކަނޑިތީމުގެ ފެށުން ވަރުގަދަ، ނައިވައިދޫއިން ފިއްލަދޫ ކޮޅަށް 8 ލަނޑު ޖަހައިފި
Thiladhunmathi News

ނިހާލްގެ ހެޓްރިކާއެކު ކަނޑިތީމުގެ ފެށުން ވަރުގަދަ، ނައިވައިދޫއިން ފިއްލަދޫ ކޮޅަށް 8 ލަނޑު ޖަހައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1 ގެ މެޗުތަކުން، ހދ. ނައިވައިދޫއާއި ށ. ކަނޑިތީމު ކުރި ހޯދައިފިއެވެ. ނައިވައިދޫގައި ކުރިއަށް ދާ މި މުބާރާތް ފެށުމުގެ ގޮތުން، އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ހއ. ފިއްލަދޫގެ މައްޗަށް ނައިވައިދޫ ކުރި ހޯދީ 8-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ޙާޞިލްކޮށްފައިވަނީ ނައިވައިދޫގެ މުޙައްމަދު ޝާއިނެވެ. ފިއްލަދޫއަށް […]

ކަނޑިތީމުގެ ވިޔަފާރިވެރިންނަށާއި، ޚިދުމަތްދޭ ފަރާތްތަކަށް "ވިޒިޓް ކަނޑިތީމު" ވެބްސައިޓްގައި ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

ކަނޑިތީމުގެ ވިޔަފާރިވެރިންނަށާއި، ޚިދުމަތްދޭ ފަރާތްތަކަށް "ވިޒިޓް ކަނޑިތީމު" ވެބްސައިޓްގައި ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލައިފި

ށ.ކަނޑިތީމުގައި އެއްވެސް ކަހަލަ ޚިދުމަތެއް ފޯރުކޮއްދޭ ނުވަތަ ވިޔަފާރި ކުރައްވާ ފަރާތްތައް “ވިޒިޓް ކަނޑިތީމު” ވެބްސައިޓްގައި ލިސްޓް ކުރުމަށް، ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ކަނޑިތީމު ރަށު ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ކުރިއަށްގެންދާ “ވިޒިޓް ކަނޑިތީމު: އަ ކޮމިއުނިޓީ ޑްރިވެން ފިއުޗާ” މަޝްރޫޢުގެ ދަށުންނެވެ. “ވިޒިޓް ކަނޑިތީމު” ޕޭޖުގައި ހިއްސާކޮއްފައިވާ ގޮތުގައި، މިއީ އޮސްޓްރޭލިއާ ސަރުކާރުގެ ޑައިރެކްޓް އެއިޑ...

ކަނޑިތީމުގައި އިންސާނީ ރައުސްމާލާއި ލީޑަރޝިޕްގެ މައްޗަށް ޚާއްޞަ ސެޝަންތަކެއް
Thiladhunmathi News

ކަނޑިތީމުގައި އިންސާނީ ރައުސްމާލާއި ލީޑަރޝިޕްގެ މައްޗަށް ޚާއްޞަ ސެޝަންތަކެއް

ށ. ކަނޑިތީމުގައި “ކާމިޔާބީއަށްޓަކައި އިންސާނީ ރައުސްމާލުގެ ވިސްނުމާއި ޖަޒުބާތީ ސާބިތުކަން” މި މަޢުޟޫޢުގެ މައްޗަށް އަލިއަޅުވާލައި ޚާއްޞަ ސެޝަންތަކެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. ކަނޑިތީމު ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ސެޝަންތައް ޚާއްޞަކުރެވިފައިވަނީ ކަނޑިތީމު ކައުންސިލް އިދާރާގެ މުވައްޒަފުންނާއި އެ ރަށުގެ ޢާންމު ރައްޔިތުންނަށެވެ. މީގެ އިތުރުން ށ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް އަމާޒުކޮށްގެން “މޯޓިވޭޝަން އެންޑް ލީޑަރޝިޕް” ސެޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި...

ކަނޑިތީމުގައި ނިޔަމިކަމުގެ ކޯހެއް މި މަހު ފަށަނީ
Thiladhunmathi News

ކަނޑިތީމުގައި ނިޔަމިކަމުގެ ކޯހެއް މި މަހު ފަށަނީ

ށ. ކަނޑިތީމުގައި ނިޔަމިކަމުގެ ސެޓްފިކެޓް 2 ކޯސް ކުރިޔަށް ގެންދިޔުމަށް ނިންމައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. މި ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ، ކަނޑިތީމު ކައުންސިލާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ  ފެކަލްޓީ އޮތް މެރިޓައިމްސް ސްޓަޒީސް ގުޅިގެންނެވެ. 17 ސެޕްޓެމްބަރ އިން 19 ސެޕްޓެމްބަރގެ ނިޔަލަށް ކުރިއަށް ދާ މި ކޯހުގެ ފީގެ އަގަކީ 1،300 ރުފިޔާއެވެ. މި ކޯހުގައި ބައިވެރިވުމަށް، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 7 ސެޕްޓެމްބަރ 2026ގެ ކުރިން  އެޕްލިކޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު، ދިވެހި ރައ...

ކަނޑިތީމުގެ ވިޔަފާރިވެރިންނަށާއި ވިޔަފާރިއަށް ޝައުގުވެރިވާ މީހުންނަށް ހާއްސަ ސައްލާއެއް
Thiladhunmathi News

ކަނޑިތީމުގެ ވިޔަފާރިވެރިންނަށާއި ވިޔަފާރިއަށް ޝައުގުވެރިވާ މީހުންނަށް ހާއްސަ ސައްލާއެއް

ށ. ކަނޑިތީމުގައި ވިޔަފާރިކުރައްވާ އަދި ވިޔަފާރިކުރަން ޚިޔާލު ކުރައްވާ ހުރިހާ ފަރާތްތަކަށް “ވިޒިޓް ކަނޑިތީމު: އަ ކޮމިއުނިޓީ ޑްރިވެން ފިއުޗާ” މަޝްރޫޢުގެ ދަށުން “ރަށް ތައްޔާރު! ވިޔަފާރިވެރިންގެ އޮންލައިން ސައްލާ” ގެ ނަމުގައި ސައްލާއެ ބޭއްވުމަށް ނިންމައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ. ވިޒިޓް ކަނޑިތީމުން ބުނިގޮތުގައި މި ސައްލާއަކީ ބްލޫ ގިލްޑް ފައުންޑޭޝަނުން ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގުޅިގެން ކުރިއަށް ގެންދާ ސައްލާއެކެވެ. މިއީ އޮސްޓްރޭލިއާ ސަރު...

ކަނޑިތީމު ކައުންސިލްގެ ހޭންޑްބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، ޓީމުތަކުން ކުރިއެރުން ހޯދާ ނިސްބަތުން ބޯނަސް
Thiladhunmathi News

ކަނޑިތީމު ކައުންސިލްގެ ހޭންޑްބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، ޓީމުތަކުން ކުރިއެރުން ހޯދާ ނިސްބަތުން ބޯނަސް

ށ. ކަނޑިތީމު ކައުންސިލްގެ ކުޅިވަރު ފެސްޓިވަލްގެ ހޭންޑްބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ. މި މުބާރާތުގައި ޓީމުތަކުން ހޯދާ ކުރިއެރުންތަކަށް ބަލައި، ބޯނަސްގެ ގޮތުގައި ފައިސާގެ އިނާމް ދިނުމަށް ކަނޑައަޅާފައިވާނެކަމަށް އެ ކައުންސިލުން ހާމަކޮއްފިއެވެ. މި މުބާރާތުގައި ޓީމްތަކުން ހޯދާ ކުރިއެރުމުގެ މައްޗަށް ބޯނަސް ލިބޭނެ އުސޫލް ތަޢާރަފްކޮށް، އެ ކައުންސިލުން މިހާރު އާންމުކޮށްފައެވެ. އެ ގޮތުން: މުބާރާތް ފުރިހަމަ ކުރުމުގެ ބޯނަސް 2000 ރުފިޔާ ސެމީފައިނަލް ބޯނަސް 3000 ރު...